ކަޅެގަލެކޮޑާ 2023: ގައްދޫގައި ފުރަތަމަ ފަހަރަށް ސްމައިލީ ބަލިވެއްޖެ! ޗެމްޕިއަންކަން ހޯދީ ކަބޯ!

Feb 17, 2023, 1:07 PM
ކަޅެގަލެކޮޑާ 2023: ގައްދޫގައި ފުރަތަމަ ފަހަރަށް ސްމައިލީ ބަލިވެއްޖެ! ޗެމްޕިއަންކަން ހޯދީ ކަބޯ!

ގައުމީ ސާފް ލީގުގެ ފުރަތަމަ މުބާރާތް ކަމަށްވާ ކަޅެގަލެކޮޑާ 2023ގެ ފައިނަލުގައި ގައްދޫގެ ޗެމްޕިއަން އިސްމާއިލް ރަޝީދު (ސްމައިލީ) ބަލިކޮށް، އެ ރަށުގެ މުހައްމަދު ނަޖާހު (ކަބޯ) ޗެމްޕިއަންކަން ހޯދައިފި އެވެ.

ގައްދޫގައި ކުރިއަށްދިޔަ މި އަހަރުގެ ކަޅެގަލެކޮޑާ 2023 އަކީ ސާފިން އެސޯސިއޭޝަނުން އެ ރަށުގައި ބޭއްވި ތިން ވަނަ މުބާރާތެވެ. މިދިޔަ ދެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސްމައިލީ ފައިނަލުގައި ބަލިވީ 0.33ގެ ތަފާތުންނެވެ. ކަބޯ 15.33ގެ ސްކޯއެއް ހޯދިއިރު، ސްމައިލީ އަށް ލިބުނީ 15.00ގެ ސްކޯއެކެވެ.

ފައިނަލުގެ ފުރަތަމަ ރާޅު އެޅި ކަބޯ ވަނީ އެ ރާޅުގައި 8.33ގެ ސްކޯއެއް ހޯދައިފަ އެވެ. އޭގެ ފަހުން ސްމައިލީ ވަނީ ދެ ރާޅުން 7.17 އާއި 7.83ގެ ސްކޯއެއް ހޯދައި ލީޑު ނަގައިފަ އެވެ. 15.00ގެ ސްކޯއެއްގައި ސްމައިލީ އޮއްވާ ކަބޯ ވަނީ އޭނާގެ ދެ ވަނަ ރާޅުގައި 7.00ގެ ސްކޯއެއް ހޯދައި ފައިނަލުގައި ލީޑު ނަގާފަ އެވެ. އޭގެ ފަހުން ސްމައިލީ ދެ ރާޅު އެޅި ނަމަވެސް އޭނާގެ ދެ ވަނަ އަށް އެންމެ މަތީ ސްކޯ އަށް ވުރެ ރަނގަޅު ސްކޯއެއް ނުހޯދުނެވެ.

ކަޅެގަލެކޮޑާ 2023 އަކީ ސާފިން އެސޯސިއޭޝަންގެ ރަސްމީ މުބާރާތެއްގައި ކަބޯ ޗެމްޕިއަންކަން ހޯދި ފުރަތަމަ މުބާރާތެވެ. މީގެ ކުރިން މިދިޔަ އަހަރު ގައުމީ ލީގުގައި ކުރިއަށްދިޔަ ފަސް މުބާރާތުގެ ތެރެއިން ދެ މުބާރާތެއްގެ ފައިނަލުން އޭނާ ބަލިވި އެވެ. އޭގެ ތެރޭގައި ސްމައިލީ އަތުން މިދިޔަ އަހަރު ގައްދޫގައި ބަލިވި ފައިނަލް ހިމެނެ އެވެ.

ސްމައިލީ މި ފަހަރުގެ މުބާރާތުގައި ފެނުނީ ރަނގަޅު ފޯމެއްގަ އެވެ. ފައިނަލް ފިޔަވައި އޭނާ އެޅި ހުރިހާ ހީޓެއްގައި އޭނާ ކާމިޔާބުކުރި އެވެ. މި މުބާރާތުގެ ކުރިން ކުރިއަށްދިޔަ ގައުމީ ޓީމްގެ ސެލެކްޝަން ޓްރަޔަލްސްގައި މަތީ ސްކޯތަކެއް ހޯދައި ގައުމީ ޓީމުން ޖާގަ ވެސް ހޯދި އެވެ.

ސެމީ ފައިނަލުގައި ސްމައިލީ މޮޅުވީ ހަސަން ނާސިހު (ޗިކާ) އަތުންނެވެ. ކަނބޯ ސެމީ ފައިނަލުގައި މޮޅުވީ 12 އަހަރުގެ ޔޫސުފް ކަޔާން ހަމްދާން ޒަކީ އަތުން މޮޅުވެގެންނެވެ.

ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ ޗޮއްޕު

ކަޅެގަލެކޮޑާ 2023ގެ 18 އަހަރުން ދަށުގެ ބައިގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ. ގައުމީ ޖޫނިއާ ޓީމްގެ ޗޮއްޕު ފައިނަލު މެޗު ކާމިޔާބުކުރީ ޔޫސުފް ކަޔާންއާ ވާދަކޮށް ރަނގަޅު ނަތީޖާއަކުންނެވެ.

ފައިނަލުގައި ޗޮއްޕު 12.34ގެ ސްކޯއެއް ހޯދިއިރު، ކަޔާން އަށް ލިބުނީ 8.10ގެ ސްކޯއެކެވެ.

ޖޫނިއާ ބައިގައި ތަފާތު މޮޅުކޮށް ފެނުނު ކަޔާން އަށް ފައިނަލުގައި އެންމެ އެދެވޭ ހުނަރެއް ނުދެއްކުނެވެ. އޭނާގެ އެންމެ ރަނގަޅު ދެ ރާޅުގެ ސްކޯއަކީ 3.50 އާއި 4.60ގަ އެވެ. ފައިނަލުގައި ޗޮއްޕު އެޅި ރާޅުތަކުގައި ކަޔާން އަށްވުރެ ރަނގަޅު ނަތީޖާތަކެއް އޭނާ ނެރުނެވެ. މިގޮތުން 5.67ގެ ސްކޯއެއް ފުރަތަމަ ރާޅުގައި ހޯދިއިރު، ތިން ވަނަ ރާޅުން 6.67ގެ ސްކޯއެއް ހޯދި އެވެ.

ޖޫނިއާ ބައިގެ ސެމީ ފައިނަލުގައި ޗޮއްޕު މޮޅުވީ ޔާސިން އަހުމަދު ނާޝިދު އަތުންނެވެ. ޔޫސުފް ކަޔާން މޮޅުވީ ކަޔާން އަބްދުﷲ އަރީފްއާ ވާދަކޮށެވެ.

މި އަހަރުގެ ގައުމީ ލީގުގައި ފުރަތަމަ ފަހަރަށް ޖޫނިއާ ލީގު ޗެމްޕިއަންވެސް ހޮވާނެ އެވެ. އެހެންކަމުން ފުރަތަމަ މުބާރާތްވެސް ފެނުނީ މިދިޔަ އަހަރަށްވުރެ ފޯރިގަދަ ކޮށެވެ.

ގައުމީ ސާފް ލީގުގެ މިއަހަރުގެ ދެވަނަ މުބާރާތް އޮންނާނީ މ. މުލީގަ އެވެ. މެއި މަހުގެ 2 އިން 6 އަށް އޮންނަ މުލީކޮޅު ރާޅުގަނޑު މުބާރާތަށްފަހު ޖުލައި 4 އިން 8 އަށް ކ. ހިންމަފުށީގައި ގާމާދޫކޮޅު މުބާރާތް އޮންނާނެ އެވެ. އޭގެ ފަހުން، ޖުލައި 31 އިން އޮގަސްޓް 5 އަށް ހުރާކޮޅު ރާޅުގަނޑު ކުރިއަށް ދާނީ ރ. ކިނޮޅަހުގަ އެވެ. މި އަހަރުގެ ވެސް އެންމެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖް މާލޭގައި އޮންނާނީ އޮކްޓޫބަރު މަހުގެ 27 އިން ނޮވެމްބަރު މަހުގެ 25 ގެ ނިޔަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox