އަނިޔާވެރިކަން އަނެއްކާ ވެސް ގަދަވިޔަ ނުދޭން މި ވެރިކަން ދަމަހައްޓަން ޖެހޭ: ޗެއާޕާސަން ފައްޔާޒު

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް އެރުވުމުގެ ޖަލްސާގައި ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް އެރުވުމުގެ ޖަލްސާގައި ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ދިވެހި ވެރިކަމުގެ ތެރޭގައި ޒަމާނުއްސުރެން އަށަގަނެފައި އޮތް އަނިޔާވެރިކަން އަނެއްކާ ވެސް ރާއްޖޭގައި ގަދަވިޔަ ނުދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްވެ ހުންނެވި އެމްޑީޕީގެ ވެރިކަން ދެމިއޮންނަން ޖެހޭ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް މިރޭ އެރުވީ ވެސް އެ ޕާޓީގެ ޗެއާޕާސަންގެ ހައިސިއްޔަތުން، ރައީސްގެ އެންމެ އަރިސް އަދި މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު ކަމަށްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.

ރިޔާސީ ޓިކެޓު ހަވާލުކުރުމުގެ ކުރިން ވާހަކަ ދައްކަވަމުން ފައްޔާޒު ހަނދާން އާކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމްޑީޕީ އުފެއްދުމަށް ކުރި މަސައްކަތާއި އެ ޕާޓީ އިސްވެ އޮވެ ކުރި މުޒާހަރާތަކާއި އިހުތިޖާޖުތަކެވެ.

"އޭރު ހާލަތު އޮތީ އެކަކަށް ނޫނީ ދެ މީހަކަށް ކުރެވޭ ހިސާބަކު ނޫން، އެ ކަމަށް މީހުން އިތުރުކުރުމަށް ފެށި ޕާޓީއަކީ މި އެމްޑީޕީ، އޭރު އެމްޑީޕީއާއެކު ނުކުތް މީހުނަށް އެނގޭ އޭރު ކުރިމަތިވާން އޮތް ދަތުރު، މުދާތައް ނިގުޅައިގަތް، ޖަލުގެ ތޭރިތަކުގައި އެތައް އަނިޔާއެއް ތަހައްމަލްކުރަން ޖެހުނު،" ފައްޔާޒު ވިދާޅުވި އެވެ.

އޭރު އޮތް "ބިރުވެރި" ހާލަތުގައި ވެސް އެމްޑީޕީ އުފައްދައި، ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ގާއިމްކުރެވިގެން ދިޔަ ކަން ފައްޔާޒު ފާހަގަ ކުރެއްވި އެވެ. އަދި އެމްޑީޕީއަށް 2008 ވަނަ އަހަރު ވެރިކަން ކުރަން ފުރުސަތު ލިބުނު ނަމަވެސް އެ ފުރުސަތު ގެއްލިގެން ދިޔައީ "އަނިޔާވެރިކަން" ގަދަވެ އޮތުމުގެ ސަބަބުން ކަމަށް ފައްޔާޒު މިރޭ ވިދާޅުވި އެވެ.

"2008 ވަނަ އަހަރު އެމްޑީޕީއަށް އެ އުންމީދުތައް ހާސިލްކުރަން ފުރުސަތެއް ލިބުން، އެކަމަކު ޒަމާނުއްސުރެން ވަކި ހިއްޕާލާފައި އޮތް އަނިޔާވެރިކަން އެ ފުރުސަތުގެ މައްޗަށް ގަދަވެގެން ދިޔައީ،" ރިޔާސީ ދައުރުގެ މެދުތެރެއިން އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނިމިގެން ދިޔަ ގޮތް ފައްޔާޒު ވިދާޅުވެދެއްވި އެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރު ނިމިގެން ދިޔައީ، އޭރުގެ އިދިކޮޅު ފަރާތްތަކާއެކު ފުލުހުންނާއި ސިފައިންގެ ބަޔަކު ގުޅި، ހިނގައިދިޔަ ހަމަނުޖެހުންތަކަކަށް ފަހު އޭރުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ފެބްރުއަރީ 7، 2012 ގައި ހިނގައިދިޔައީ "ބަޣާވާތެއް" ކަމަށް ނަޝީދު އަދި އެމްޑީޕީން ތުހުމަތު ކުރެ އެވެ. ނަމަވެސް އެ ފަހުން ވެރިކަމާ ހަވާލުވި، މުހައްމަދު ވަހީދުގެ ވެރިކަމުގައި އުފެއްދި ކޮމިޝަންގެ ރިޕޯޓުގައި ވަނީ ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަފުޅަށް ކަމަށެވެ.

އެ ހާލަތަށް ފަހު، އެމްޑީޕީ ވެރިކަމުގައި ނެތް ހަތް އަހަރު ވެސް ދިވެހިން ތަޖުރިބާ ކުރީ "އަނިޔާވެރިކަން" ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އެމްޑީޕީން ދެވަނަ ފަހަރަށް ވެރިކަމަށް އައީ، އަހަރުތަކެއް ކުރިން އެ މަސައްކަތުގައި ބައިވެރިވެވެޑައިގެންނެވި ބޭފުޅުންގެ އެތައް ތަޖުރިބާއެއްގެ އެހީގައި ކަމަށެވެ.

"އޭރު ޒުވާނަކަށް ތިބި މީހުން ހަރު ވެއްޖެ، ހަރު މީހުން ދޮށީ ވެއްޖެ، މިއިން ކޮންމެ މީހަކަށް ވެސް އެނގޭ އެ އަނިޔާވެރިކަން އަދި ގަދަވެދާނެ ކަން، އަދި އެ ދުވަސް އަލުން ދެކޭކަށް ނޭދޭ، ޒާތީ ތައައްސުބުން އެއްކިބާވެ މި ފެށި މަސައްކަތުގައި ދެމިތިބުމަށް އެ މީހުން އެދެނީ،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށް ފައްޔާޒު މިރޭ ގޮވާލެއްވިއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް ސޯލިހަށް ތާއީދުކުރެއްވުމަށް، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ދެން ވާދަކުރެއްވި ނަޝީދު އަދި ނުނިންމަވަ އެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އެ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ 61 އިންސައްތަ ވޯޓެވެ. ޕްރައިމަރީ ކެމްޕޭންގައި ދެ ބޭފުޅުން ވެސް ގެންދެވީ އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބާއްވައިދިނުމަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ. އެއީ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އެމްޑީޕީ ދަޕްތަރުގައި ނެތް އެކަމަކު އެމްޑީޕީގެ އަމިއްލަ ދަފްތަރުގައި އޮތް 39،000 މެންބަރުން ކަނޑާލުމުން އެ މެންބަރުންނާއެކު ޕްރައިމަރީ ބޭއްވުމަށް އެދި އެވެ. އެ މައްސަލަ ކޯޓަށް ހުށަހެޅުއްވި ހާމިދު އަބްދުލް ޣަފޫރަކީ ނަޝީދުގެ ފެކްޝަން ބޭފުޅެކެވެ.

2008، 2013 އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ރިޔާސީ ކެންޑިޑޭޓް ގޮތުގައި ނިންމީ ނަޝީދެވެ. ނަމަވެސް 2018 ވަނަ އަހަރު، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އޭގެ ފަހުން އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox