ވީނުވީ ނޭނގި ގެއްލޭ މީހުންގެ މައްސަލަ ބޭރުކޮށްފައި ވެސް ދެއްކީ އެ ވާހަކަ

މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް؛ އޭނާ ވަނީ ކުއްލި މައްސަލަ ބޭރުކޮށްލުމަށްފަހު ވެސް އެ ކަމުގެ ވާހަކަ ދައްކަވާފައި-- ފޮޓޯ: މަޖިލިސް

މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް؛ އޭނާ ވަނީ ކުއްލި މައްސަލަ ބޭރުކޮށްލުމަށްފަހު ވެސް އެ ކަމުގެ ވާހަކަ ދައްކަވާފައި-- ފޮޓޯ: މަޖިލިސް

ވީނުވީ ނޭނގި ގެއްލެމުން އަންނަ މީހުން އިތުރުވާތީ، އެ މީހުން ހޯދުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލަން ވޯޓު ދިނުމަށް ފަހު، ހަމަ އެ ވާހަކަ ދައްކަވާތީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ބަހުސް ރިޔާސަތުން ހުއްޓުވައިފި އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލީ 29 މެންބަރުންގެ ވޯޓުންނެވެ. އޭގެ ތެރޭގައި ރޮޒައިނާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެހެންނަމަވެސް، އޭގެ ފަހުން މަޖިލީހުގައި ކުރިއަށް ދިޔަ ސަރުކާރު އިމާރާތްތައް ހިންގުމަށް ބޮޑު ކުލި ދައްކާ މައްސަލައަށް ހައްލު ހޯދުމުގެ ގަރާރުގެ ބަހުސް ވަގުތުގައި ރޮޒައިނާ ވަނީ ކުއްލި މައްސަލައިގެ ވާހަކަ ދައްކަވައިފަ އެވެ.

ރޮޒައިނާ އެ ވާހަކަ ދެއްކެވީ އެކަމާ ގުޅިގެން ނައިފަރު ދާއިރާގެ އިދިކޮޅު މެންބަރު އަހުމަދު ޝިޔާމް ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ. ޝިޔާމް ވަނީ އެ މައްސަލަ ބޭރުކޮށްލުމަކީ މަޖިލީހުގެ ކަންކަން ހިންގުމަށް ސަރުކާރުން ހުރަސް އަޅާ ކަމުގެ ހެއްކެއް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ވާހަކަ ދައްކަވައިފަ އެވެ.

އެކަމަށް ރައްދު ދެއްވައި ރޮޒައިނާ ވިދާޅުވީ 18 ވަނަ މަޖިލީހުގައި އެކަންކަން ވީ ގޮތް ތަޖުރިބާ ކުރެވުނު ކަމަށާއި މި ސަރުކާރުން މަޖިލީހުގައި ހިނގާ ކަންކަމަށް ހުރަސް އަޅާ ކަމަށް ނުބުނެވޭނެ ކަަމަށެވެ.

"މިއަދު ހުށަހެޅިގެން ދިޔަ ކުއްލި މައްސަލައަކީ ހަގީގަތުގައި އޭގެ ހައްލެއް ބޭނުންވާ ކަމުގައިވާ ނަމަ އެއީ ކޮމިޓީއަށް ހުށަހަޅަން ޖެހޭ މައްސަލައެއް،" އެ މައްސަލަ 241 ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަން ފާހަގަކޮށް ރޮޒައިނާ ވިދާޅުވި އެވެ.

އެ ހިސާބުން ރޮޒައިނާގެ ވާހަކަ މެދުކަނޑާލެއްވުމަށް ފަހު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެއީ ކުއްލި މައްސަލައިގެ ބަހުސް ކުރާ ވަގުތު ނޫން ކަމަށް ވިދާޅުވެފަ އެވެ.

"އެ ބަހުސް ބޭނުންވެވަޑައިގެންނެވި ނަމަ އެކަމަށް ވޯޓު ދެއްވީ އެ ބަހުސް ކުރިއަށް ގެންދެވޭނެ،" ނަޝީދު ވިދާޅުވި އެވެ.

ރޮޒައިނާ ވަނީ ޝިޔާމްގެ ވާހަކަ ރިޔާސަތުން ނުހުއްޓުވައި، އޭނާގެ ވާހަކަ ހުއްޓުވުމުން އެކަމާ ޝަކުވާ ކުރައްވައިފަ އެވެ. އަދި ކުއްލި މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަން ނޫޅޭ ކަމަށް ވެސް ވިދާޅުވި އެވެ.

"ނައިފަރު ދާއިރާގެ މެންބަރު އެ ވާހަކަ ދެއްކެވީމާ ރައްޔިތުންނަށް އޮޅޭ ގޮތަށް ވާހަކައެއް ދައްކަވާފައިވާތީވެ އެ ވާހަކަ ދައްކަވާފައިތީވެ، އެކަން ރަނގަޅުކޮށްލަން މިއުޅެނީ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ ކަންކަމުގައި ނަތީޖާ ނުކުންނާނީ ނަތީޖާ ނުކުންނަ ގޮތަށް ކުރުމުން ކަމަށެވެ. އެގޮތުން ރަނގަޅު ގަރާރެއް ހުށަހަޅައިފިނަމަ އެ ގަރާރު ކޮމިޓިއަށް ހަމައަށް ދާނެ ކަމަށާއި އެހެންނަމަވެސް ކުއްލި މައްސަލައަކީ ކޮމިޓީއަކަށް ވެސް ދާނެ އެއްޗެއް ނޫން ކަމަށް ވިދާޅުވި އެވެ.

"މިތާނގައި ހަމަ ވާހަކަތަކެއް ދައްކާލާފައި މި ހިސާބުން ހަމަ ނިމޭ ކަމެއް [ކުއްލި މައްސަލަ] އެއީ،" އެ މައްސަލައަށް ނޫނެކޭ ވިދާޅުވި ސަބަބު ސާފުކޮށްދެއްވަމުން ރޮޒައިނާ ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު ކުއްލި މައްސަލަތައް އިދިކޮޅުން ހުށަހަޅަނީ ހަމަ ސަރުކާރަށް ފާޑުވިދާޅުވުމުގެ ގޮތުން ކަމަށް ވެސް ރޮޒައިނާ ތުހުމަތު ކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox