އަންޗެލޮޓީއާ އެކު އެއްބަސްވުމެއް އޮތް ވާހަކަ ބްރެޒިލުން ދޮގުކޮށްފި

Feb 11, 2023, 4:42 AM
އަންޗެލޮޓީއާ އެކު އެއްބަސްވުމެއް އޮތް ވާހަކަ ބްރެޒިލުން ދޮގުކޮށްފި

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ފެބްރުއަރީ 11) - ހުސްވެފައިވާ ބްރެޒިލް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ރެއާލް މެޑްރިޑްގައި ހުރި އިޓަލީގެ ކޯޗު ކާލޯ އަންޗެލޮޓީ ގެންނަން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް ދެކެވޭ ވާހަކަ ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން ދޮގުކޮށްފި އެވެ.

ބްރެޒިލްގެ ކޯޗުގެ މަގާމު ހުސްވީ، މިދިޔަ ޑިސެމްބަރު މަހު ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ކްރޮއޭޝިއާ އަތުން ބަލިވި މެޗަށް ފަހު ބްރެޒިލްގެ ކޯޗަކަށް ހުރި ޓީޓޭ މަގާމުން ވަކިވުމުންނެވެ. އާ ކޯޗެއް ހޯދަން ބްރެޒިލް އިން ކުރަމުން އަންނަ މަސައްކަތުގައި އަދިވެސް ރަސްމީކޮށް ހުރިހާ ކަމެއް ނުނިމެ އެވެ.

ބްރެޒިލާ ދެން ހަވާލުވާނެ ކޯޗެއްގެ ވާހަކަ މީޑިއާގައި އެކި ގޮތްގޮތަށް ދެކެވޭއިރު، މިދިޔަ ދުވަސްތަކުގައި ގިނަ މީޑިއާތަކުން ރިޕޯޓްކުރި އެއް ކަަމަކީ މި ސީޒަނަށް ފަހު ބްރެޒިލާ ހަވާލުވާން ރެއާލްގެ ކޯޗު އަންޗެލޮޓީގެ އެއްބަސްވުމެއް އެބައޮތް ކަމަށެވެ.

އެކަމަކު، ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންޗެލޮޓީ ގެންނަން އެއްބަަސްވުމެއް އޮތް ކަމަށް ބުނެ ދެކެވެނީ ހަގީގަތެއް ނެތް "ދޮގު" ވާހަކައެއް ކަމަށެވެ. ފެޑެރޭޝަނުގެ ބަޔާނުގައި ދެން ބުނެފައިވަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ދެފުށް ފެންނަ ގޮތަކަށް ކުރެވެމުން އަންނަ ކަމަށާއި ރަނގަޅު ވަގުތުގައި އެކަން ނިންމައި، ހާމަކުރާނެ ކަމަށެވެ.

އަންޗެލޮޓީ، 63، މި ވަގުތު ހުރީ ރެއާލް ގޮވައިގެން ފީފާ ކްލަބް ވޯލްޑް ކަޕް ކުޅެން މޮރޮކޯގަ އެވެ. ކްލަބް ވޯލްޑް ކަޕް ފައިނަލުގައި މިރޭ ރެއާލުން ސައުދީ އަރަބިއްޔާގެ އަލް ހިލާލާ ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަންޗެލޮޓީ އަށް ވަނީ ބްރެޒިލް ޓީމާ ހަވާލުވުމާ ގުޅޭ ގޮތުން ސުވާލުތަކެއް އަމާޒުވެފަ އެވެ.

އެ އަށް ޖަވާބު ދެމުން އަންޗެލޮޓީ ބުނީ ރެއާލާ އެކު އޭނާގެ ކޮންޓްރެކްޓް އޮތީ 2024 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ކަމަށާއި އެ އަށް އިހުތިރާމް ކުރާނެ ކަމަށެވެ.

ބްރެޒިލް މީޑިއާ އިން އެ ގައުމުގެ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމާ ގިނަ މަޝްހޫރު ކޯޗުން ގުޅުވައިގެން ރިޕޯޓްތައް ޝާއިއުކުރެ އެވެ. އެ ގޮތުން މީގެ ކުރިން ވަނީ މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، ސްޕެއިން ކޯޗުކަމުން ވަކިވެ މި ވަގުތު ހުސްކޮށް ހުރި ލުއިސް އެންރީކޭ، ފްރާންސްގެ ޒިނެދިން ޒިދާން އަދި ރޯމާގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯ ބްރެޒިލާ ހަވާލުވާން އުޅޭ ކަމަށް ރިޕޯޓްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox