އެއާ އިންޑިއާއިން އެއްފަހަރާ 470 ބޯޓު ގަނެ ރެކޯޑެއް ހަދައިފި

އެއާ އިންޑިއާއިން އެއްފަހަރާ 470 ބޯޓު ގަނެ ރެކޯޑެއް ހަދައިފި

ބެންގަލޫރު (ފެބްރުއަރީ 15) - އެއާ އިންޑިއާއިން އެއް ފަހަރާ 470 މަތިންދާ ބޯޓު ގަނެ، މިހާތަނަށް އެއް އެއާލައިނަކުން އެއްފަހަރާ އެންމެ ގިނަ ބޯޓު ގަތުމުގެ ރެކޯޑު ހަދައިފި އެވެ.

އެއާ އިންޑިއާއިން މިފަހަރު ގަނެފައިވަނީ ބޮއިންގެ 220 ބޯޓު އަދި އެއާބަސްގެ 250 ބޯޓެވެ. މިއާއެކު އެ ގައުމުގެ އިންޑިގޯއާ އެކު އެއާއިންޑިއާއިން ކުރަމުންދާ ވާދަ އިތުރުވެގެންދާނެ އެވެ.

އެތެރޭގެ އަދި ބައިނަލްއަގުވާމީ އުދުހުންތަކުގައި މި ބޯޓުތައް ބޭނުންކުރާއިރު އިންޑިއާ މިހާރު ވަނީ ޗައިނާގެ މައްޗަށް ކުރިހޯދާ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށްވެފަ އެވެ.

އެއާ އިންޑިއާއިން މިފަދަ ބޮޑު އިންގިލާބީ ބަދަލެއް މި ގެނައީ އެ ކުންފުނީގެ އައު ވެރިން ކަމަށްވާ ޓާޓާ އިން އެ އެއާލައިން ގަތުމަށްފަހު ގެންނަމުންދާ ކުރިއެރުންތަކުގެ ތެރެއިންނެވެ.

އެއާބަސް އަދި ބޮއިން އިން ގަތް މި ބޯޓު ތަކާއެކު އެމެރިކާ އަދި ޔޫރަޕުން ވަނީ ހޫނު މަރުހަބާއެއް ކިޔާ، ހުޅަނގުގެ ބާރުތަކާއި އިންޑިއާއާ ދެމެދު ބަދަހިވަމުންދާ އިގުތިސާދީ ގުޅުން ފާހަގަކޮށްފަ އެވެ.

އެގޮތުން، އެމެރިކާގެ ރައީސް ޖޯ ބައިޑަން މިކަމާ ގުޅިގެން ދެއްވި ބަޔާނެއްގައި ވިދާޅުވީ، އެއާ އިންޑިއާއިން އެމެރިކާގައި އުފެއްދި 200 އަށްވުރެ ގިނަ ބޯޓު އެއްފަހަރާ ގަތުމަކީ ތާރީހީ ކާމިޔާބީއެއް ކަމަށެވެ.

"މިކަމުން ހާމަވެގެންދަނީ އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް އިގުތިސޯދީ ގުޅުމުގެ ވަރުގަދަކަން، ބޮޑުވަޒީރު މޯދީއާއެކު މަސައްކަތް ކުރަމުން މިދަނީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވާ ކަންކަމުގައި އެކުގައި މަސައްކަތް ކުރުމަށް" ބައިޑަން ވިދާޅުވި އެވެ.

މީގެ އިތުރުން ފްރާންސްގެ ރައީސް އެމެނުއަލް މެކްރޯން ވެސް ވަނީ މިކަމާ ގުޅިގެން އިންޑިއާ އަދި އެއާ އިންޑީއާއަށް މަރުހަބާ ދަންނަވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑޮނީޝިއާއިން ފެތުރޭ ދުމާ ހެދި ސަރަހައްދީ މަސްރަހު ގޯސްވެއްޖެ

އިންޑޮނީޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ވިހަ ދުން އަވަށްޓެރި ގައުމުތަކަށް ފެތުރުމުގެ ސަބަބުން، އާންމުންގެ ސިއްހަތަށް ނުރައްކާވެ ސަރަހައްދީ ސިޔާސީ މަސްރަހު ވަނީ ނުތަނަވަސްވެފައެވެ. މި މައްސަލައާ ގުޅިގެން އިންޑޮނީޝިއާއާ އެކު އޮތް ހާރިޖީ ގުޅުންތަކަށް ބުރޫއަރަމުންދާއިރު، މެލޭޝިއާ ފަދަ ގައުމުތަކުގެ އާންމުން ދަނީ އެ ގައުމުގެ އުފެއްދުންތައް ބޮއިކޮޓްކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެމެރިކާއިން އީރާނުގެ ގިޝްމް އައިލެންޑަށް ހަމަލާތަކެއް ދީފި

އެމެރިކާގެ މަތިންދާބޯޓަކަށް އީރާނުން ބަޑިޖެހި މައްސަލައިގެ ރައްދުގައި، އެމެރިކާއިން ވަނީ އީރާނުގެ ގިޝްމް އައިލެންޑުގެ ވަކި އަމާޒުތަކަކަށް ހަމަލާދީފައެވެ. މި ހަމަލާތައް ދީފައިވަނީ އެމެރިކާގެ މިޑްޓާމް އިންތިޚާބު ބޯމަތިވެފައި ވަނިކޮށް ކަމަށްވާއިރު، ރައީސް ޓްރަމްޕް ވަނީ އީރާނުގެ ނިއުކްލިއާ ސައިޓަކަށް ހަމަލާދޭން ޖެހިދާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފައެވެ. އީރާނަށް ދޭ ހަމަލާތައް ވަރުގަދަކުރުމަށް އަވަސް އަރުވާނުލާ ކަމަށް ވިދާޅުވެ، އިންތިޚާބަށްފަހު ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމަށް ދެކެވޭ ވާހަކަތައް ޓްރަމްޕް ވަނީ ދޮގުކުރައްވާފައެވެ.

އިންޑިއާ ސްކޫލެއްގައި ކުއްޖަކު އެހެން ކުއްޖަކަށް އަނިޔާކޮށްފި

އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ސްކޫލެއްގައި އަށް އަހަރުގެ ފިރިހެން ކުއްޖަކު ހަ އަހަރުގެ އަންހެން ކުއްޖަކަށް ރަހުމުކުޑަ ހަމަލާއެއް ދިން މައްސަލައެއް ފެންމަތިވެ، މުޅި ގައުމަށް ބޮޑު ސިހުމެއް ލިބިއްޖެއެވެ. މި ހާދިސާއާ ގުޅިގެން ސްކޫލުގެ އިސްވެރިން ސަސްޕެންޑްކޮށްފައިވާއިރު، އަނިޔާކުރި ކުއްޖާ ވަނީ ކުޑަކުދިން ބައިތިއްބާ މަރުކަޒަކަށް ފޮނުވައި މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކަށް ސައިބާ ހަމަލާ

ޔޫރަޕްގެ ހަތް ގައުމެއްގެ ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމަށް ދިން ސައިބާ ހަމަލާއެއްގައި، ފްރިޖުތަކުގެ ހޫނުމިން މަތިވެ ކާބޯތަކެތި ހަލާކުވުމުގެ ބިރު ކުރިމަތިވެއްޖެއެވެ. މި ހަމަލާގެ ސަބަބުން ބެލްޖިއަމްގެ "ސަބްކޯބެލް" ކުންފުނިން ބަލަހައްޓާ ގިނަ އައުޓްލެޓްތަކަކަށް އަސަރުކޮށްފައިވާއިރު، މިއީ ފަރަންސޭސިވިލާތަށް ކުރިން ދިން ހަމަލާއަކާ އެއްގޮތް ހަމަލާއެކެވެ. މި މައްސަލަ ހައްލުކުރުމަށް ސޮފްޓްވެއާގެ އިތުރުން މެޝިނަރީއަށް ފިޒިކަލް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

Newsletter

Get the latest news delivered straight to your inbox