އަސްލަމް ނަޝީދަށް؛ އާ ފިކުރެއް ބޭނުމެއް ނޫން، ގުޅިވަޑައިންނަވާ

އަސްލަމް ވިދާޅުވީ އެމްޑީޕީއަށް އައު ފިކުރެއް ބޭނުން ނުވާކަމަށް، އަދި ނަޝީދު އެމަސައްކަތް ހުއްޓަވާލައްވާ ރިޔާސީ ކެނޑިޑޭޓު ރައީސް ސޯލިހުއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވި -- ފޮޓޯ: އެމްޑީޕީ

އަސްލަމް ވިދާޅުވީ އެމްޑީޕީއަށް އައު ފިކުރެއް ބޭނުން ނުވާކަމަށް، އަދި ނަޝީދު އެމަސައްކަތް ހުއްޓަވާލައްވާ ރިޔާސީ ކެނޑިޑޭޓު ރައީސް ސޯލިހުއާ ގުޅިވަޑައިގަތުމަށް ދައުވަތު ދެއްވި -- ފޮޓޯ: އެމްޑީޕީ

އެމްޑީޕީއަށް މި ދަނޑިވަޅުގައި ބޭނުންވަނީ އާ ފިކުރެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގަތް ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ގުޅިވަޑައިގަތުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ދައުވަތު ދެއްވައިފި އެވެ.

ޕްރައިމަރީގައި ކާމިޔާބުވެވަޑައިގަތް ރައީސް ސޯލިހުއަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މި ދަނޑިވަޅުގައި އެމްޑީޕީއަށް ބޭނުންވަނީ އާ ފިކުރެއް ނޫން ކަމަށެވެ. އަދި ރައީސް ސޯލިހާއެކު ނަޝީދު ނެތްކަމުގެ "ހިތްދަތިކަން" އިހްސާސްކުރެވޭ ކަމަށް ވިދާޅުވެ ރައީސް ސޯލިހާއި ގުޅިވަޑައިގަތުމުގެ ދައުވަތު އަސްްލަމް ނަޝީދަށް ދެއްވި އެވެ.

"ޒަމާންތަކެއް ވަންދެއް އެމަނިކުފާނާ އެކު މަސައްކަތް ކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވަޑައިގަންނަވާށޭ މިއަދުވެސް މިތަނުންވެސް މަނިކުފާނު ނެތްކަން، އެ ހިތްދަތިކަން އަޅުގަނޑުމެންގެ އެބަވެއޭ. މަނިކުފާނު ވަޑައިގަންނަވާށޭ، މި ސަފުތަކާ ގުޅިވަޑައިގަންނަވާާށޭ، އަޅުގަނޑުމެން މި ޕާޓީ ކުރިއަށް ގެންދަމާ ހިންގަވާށޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ އެމްޑީޕީއިން މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމާއި، 2028ގައި އޮންނާނެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކޮށް، ވެރިކަމުގައި އެމްޑީޕީގެ މެންބަރަކު ހުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އަދި ރައީސް ސޯލިހް އިހްތިޔާރުކުރެއްވީ މި ވެރިކަން ދެމިގެންދިއުމަށް އެދޭތީ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެމްޑީޕީއިން ބޭނުންވި، އެމްޑީޕީގަ މިވެރިކަން ދެމި ބާއްވަން. އިރާދަކުރެއްވިއްޔާ 2028ގައި ވެސް އެމްޑީޕީގެ މެންބަރެއް ވެރިކަމުގައި ހުރުން އެމްޑީޕީއަށް، މި ގައުމަށް ވަރަށްވެސް މުހިންމު، ވަރަށް ވެސް ބޭނުންތެރި. މި ޕާޓީއަށްވެސް، މި ރާއްޖެއަށް ވެސް އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ ބޮޑު ހިދުމަތަކީ އެމްޑީޕީގަ މިވެރިކަން ބޭއްވުން. އިބްރާހިމް މުހައްމަދު ސޯލިހު ހޮއްވަވާ ދެއްވުން،" އަސްލަމް ވިދާޅުވި އެވެ.

ރައީސް ނަޝީދު ގެންގުޅުއްވާ "ފިކުރެއްގެ ދިރުން" އަސްލަމް ސިފަކުރެއްވީ "ފެންނަން ނެތް، ހާމަވެފާ ނެތް، ވަންހަނާވެފައިވާ ފިކުރެއް"ގެ ގޮތުގަ އެވެ. އެފަދަ ފިކުރެއް ބޭނުން ނުވާކަމަށާއި، ޕާޓީގެ އަސާސީ ގަވައިދުގެ ތިންވަނަ ބާބުން އެމްޑީޕީގެ އަސްލު ފިކުރު ފެންނާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓު ހޮވުމަށް މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އިންތިހާބުން ނާކާމިޔާބުވެވަޑައިގަތުމަށް ފަހު ނަޝީދު ވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި އެމްޑީޕީގެ ގޮފިތަކެއް ހައްދަވައި، އެ ގޮފިތަކުގައި ޖުމްލަ 50،000 މެންބަރުން ހަމަކުރެއްވުމަށް މަސައްކަތް ކުރައްވާކަން އިއުލާނު ކުރައްވައިފަ އެވެ.

އެ މަސައްކަތް ކުރަމުން ދަަނީ އެމްޑީޕީން ތާއިދުކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ކަމަށް ނަޝީދު ވިދާޅުވެފައި ވެއެވެ.

ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ރައީސް ސޯލިހު އެވެ. އެމަނިކުފާނަށް 61 އިންސައްތަ ވޯޓު ލިބުނު އިރު ރައީސް ނަޝީދަށް ލިބިވަޑައިގަތީ 31 އިންސައްތަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox