ޗެލްސީން ސިލްވާގެ ކޮންޓުރެކްޓް އަންނަ ސީޒަންގެ ނިޔަލަށް އާކޮށްފި

Feb 11, 2023, 8:44 AM
ޗެލްސީން ސިލްވާގެ ކޮންޓުރެކްޓް އަންނަ ސީޒަންގެ ނިޔަލަށް އާކޮށްފި

ލަންޑަން (ފެބްރުއަރީ 11) - ޗެލްސީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ތިއާގޯ ސިލްވާގެ ކޮންޓުރެކްޓް އަންނަ ސީޒަންގެ ނިޔަލަށް އާކޮށްފި އެވެ.

އުމުރުން 38 އަހަރުގެ ސިލްވާ ޕީއެސްޖީ ދޫކޮށް ޗެލްސީ އަށް ބަދަލުވީ 2020 ވަނަ އަހަރެވެ. ޗެލްސީއާ އެކު ސިލްވާ ވަނީ ޗެމްޕިއަންސް ލީގާއި ޔުއެފާ ސުޕަ ކަޕް އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ.

ޗެލްސީ އަށް މިހާތަނަށް 106 މެޗު ސިލްވާ ކުޅެދީފައިވާއިރު، އެފްއޭ ކަޕްގެ ދެ ފައިނަލާއި ލީގު ކަޕްގެ ފައިނަލެއް ވެސް ވަނީ ކުޅެދީފަ އެވެ.

ޗެލްސީން މި ސީޒަންގައި އާ ކުޅުންތެރިން ހޯދުމަށް 600 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހޭދައެއްކުރި ނަމަވެސް، ސިލްވާ ދެމިހުރީ އެ ޓީމަށް މުހިންމު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

"އަހަރެން ފުރަތަމަ ޗެލްސީއާ ގުޅުނީ އެއް އަހަރު ދުވަހު ކޮންޓުރެކްޓެއްގެ ދަށުން. އެކަމަކު މިހާރު ހަތަރު ވަނަ އަހަރު މި ކުޅެނީ،" ސިލްވާ ބުންޏެވެ.

"ވަރަށް އުފާވެއްޖެ ޗެލްސީގެ ކޮންޓުރެކްޓް އާކޮށް، މި ކްލަބުގައި މަޑުކުރެވޭތީ."

ޗެލްސީގެ މެޖޯރިޓީ ހިއްސާގެ ވެރިޔާ، ޓޮޑް ބޯލީ އާއި ބެހެދާދް އެގްބާލީ ނެރުނު ބަޔާނެއްގައި ބުނީ ސިލްވާގެ ތަޖުރިބާ އާއި ލީޑަޝިޕަކީ މި ވަގުތު ޗެލްސީ އަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

"ސިލްވާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް. އޭނާގެ ލީޑަޝިޕާއި ތަޖުރިބާއަކީ އަހަރަމެން ކުރިއަށް ދާން ވިސްނާއިރު ވަރަށް މުހިންމު ކަމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ޗެލްސީން ނުކުންނާނީ ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox