ރައީސް ސޯލިހުގެ ފަހަތަށް ގާސިމް އަރާނެ އެއްގޮތެއް ވެސް ނެތް: ނަޝީދު

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު އަދި ގާސިމް އިބްރާހިމް ބައިވެރިވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް ނަޝީދު އަދި ގާސިމް އިބްރާހިމް ބައިވެރިވަނީ --- ފޮޓޯ: މަޖިލިސް އިދާރާ

ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ތާއީދު ކުރައްވާނެ އެއްގޮތެއް ވެސް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކުރައްވައި ބަލިވެވަޑައިގެންނެވި ނަޝީދު އަދިވެސް ތާއިދުކުރައްވާނެ ކެންޑިޑޭޓެއް ހާމަކުރައްވާފައި ނުވެ އެވެ. އަދި، ރައީސް ސޯލިހާ އެކު އެމްޑީޕީއަށް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

މިވަގުތު ވެސް ރައީސް ސޯލިހުގެ ސަރުކާރުގައި ޖޭޕީގެ ހިއްސާ އެބައޮތެވެ. އެ ޕާޓީގެ ސްލޮޓުތަކުގައި މިނިސްޓަރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި އެކި ފަންތީގެ މުވައްޒަފުން އެބަތިއްބެވެ. ޖޭޕީން ސެޕްޓެމްބަރުގެ އިންތިހާބާ މެދު ވަކި ގޮތެއް މި މަހުގެ ތެރޭގައި ނިންމާނެ އެވެ. ވަކި ކެންޑިޑޭޓަކު ނެރުމާއި ކޯލިޝަނެއްގެ ތެރެއިން ނުކުންނާތޯއާ މެދު ގޮތެއް ނިންމާނެ އެވެ.

"އިބޫ ފަހަތަށް ގާސިމް އަރާނެ އެއް ގޮތެއް ވެސް ނެތް،" މިއަދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުން ތިއްބަވާ ގްރޫޕަކަށް ކުރެއްވި މެސެޖެއްގައި ނަޝީދު ވިދާޅުވި އެވެ.

އެ މެސެޖަށް ރައްދު ދެއްވީ ރައީސްގެ ސޯލިހުގެ ފެކްޝަންގައި ހުންނެވި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. އެގޮތުން، 2008 ގައި ނަޝީދާ އެކު ހެއްދެވި ކޯލިޝަނުގެ "ހަނދާންތައް" ގާސިމްގެ ހުންނެވި ކަމަށާއި، އެއީ ގާސިމަށް ހިތި ތަޖުރިބާއެއްގެ ގޮތުގައި ޝަރީފް ސިފަކުރެއްވި އެވެ.

"ޝަރީފަށް އަދި ވަރަށް ކުޑަ މިންވަރެއް އެނގިލައްވާނީ. ގާސިމްއެއް ނާރާނެ. 100 ޕަސެންޓު ޔަގީން،" ނަޝީދު ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން ރައީސް އިބޫއަށް އޮޅުވާލައި ވާވެއްދީ. ތިޔަ ބޭފުޅުން ސަނާ ކިޔަސް މީހުން ދެކޭ ގޮތް ވަރަށް ތަފާތު. އަދި، މިއީ ގާސިމްގެ ރަނުގެ ފުރުސަތު."

ރައްޔިތުންގެ މަޖިލިސް ހުޅުވި ދުވަހު ރައީސް ސޯލިހާ، ގާސިމް ސަލާމް ކުރައްވަނީ. މިއީ ކޯލިޝަނެއްގައި މިހާ ގިނަ ދުވަހު ޖޭޕީ ހަރަކާތްތެރިވާ ކޯލިޝަން ސަރުކާރު ---ފޮޓޯ: މަޖިލިސް އިދާރާ
ރައްޔިތުންގެ މަޖިލިސް ހުޅުވި ދުވަހު ރައީސް ސޯލިހާ، ގާސިމް ސަލާމް ކުރައްވަނީ. މިއީ ކޯލިޝަނެއްގައި މިހާ ގިނަ ދުވަހު ޖޭޕީ ހަރަކާތްތެރިވާ ކޯލިޝަން ސަރުކާރު ---ފޮޓޯ: މަޖިލިސް އިދާރާ

ރައްޔިތުންގެ މަޖިލިސް ހުޅުވި ދުވަހު ރައީސް ސޯލިހާ، ގާސިމް ސަލާމް ކުރައްވަނީ. މިއީ ކޯލިޝަނެއްގައި މިހާ ގިނަ ދުވަހު ޖޭޕީ ހަރަކާތްތެރިވާ ކޯލިޝަން ސަރުކާރު ---ފޮޓޯ: މަޖިލިސް އިދާރާ

ރިޔާސީ އިންތިހާބަށް ކޯލިޝަނަކާ އެކު ނުކުތުމުގެ ވިސްނުން ރައީސް ސޯލިހު ގެންގުޅުއްވާއިރު އެކަމާ ނަޝީދު ދެކޮޅެވެ. އަދި، ގެންދަވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އެމްޑީޕީގެ އެތެރޭގައި ހަރަކާތެއް ހިންގަވަމުންނެވެ. އެ ހަރަކާތުގެ އަމާޒަކީ ގޮފިތަކެއް ހަދައި، އެ ގޮފިތަކަށް 50،000 މެމްބަރުން ހަމަކޮށް، އާދަޔާ ހިލާފު ކޮންގްރެސްއަކަށް ގޮވާލައި، އެމްޑީޕީން ތާއިދުކުރާނެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމެވެ.

"ޝަރީފް ތިޔަ ބޭފުޅުންނަށް ލިބޭނެ އިތުރު ވޯޓެއް ނެތް. ގިނަވެގެން 30،000. އަޅުގަނޑު ޕްރައިމަރީގައި ބުނިން އިބޫއަށް ލިބޭނެ ކަމަށް ފެންނަނީ 10-15 ޕަސެންޓު،" އިތުރު މެސެޖެއްގައިނަޝީދު ވިދާޅުވެފައިވެ އެވެ.

ކޯލިޝަނަކާ އެކު ރިޔާސީ އިންތިހާބަށް ނުކުންނަވާ ނަމަ ރައީސް ސޯލިހަށް މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމްގެ ތާއީދު މުހިންމުވާނެ އެވެ. ނަޝީދުގެ މި މެސެޖުތަކާ ގުޅިގެން ގާސިމްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތްތައް ކާމިޔާބުވެފައެއް ނުވެ އެވެ.

ފެބްރުއަރީ 24 ގައި ޖޭޕީގެ ކޮންގްރެސް ބާއްވާނެ އެވެ. ރައީސް ސޯލިހުގެ ކޯލިޝަނުގައި ހިމެނިގެން އިންތިހާބަށް ނުކުތުމާ މެދު އެ ދުވަހު ގޮތެއް ނިންމާނެ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ކުރިމަތިވި އިރު އެ ޕާޓީގެ ލީޑަރު ޖަލު ބަންދުގައި ހުރުމާއެކު ޖޭޕީއިން ރިޔާސީ އިންތިހާބަށް ނުކުތީ އެމްޑީޕީއާއެކު ހެދި ކޯލިޝަނުގަ އެވެ.

ޖޭޕީން މީގެ ކުރިން 2008 އަދި 2013 ގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރި އެވެ. އެ ދެ އަހަރު ވެސް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއްވީ ގާސިމެވެ. 2008 ވަނަ އަހަރު ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 15 ޕަސެންޓެވެ. 2013 ގައި ގާސިމަށް ލިބުނީ ވޯޓުލީ މީހުންގެ 24 ޕަސެންޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox