ވ. އަތޮޅުން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށް ފަހު ވަޅުލައިފި

ވ. އަތޮޅުގެ ޗާޓެއް، ހަށިގަނޑު ފެނިފައިވަނީ އެ އަތޮޅުގެ ކަނޑުގެ ސަރަހައްދުން

ވ. އަތޮޅުގެ ޗާޓެއް، ހަށިގަނޑު ފެނިފައިވަނީ އެ އަތޮޅުގެ ކަނޑުގެ ސަރަހައްދުން

ވ. އަތޮޅު ކަނޑުމަތިން ފެނުނު ހަށިގަނޑުގެ ސާމްޕަލް ނެގުމަށް ފަހު ވަޅުލައިފި އެވެ.

ވެމްޕަރު ފަޅުގެ ހުޅަނގު އުތުރުން ކަނޑު އަޑިން އިންސާނެއްގެ ހަށިގަނޑު ފެނުނު ކަން ފުލުހުން ހާމަކުރީ މިދިޔަ މަހުގެ ދެވަނަ ދުވަހު އެވެ. އޭގެ ފަހުން މަހަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައި އެ ހަށިގަނޑުން ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު ވަޅުލާފައި ވާކަމަށެވެ.

އަދި, މި މައްސަލަ ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

ހަށިގަނޑު ފެނިފައި ވަނީ ލިޓޮން ކަނޑުމަތިން ގެއްލުނުތާ ދެ ދުވަސް ފަހުން:

ވެމްޕަރު ފަޅުތެރެއިން އިންސާނެއްގެ ހަށިގަނޑު ފެނިގެން ފުލުހުން އެކަން ހާމަކުރުމުގެ ދެ ދުވަސް ކުރިން ވިލިމާލެއިން ދެމީހުންނާ އެކު ފުރި ތެޔޮ ބޯޓަކުން ދެމީހުން ގެއްލިގެން އެކަން އިއުލާނުކުރި އެވެ. ތެޔޮ ބޯޓުގައި ތިބީ ގދ. ތިނަދޫ / މަނާރު، މުޙައްމަދު ނިޒާމް، 45އ، އާއި މޮހައްމަދު ލިޓަން، 35އ އެވެ.

ތެޔޮ ބޯޓު ފެނިފައި ވަނީ ހުޅުލެ ކައިރިން އޮޔާ ދަނިކޮށެވެ.

އެ ތެޔޮބޯޓުން ދަތުރުކުރި ދިވެހި ކައްޕި ނިޒާމް އޭގެ ދުވަސްކޮޅެއް ފަހުން މާލެ ތެރެއިން ފެނިގެން ހައްޔަރު ކުރި އެވެ. އެހެން ނަމަވެސް، މިއަދާ ހަމައަށް ވެސް ދެންް އެ ބޯޓުން ދަތުރުކުރި ބިދޭސީ މީހާގެ ވީނުވީ އެއް ނޭނގެ އެވެ.

އެ ހަށިގަނޑަކީ ލިޓޮންގެ ހަށިގަނޑުކަން ސީދާ ގޮތެއްގައި ފުލުހުން އަދި ހާމަކޮށްފައި ނުވާއިރު، ނިޒާމް ހައްޔަރު ކުރީ މަރުގެ މައްސަލައެއްގައި ކަމަށް ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ތަކުރާރުކޮށް ފުލުހުންނަށް ގުޅުމުން ވެސް އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ. ބުނެފައި ވަނީ މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށާއި، މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox