ގައުމީ ސާފް ލީގުގެ "ކަޅެގަލެކޮޑާ" 2023 ގައްދޫގައި ފެށިއިރު، ގިނަ ރާޅާ އެޅުންތެރިން އާ ރޫހެއްގައި

Feb 15, 2023, 3:09 AM
ގައުމީ ސާފް ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ކަޅެގަލެކޮޑާ" 2023 ގައްދޫގައި ފެށިއިރު، މެންސް އޯޕަން ޝޯޓް ބޯޑު އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް ސާފިން އެސޯސިއޭޝަން

ގައުމީ ސާފް ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ކަޅެގަލެކޮޑާ" 2023 ގައްދޫގައި ފެށިއިރު، މެންސް އޯޕަން ޝޯޓް ބޯޑު އިވެންޓެއްގެ ތެރެއިން.--- ފޮޓޯ: މޯލްޑިވްސް ސާފިން އެސޯސިއޭޝަން

ގައުމީ ސާފް ލީގުގެ މި އަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ "ކަޅެގަލެކޮޑާ" 2023 ގދ.ގައްދޫގައި އިއްޔެ ފަށައިފި އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ގައުމީ ސާފް ލީގު ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކުރިއަށްދާނެ އެވެ. އެ ގޮތުން ފުރަތަމަ މުބާރާތް ގައްދޫގައި އިއްޔެ ފެށިއިރު، ދެ ވަނަ މުބާރާތް މ. މުލީގައި އޮންނާނީ މެއި މަހުގެ 2 އިން 6 އަށެވެ. އެ އަށް ފަހު ޖުލައި 4 އިން 8 އަށް ކ. ހިންމަފުށީގައި ގާމާދޫކޮޅު މުބާރާތް ކުރިއަށް ގެންދިޔުމަށް ފަހު، ޖުލައި 31 އިން އޮގަސްޓް 5 އަށް ހުރާކޮޅުރާޅުގަނޑު ކުރިއަށް ދާނީ ރ. ކިނޮޅަހުގަ އެވެ. މި އަހަރުގެ ވެސް އެންމެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖް މާލޭގައި އޮންނާނީ އޮކްޓޫބަރު މަހުގެ 27 އިން ނޮވެމްބަރު މަހުގެ 25 ގެ ނިޔަލަށެވެ.

ގައްދޫގައި ފެށި ކަޅެގަލެކޮޑާ 2023 ގައި އިއްޔެ ކުރިއަށްދިޔައީ ޖޫނިއާ ބައިގެ ފުރަތަމަ ބުރުގެ ހީޓުތަކާއި، ފިރިހެން އޯޕަން ބައިގެ ފުރަތަމަ ބުރުގެ ހީޓުތަކުންނެވެ.

ފިރިހެން އޯޕަން ބަޔަށް ބަލާއިރު ފުރަތަމަ ބުރުގައި އެންމެ ފާހަގަކޮށްލެވުނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އަހުމަދު އާގިލް (އައްމަޑޭ) ވާދަކުރި ހީޓުން ދެ ވަނަ އަށް ދިޔުމެވެ. ހީޓު އެކަކުން އައްމަޑޭ ދެ ވަނަ އަށް ދިޔައީ 9.07 ގެ ސްކޯއަކުންނެވެ. އެ ގޮތުން، 10.84ގެ ސްކޯ އަކުން މި ހީޓު ކާމިޔާބުކުރީ މުހައްމަދު އިރުޝާދު (ބިއްލޫ) އެވެ. އައްމަޑޭ އާއި ބިއްލޫ ތިން ވަނަ ބުރަށް ދިޔައިރު، ހީޓުން ތިން ވަނަ އަށް ދިޔަ އަހުމަދު އަރުޒަން އާއި މުހައްމަދު އަޝްފާގް ވާދަކުރާނީ ރީކޮލިފައި-ހީޓުގަ އެވެ.

ފުރަތަމަ ދުވަހު އެންމެ މަތީ ސްކޯއެއް ހޯދީ އިސްމާއިލް ރަޝީދު (ސްމައިލީ) އެވެ. ހަސަން ނާސިހު އާއި އިސްމާއިލް ޒަހީން ވާދަކުރި ހީޓުން ސްމައިލީ އެއް ވަނަ ހޯދީ 17.34 ގެ ސްކޯއަކުންނެވެ. ނާސިހު އަށް 10.50ގެ ސްކޯއެއް ލިބުނުއިރު، ޒަހީން އަށް ލިބުނީ 9.07ގެ ސްކޯ އެކެވެ.

ގައްދޫގެ ސްމައިލީގެ އިތުރުން އެރަށަށް ނިސްބަތްވާ ހޫދު އަހުމަދު، ޖައިލަމް ނިޒާރު އަދި މުހައްމަދު ނަޖާހު (ކަބޯ)ވެސް ވަނީ އެ ރާޅާއެޅުންތެރިންގެ ހީޓުތައް ކާމިޔާބުކޮށްފަ އެވެ. މި ހަތަރު އެތުލީޓުންނަކީ ވެސް ގައުމީ ޓީމްގެ އެތުލީޓުންނެވެ.

ހޫދު އޭނާ ވާދަކުރި ހީޓު ކާމިޔާބުކުރީ 14.17ގެ ސްކޯ އަކުންނެވެ. މި ހީޓުން ދެ ވަނަ އަށް ދިޔައީ 8.10ގެ ސްކޯއަކާ އެކު އަބްދުﷲ އަރީފް (ފުކު) އެވެ. ޖައިލަމް ހީޓު ކާމިޔާބުކުރީ 13.77ގެ ސްކޯއަކާ އެކުގަ އެވެ. މި ހީޓުން ދެ ވަނަ އަށް ދިޔައީ 7.26ގެ ސްކޯއަކާ އެކު ޔަމާން އިބްރާހިމް އެވެ.

އެ ގޮތުން، 15.50 ގެ ސްކޯއަކުން ކަބޯ އޭނާގެ ހީޓު ކާމިޔާބުކުރިއިރު، މި ހީޓުން ދެ ވަނަ އަށް ދިޔައީ މުހައްމަދު ފަޔާޒު (ޕެލޭ) އެވެ.

ފިރިހެން އޯޕަން ބައިގައި އިއްޔެ އެޅި އެހެން ރާޅާ އެޅުންތެރިންނަށް ބަލާއިރު ހުސައިން އަރީފް (އިބޫ) ވަނީ 14.06ގެ ސްކޯއަކާ އެކު ހީޓު ތިނެއް ކާމިޔާބުކޮށްފަ އެވެ. މި ހީޓުން ދެ ވަނަ އަށް ދިޔައީ 9.50ގެ ސްކޯއަކުން އަލީ އަހުމަދު އެވެ. އާދަމް މުއީން އިބްރާހިމް ވަނީ 11.73ގެ ސްކޯ އަކުން އޭނާ ވާދަކުރި ހީޓު ކާމިޔާބުކޮށްފަ އެވެ. މި ހީޓުން ދެ ވަނަ އަށް ދިޔައީ ޔޫސުފް ކަޔާން ހަމްދާން ޒަކީ އެވެ. އެއީ 9.34ގެ ސްކޯއަކުންނެވެ.

ފުރަތަމަ ބުރުގައި އެންމެ ފޯރިގަދަކޮށްދިޔައީ ހަ ވަނަ ހީޓެވެ. މި ހީޓު 9.73 އިން ކަޔާން އަބްދުﷲ އަރީފް ކާމިޔާބުކުރިއިރު، ދެ ވަނަ ހޯދީ 8.90ގެ ސްކޯއަކުން މުހައްމަދު ޒަޔާން (ޗޮއްޕު) އެވެ. ތިން ވަނަ އަބްދުﷲ އަރުޝަދު އަށް ލިބުނީ 8.07 ގެ ސްކޯއަކުންނެވެ. ހީޓުގެ ފުލަށް ދިޔައީ 7.33ގެ ސްކޯއަކުން ޔާސިން އަހުމަދު ނާޝިދު އެވެ.

އިއްޔެ ކުރިއަށްދިޔަ ފުރަތަމަ ބުރުގެ ކޮންމެ ހީޓަކުން ކުރި ހޯދި ދެ އެތުލީޓުން ކޮލިފައިވީ ތިން ވަނަ ބުރަށެވެ. އަނެއް ދެ އެތުލީޓުން ޖެހޭނީ ރީ-ކޮލިފައި ހީޓުގައި ވާދަކުރާށެވެ.

މިއަދު ކުރިއަށްދިޔަ ޖޫނިއާ ބަޔަށް ބަލާއިރު ޔޫސުފް ކަޔާން، ކަޔާން އަބްދުﷲ އަރީފް، މުހައްމަދު އިނާން، މުހައްމަދު ޒަޔާން، އަހުމަދު މިސްކް، އަދި ޔާސިން އަހުމަދު ނާޝިދު ވަނީ ކުއާޓާ ފައިނަލުން ފުރުސަތު ހޯދާފަ އެވެ.

ފުރަތަމަ ބުރުގައި ކުރިއަށްދިޔަ ތިން ހީޓުގެ ގަދަ ދޭއްގައި ނުހިމެނުނު ހަތަރު ބައިވެރިން ކަމަށްވާ އަހުމަދު ޒަޔާން، ސައްދިޔު ސަލާހުއްދީން، އަހުމަދު ލުޒަައިން އަދި މުހައްމަދު ޖިނާން ވާދަކުރާނީ ރީ ކޮލިފައި ހީޓުގަ އެވެ.

މިއަހަރުގެ ގައުމީ ސާފް ލީގުގައި މިދިޔަ އަހަރެކޭ އެއްގޮތަށް ލީގުގެ ޗެމްޕިއަން ކަނޑައަޅާއިރު، މިއަހަރު މުޅިން އަލަށް ލީގުގެ ޖޫނިއާ ޗެމްޕިއަންވެސް ހޮވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox