ގަތަރުގެ ބޭންކެއްގެ ޗެއާމަން ޔުނައިޓެޑް ގަންނަން ބިޑްކޮށްފި

Feb 18, 2023, 2:33 AM
ގަތަރުގެ ބޭންކެއްގެ ޗެއާމަން ޔުނައިޓެޑް ގަންނަން ބިޑްކޮށްފި

މެންޗެސްޓާ (ފެބްރުއަރީ 18) - އިނގިރޭސި ފުޓްބޯޅައިގެ ގަދަބާރު، މެންޗެސްޓާ ޔުނައިޓެޑް ގަންނަން ގަތަރުގެ ބޭންކް، ކިއުއައިބީގެ ޗެއާމަން، ޝެއިހް ޖަސީމް ބިން ހަމަދު އަލް ތާނީ، އެންމެ ފަހު ވަގުތު ރަސްމީކޮށް ބިޑް ހުށަހަޅައިފި އެވެ.

ޔުނައިޓެޑް ގަންނަން ރޭގެ ނިޔަލަށް ބިޑް ކުރުމުގެ ފުރުސަތު ހުޅުވާލާފައި އޮތްއިރު، އިނގިރޭސި ބިލިއަނަރު ޖިމް ރެޓްކްލިފް ވެސް ވަނީ މީގެ ކުރިން ޔުނައިޓެޑް ގަންނަން ބިޑް ކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، ރެޓްކްލިފްގެ ފަރާތުން ބިޑް ކުރިކަން ހާމަކުރަން މީޑިއާ އަށް އަދި ބަޔާނެއް ދީފައެއް ނުވެ އެވެ.

ގަތަރުގެ ނުފޫޒު ގަދަ ފަރާތްތަކުގެ ތެރޭގައި ހިމެނޭ، ޝެއިހް ޖަސީމް ބިޑް ކޮށްފައިވަނީ އޭނާގެ ނައިންޓޫ ފައުންޑޭޝަން ކުންފުނީގެ ފަރާތުންނެވެ. ޖަސީމްގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވިސްނުމަކީ ޔުނައިޓެޑްގެ ދަރަނިތައް އަދާކުރުމަށް ފަހު، އެ ކްލަބް ކުރިން އޮތް ލެވަލަށް ދެވޭނެ ވަރަށް ކްލަބަށް އިންވެސްޓް ކުރުން ކަމަށެވެ.

ޖަސީމްގެ ފަރާތުން ޔުނައިޓެޑް ގަންނަން ހުށަހެޅި ބިޑްގެ ޖުމްލަ އަދަދު މީޑިއާގައި ހާމަކޮށްފައިނުވެ އެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުން އެ ބިޑްގެ ޖުމްލަ އަކީ ފަސް ބިލިއަން ޑޮލަރެވެ.

ޔުނައިޓެޑް ގަންނަން ބިޑްކުރި ގަތަރުގެ ބޭންކް، ކިއުއައިބީގެ ޗެއާމަން، ޝެއިހް ޖަސީމް ބިން ހަމަދު އަލް ތާނީ: އޭނާ އަކީ ގަތަރުގެ ވިޔަފާރި ދާއިރާގައި ނުފޫޒުގަދަ ނަމެއްގެ އިތުރުން ޕީއެސްޖީގެ ވެރިޔާ ނާސިރު އަލް ހަލީފާގެ އަރިސް ފަރާތެއް.

ޔުނައިޓެޑްގެ ވެރިންގެ ގޮތުގައި ތިބި ގްލޭޒާ އާއިލާ އިން އެ ކްލަބް ވިއްކާލުމުގައި ގެންގުޅޭ ވިސްނުންތަކެއް ރަސްމީކޮށް ތަފްސީލް ގޮތެއްގައި ހާމަކޮށްފައެއް ނުވެ އެވެ. އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކްލަބްގެ މެޖޯރިޓީ ހިއްސާ ވިއްކާލުމުގެ ވިސްނުމުގެ އިތުރުން، 20 ޕަސެންޓް ހިއްސާ ވިއްކާލުމުގެ ހިޔާލެއް ވެސް 2005 އިން ފެށިގެން ޔުނައިޓެޑް ހިންގުމުގައި ހަރަކާތްތެރިވާ ގްލޭޒާ އާއިލާ އިން ގެންގުޅެ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޔުނައިޓެޑްގެ ހިއްސާ ގަތުމާއި އެހެނިހެން ކަންކަމަށް ބަލާއިރު، ފަސް ވަރަކަށް ބިޑެއް ރެއާ ހަމައަށް ވަނީ ލިބިފަ އެވެ.

ޔޫރަޕްގެ ކްލަބްތަކަށް ބަލާއިރު، ގަތަރުގެ ވިޔަފާރިން މި ވަގުތު އެންމެ ބޮޑު އިންވެސްޓެއް ކުރަމުން އަންނަ ކްލަބަކީ ފްރާންސްގެ ޗެމްޕިއަން، ޕީއެސްޖީ އެވެ.

ގަތަރު ސްޕޯޓްސް އިންވެސްޓްމަންޓް (ކިއުއެސްއައި)ގެ ވެރިޔާ، ނާސިރު އަލް ހަލީފާ، 2011 ވަނަ އަހަރުން ފެށިގެން އަންނަނީ ޕީއެސްޖީ ހިންގުމަށް ބޮޑު ހޭދައެއް ކުރަމުންނެވެ. މިހާތަނަށް ބޮޑު އިންވެސްޓެއްކޮށް، ޔޫރަޕްގެ ފުޓްބޯޅައިގެ މާލީ ގޮތުން، ނުފޫޒުގަދަ ޓީމެއްގެ ގޮތުގައި ޕީއެސްޖީ ވަނީ ވެފަ އެވެ.

ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ޝެއިހް ޖަސީމް، ޔުނައިޓެޑް ގަންނަން ކުރި ބިޑްގައި ޕީއެސްޖީގެ ނާސިރު އަލް ހަލީފާގެ ހިއްސާއެއް ވެސް އެބައޮތެވެ. އެއީ މީގެ ކުރިން ނާސިރު އަލް ހަލީފާ ވަނީ އިނގިރޭސި ކްލަބަކަށް އިންވެސްޓްކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު، އޭނާ އަށް އެކަން ކުރެވެން ނެތީ އެއް ފަހަރާ ޔޫރަޕްގެ ދެ ޓީމެއްގެ އިންވެސްޓަރުންގެ ގޮތުގައި އެއް ފަރާތަކަށް ޔުއެފާގެ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ ގަވާއިދު ތަންނުދޭތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox