އީގަލްސް އިން އިންމަ އާއި ސަމިއްޓެގެ ކޮންޓްރެކްޓް އާކޮށް، ޔޫވީގެ ތިން ކުޅުންތެރިއަކު ގެނެސްފި

Feb 10, 2023, 1:54 PM
އީގަލްސް އަށް ކޮންޓްރެކްޓް އާ ކުރުމަށް ފަހު ސަމިއްޓެ އާއި އިންމަ އެ ކްލަބްގެ ޗެއާޕާސަން، ފާތިމަތު ސުއާދު (ތާތު)އާ އެކު.

އީގަލްސް އަށް ކޮންޓްރެކްޓް އާ ކުރުމަށް ފަހު ސަމިއްޓެ އާއި އިންމަ އެ ކްލަބްގެ ޗެއާޕާސަން، ފާތިމަތު ސުއާދު (ތާތު)އާ އެކު.

އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ކްލަބް އީގަލްސް އިން އެ ޓީމަށް ކުޅެމުން އައި ސީނިއާ ދެ ކުޅުންތެރިން ކަމަށްވާ އިމްރާން ނަޝީދު (އިންމަ) އާއި އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ)ގެ ކޮންޓްރެކްޓް އާ ކޮށް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅެމުން އައި ލަމާން ޒުހައިރު، އައިހަމް ސައީދު (އައިކޮ) އަދި އަބްދުﷲ އަމިން އަލީ ގެެނެސްފި އެވެ.

ކުރިން ފުރަތަަމަ ޑިވިޝަނުގައި ވިޔަންސާ އާއި އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވެސް ކުޅެފައިވާ އިންމަ އަކީ އީގަލްސް އިން 2016 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރިއިރު، ޓީމުގެ ކެޕްޓަން އެވެ.

ސަމިއްޓެ، އަންނަނީ 2012 ވަނަ އަހަރުން ފެށިގެން އީގަލްސް އަށް ކުޅެމުންނެވެ. މި ވަގުުތު އީގަލްސް ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާއިރު، އެ ކްލަބްގައި އެންމެ ގިނަ ދުވަސްވީ ކުޅުންތެރިއަކީ ސަމިއްޓެ އެވެ.

އީގަލްސް އިން ލަމާން، އައިކޮ އަދި އަމިންގެ ސޮއި މި ހޯދީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މި ތިން ކުޅުންތެރިންނަކީ ވެސް މިދިޔަ އަހަރު ރާއްޖޭގެ 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމާއި ޔުނައިޓެޑް ވިކްޓަރީގެ މެޗުތަކުގައި ކުޅެފައިވާ ކުޅުންތެރިންނެވެ.

އީގަލްސްއާ އެކު ސޮއިކުރި ޔުނައިޓެޑް ވިކްޓަރީގެ ތިން ކުޅުންތެރިން: (ކ.ވ) ލަމާން، އަމިން އަދި އައިކޮ، ކްލަބްގެ ޗެއާޕާސަން، ފާތިމަތު ސުއާދު (ތާތު)އާ އެކު.

މި ފަހަރު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރަން ފުރުސަތު ލިބިފައި އޮތް އީގަލްސް ޓީމާ ހަވާލުވާނެ ކަމަށް ބެލެވެނީ މިދިޔަ އަހަރު ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކަށް ހުރި އިހުސާން އަބްދުލް ގަނީ (ސާންތީ) އެވެ. ސާންތީ، އީގަލްސްއާ އެންމެ ފުރަތަމަ ހަވާލުވީ 2011 ގަ އެވެ. އޭގެ ފަހުން، އެ ޓީމާ އެކު ޒުވާން ކުޅުންތެރިން ލައިގެން މަސައްކަތެއް ފަށައި، 2017 ވަނަ އަހަރުގެ މާލޭ ލީގާ ހަމައަށް އެ ޓީމަށް ކޯޗުކޮށްދީފައިވެ އެވެ.

ފާއިތުވި ސީޒަންގައި އީގަލްސް އިން ވަނީ ތިން ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅެފަ އެވެ. ސީޒަން ފަށައިގެން، ޕްރެޒިޑެންޓްސް ކަޕްގައި އެ ޓީމަށް ކޯޗުކޮށްދިނީ މުހައްމަދު ޝާޒްލީ (ޝާޒް) އެވެ. އޭގެ ފަހުން، ވަގުތީ ހެޑް ކޯޗެއްގެ ގޮތުގައި އީގަލްސް ގޮވައިގެން އުޅުނީ އެސިސްޓަންޓް ކޯޗު އަހުމަދު ނިމާދު (ނިމާ) އެވެ. ވަގުތީ ކޯޗަކަށް ހުރެވޭ މުއްދަތު ހަމަވުމުން، ދެން ޓީމުގެ ކޯޗަކަށް އައީ މުހައްމަދު އާތިފް (އާތީ) އެވެ. އާތީ ވަނީ ސީޒަނުގެ ނިޔަލަށް އީގަލްސް އަށް ކޯޗުކޮށްދީފަ އެވެ.

ކުރިއަށް އޮތް ސީޒަނަށް އީގަލްސް އިން ބިދޭސީ ކުޅުންތެރިން ވެސް ހޯދަމުން އަންނައިރު، އެ ޓީމުގެ ތިން ކުޅުންތެރިއަކު ވަނީ ކްލަބް ދޫކޮށްލައިފަ އެވެ. އެއީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކުރި، ހަސަން ރާއިފް އަހުމަދު (ހަންނަ) އާއި ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އަދި އަހުމަދު ނޫމާން (ހެލްމެޓް) އެވެ.

އެނގިފައިވާ ގޮތުގައި އީގަލްސް އިން މަސައްކަތް ކުރަމުން އަންނަނީ މި ހަފްތާގައި ޕްރެކްޓިސް ފެށުމަށެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox