އެސްއެސް ޓީވީ ރަސްމީކޮށް އިފްތިތާހު ކޮށްފި

އެސްއެސް ޓީވީ ރަސްމީކޮށް އިފްތިތާހު ކޮށްފި

އެސްއެސް މީޑިއާގެ ދިވެހި ޓީވީ ޗެނަލް، އެސްއެސް ޓީވީ ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

އެ ޗެނެލް އިފްތިތާހު ކޮށްދެއްވީ ސަން ސިޔާމް ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު އެވެ.

ޗެނެލް އިފްތިތާހު ކުރުމަށް މަންހަޓަން ބިޒްނަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފު (މޮންދު) ވިދާޅުވީ ޗެނެލުގެ ޕްރޮގްރާމުތައް ހިންގަމުން ގެންދާނީ ތަފާތުކޮށް ކަމަށެވެ. އާންމުކޮށް ރާއްޖޭގެ ޓީވީ ޗެނަލްތަކުގައި ޕްރޮގްރާމުތަކުގެ ދިގުމިން މިހާރު ހުންނަ މިންވަރަށް ވުރެ އެސްއެސް ޓީވީގެ ޕްރޮގްރާމުތައް ކުރުވާނެ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ޝައުގުވެރިކަން ނުގެއްލި ބަލާލެވޭނެ މިންވަރަށް ޕްރޮގްރާމުތައް އުފެއްދުމަށް ކަމަށް ކުރިން ޓީވީއެމްގައި އިސް މަގާމުތައް އަދާކުރެއްވި މޮންދު ވިދާޅުވި އެވެ.

Advertisement

"ވީހާވެސް ބޮޑަކަށް އައުޓްސޯސް ކޮށްގެން ޕްރޮގުރާމުތައް އުފެއްދުމުގެ ވިސްނުން އަޅުގަނޑުމެންގެ ހުރީ، ހާއްސަކޮށް ފޯނު ފަދަ ވަސީލަތްތައް ބޭނުން ކޮށްގެން ކޮންޓެންޓު އުފައްދަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ދިނުން،" އޭނާ ވިދާޅުވި އެވެ.

ރިކޯޑު ޝޯ ތަކާއި ލައިވް ޝޯތަކުގެ އިތުރުން ހަބަރު ގަޑިތަކުގައި ހަބަރު ވެސް އެ ޗެނަލުން ގެނެސްދޭނެ އެވެ. ހަބަރު ގެނެސްދޭނީ ހެނދުނު 10:00، މެންދުރުފަހު 2:00، ހަވީރު 4:00، ރޭގަނޑު 8:00 އަދި މެންދަމު 12:00 ގަ އެވެ. އޭގެތެރެއިން ރޭގަނޑު 8:00 ގައި ގެނެސްދޭނީ ބޭރު ހަބަރެވެ.

އެސްއެސް ޓީވީގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 12:00 އަށެވެ.

އެސްއެސް މީޑިއާގެ ދަށުން މިފަހުން ވަނީ އެސްއެސް ނެޓުގެ ނަމުގައި ކޭބަލް ޓީވީގެ ހިދުމަތް ވެސް ދޭން ފަށައިފަ އެވެ.

އެ ހިދުމަތުގެ ދަށުން 100 އަށްވުރެ ގިނަ ޗެނެލް ދައްކަމުން ދެއެވެ. އެސްއެސް ނެޓުގެ ހިދުމަތް ދެމުން ގެންދަނީ ކުރިން ދިރާގު ޓީވީގެ ހިދުމަތް ދިން ނެޓުވޯކުގެ ތެރެއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

11 ރަށެއްގައި އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކަށް

މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި ރާއްޖޭގެ 11 ރަށެއްގައި 30 ޓަނުގެ އައިސްޕްލާންޓް އެޅުމަށް މެލޭޝިއާގެ އަލްޓަސް އޮއިލް އެންޑް ގޭސް ކުންފުންޏާ މިއަދު ހަވާލުކޮށްފި. މިއީ އެއްގަމުގައި ހުންނަ އައިސްޕްލާންޓުތަކަށް ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުން ކުރިން ގެންގުޅުނު ސިޔާސަތާ ތަފާތު ނިންމުމެއް.

ރިސޯޓު މަދު އަތޮޅުތަކުގެ ރަށްތަކުގެ އެކުއިޒިޝަން އަގު ހެޔޮކޮށްފި

މި ބަދަލާއެކު ރަށްތަކުގެ ބޭސް ރޭޓާއި ހެކްޓަރަކަށް ޖެހޭ އަގު ކުޑަކޮށްފައިވީ ނަމަވެސް، ފަޅުތައް ކުއްޔަށް ދޫކުރާ އަގަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ސަރުކާރުން މިފަދަ ލުއިތަކެއް ދީފައިވަނީ ރިސޯޓު ތަރައްގީކުރަން އިއުލާންކުރާ ރަށްތަކަށް އިންވެސްޓަރުން ލިބުން ދަތިވެފައިވާ ދަނޑިވަޅެއްގަ.

އެމްއެސް ފައިނޭންސްގެ މަނީ އެކްސްޗޭންޖު ލައިސަންސް ބާތިލުކޮށްފި

މަނީ ޗޭންޖިން ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސްގެ ލައިސަންސް ހިފަހައްޓައި، އެ ކުންފުނި 500،000ރ. އިން އެމްއެމްއޭ އިން ޖޫރިމަނާކޮށްފި. އެފްއޭއެމްގެ ހިޔާނާތުގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މި ކުންފުންޏަކީ، ޑޮލަރުގެ ކަޅު ބާޒާރު ހުއްޓުވުމަށް ފެށި މަސައްކަތުގެ ތެރެއިން ފިޔަވަޅު އެޅި ދެވަނަ މަނީ އެކްސްޗޭންޖު.

މެލޭޝިއާ އެއާލައިންސް ޓިކެޓުތަކުން ގްރީން ޓެކްސް ނަގަން ވިސްނަނީ

ތިމާވެއްޓާ ރައްޓެހި އޭވިއޭޝަން ފިއުލް (އެސް.އޭ.އެފް) ބޭނުންކުރުމަށް ހިނގާ ބޮޑު ހޭދަ ފޫބެއްދުމަށްޓަކައި، މެލޭޝިއާ އެއާލައިންސްގެ ޓިކެޓުތަކުން "ގްރީން ޓެކްސް" އެއް ނެގުމަށް އެ ކުންފުނިން ދަނީ ވިސްނަމުންނެވެ. މި ފިޔަވަޅަކީ 2050 ވަނަ އަހަރާ ހަމައަށް ޖައްވަށް ދޫކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ނަމަވެސް، މީގެ ސަބަބުން ވައިގެ ދަތުރުފަތުރުގެ އަގުތައް އުފުލިގެންދާނެއެވެ.

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

Newsletter

Get the latest news delivered straight to your inbox