ޔުނައިޓެޑް ގަންނަން 5.5 ބިލިއަން ޑޮލަރު ހޭދަކުރަން ގަތަރުގެ އިންވެސްޓަރުން ތައްޔާރު!

Feb 9, 2023, 7:22 AM
މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފޯޑްގެ މަތިން ނަގާފައިވާ ފޮޓޯއެއް.

މެންޗެސްޓާ ޔުނައިޓެޑްގެ ދަނޑު އޯލްޑް ޓްރެފޯޑްގެ މަތިން ނަގާފައިވާ ފޮޓޯއެއް.

ލަންޑަން (ފެބްރުއަރީ 9) - އިނގިރޭސި ގަދަބާރު، މެންޗެސްޓާ ޔުނައިޓެޑް ގަންނަން ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އަލް ތާނީ ބޭނުންފުޅުވާ ކަމަށާއި، މި ކަމަށް 4.5 ބިލިއަން ޕައުންޑް (5.5 ބިލިއަން ޑޮލަރު) ހޭދަކުރަން ތައްޔާރަށް ހުންނެވި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ގަތަރުގެ ޝާހީ އާއިލާ އިން ޔުނައިޓެޑް ގަންނަން މަސައްކަތްކުރާ ވާހަކަ ފެންމަތިވެފައި މި ވަނީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ކުލަބު ވިއްކާލުމުގެ ވިސްނުން ގެންގުޅެމުން އަންނަ ކަމަށް އެ ކްލަބްގެ މިހާރުގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާސް އާއިލާ އިން ބުނެފައިވަނި ކޮށެވެ. އެމެރިކާގެ ބިލިއަނަރުން ޔުނައިޓެޑް 2005 ވަނަ އަހަރު ގަތީ 1.1 ބިލިއަން ޕައުންޑް (1.3 ބިލިއަން ޑޮލަރު) އަށެވެ.

ގްލޭޒާސް އިން ޔުނައިޓެޑް ވިއްކާލުމާއި ގުޅޭގޮތުން ވާހަކަތައް ދެކެވެން ފަށާފައިވަނީ ފަހަކަށް އައިސް ކުލަބުގެ މާލީ ހާލަތު ދަށްވެ ކުލަބުގެ ދަރަނިތައް މަދުކުރުމަށް ބޯޑުން އިރުޝާދުދެމުން ދިޔަ ދަނޑިވަޅެއްގަ އެވެ. ޔުނައިޓެޑް ވިއްކާލުމާ ގުޅޭގޮތުން ކޯޗު އެރިކް ޓެން ހާގް ބުނެފައިވަނީ މި ވަގުތު ކުލަބަށް އެންމެ ރަނގަޅު ގޮތަކީ ވެސް އާ ބަޔަކު ކުލަބާ ހަވާލުވުން ކަމަށެވެ.

މެންޗެސްޓާ ޔުނައިޓެޑް ގަތުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން އަންނަނިކޮށް އެންމެ ފަހުން މި ރޭހަށް ވަނީ ގަތަރުގެ އިންވެސްޓަރުންނެވެ. ގަތަރުގެ އަމީރުގެ އެންގެވުމަށް ޔުނައިޓެޑް ގަންނަން 4.5 ބިލިއަން ޕައުންޑް (5.5 ބިލިއަން ޑޮލަރު) ހޭދަކުރަން އިންވެސްޓަރުން ތައްޔާރަށް އޮތްކަމަށް މީޑިއާ ރިޕޯތްތައް ބުނެ އެވެ.

މިވަރުގެ ބޮޑު އަގެއް ގަތަރުން ހުށަހަޅައިފިނަމަ މިހާތަނަށް ޔުނައިޓެޑް ގަންނަން ވިސްނަމުންދިޔަ ހުރިހާ އެންމެން އެ ވިސްނުން ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ މާލީ ގޮތުން ގަތަރުގެ އިންވެސްޓަރުންނާ ވާދަކުރެވޭ ފެންވަރު ނެތުމެވެ.

ގަތަރުގެ އަމީރު ޝެއިހް ތަމީމް ކިތަންމެ ބޭނުންފުޅު ވިޔަސް ޔުނައިޓެޑް ގަތުމުގައި ގަތަރުގެ އިންވެސްޓަރުންނަށް ގޮންޖެހުންތައް އެބަހުއްޓެވެ. އެންމެ ބޮޑު މައްސަލައަކީ ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ)ގެ ގަވާއިދެވެ.

ގަތަރުން ޔުނައިޓެޑް ގަނެފި ނަމަ އެކުލަބަށް ޗެމްޕިއަންސް ލީގުގައި ނުކުޅެވޭނެ އެވެ. ޔުއެފާގެ ގަވާއިދު ބުނާ ގޮތުން އެއް ބަޔަކު ހިންގަމުން އަންނަ ދެ ކުލަބަކަށް އެ މުބާރާތުގައި ނުކުޅެވޭނެ އެވެ. ސަބަބަކީ ދެ ޓީމު އެއް ޓީމް އަނެއް ޓީމާ ދެކޮޅަށް ކުޅެން ޖެހިދާނެތީ އެވެ.

މި ވަގުތު ގަތަރުގެ އިންވެސްޓަރުން ހިންގަމުން އަންނަ އެއް ކުލަބަކީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެވެ. ޗެމްޕިއަންސް ލީގަކީ ޕީއެސްޖީ އިން ހާއްސަ އިސްކަމެއް ދީގެން ތައްޔާރުވަމުން އަންނަ މުބާރާތެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ގަތަރުގެ އޮފިޝަލުން އަންނަނީ ޔުއެފާގެ ގަވާއިދުގައި ހިމެނޭ އެ މާއްދާ ބަދަލުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރަމުންނެވެ. އެކަން ނުކުރެވުނަސް ޔުނައިޓެޑަށް ޗެމްޕިއަންސް ލީގުގައި ކުޅެވޭނެ އުސޫލެއް އޮތްތޯ ބަލައި، އެކަމަށް ހައްލެއް ހޯދަން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގްލޭޒާސް އިން ޔުނައިޓެޑް ވިއްކާލަން ބޭނުންވަނީ ހަ ބިލިއަން ޑޮލަރަށެވެ. އެވަރުގެ އަގެއްދޭން ވެސް ގަތަރުގެ އަމީރު ހުންނެވީ ތައްޔާރަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ޔުނައިޓެޑް ގަތުމުގައި ގަތަރުގެ އިންވެސްޓަރުންނާ ވާދަކުރަން ހުރީ އިނގިރޭސިވިލާތުގެ އެންމެ ބޮޑު އެއް ބިލިއަނަރު ކަމަށްވާ ސާ ޖިމް ރެޗް ކްލިފެވެ. އޭނާ ވަނީ ޔުނައިޓެޑު ގަތުމަށް ގްލޭޒާސް އާއިލާއާ މިހާރު ވެސް މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިޔެކިޔުންތައް ދޭން ޔުއެފާ އިން އިންފަންޓީނޯ އަށް މުހުލަތެއް

ފީފާގެ ލީޑަޝިޕާ ގުޅޭ މައްސަލަ ބޮޑުވެފައިވާ ލިޔެކިޔުންތައް އާންމުކުރުމަށް ޔުއެފާ އިން ފީފާގެ ރައީސް އިންފަންޓީނޯ އަށް ދެ ހަފްތާގެ މުހުލަތެއް ދީ، އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅައިފިއެވެ. މީގެ ތެރޭގައި ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލުމުގެ މުއާމަލާތްތަކާއި، ބައެއް އެވޯޑްތައް ދިނުމުގައި އަމަލުކުރި ގޮތުގެ ތަފްސީލު ހޯދުމަށް ޔުއެފާ އިން ވަނީ ގޮވާލާފައެވެ.

ރޮނާލްޑޯ އަށް 30 ދުވަހުގެ ސަސްޕެންޝަނަކާއި ޖޫރިމަނާއެއް

ޕޯޗުގަލް ގައުމީ ޓީމުގެ ކޭމްޕް އަމިއްލައަށް ދޫކޮށްދިޔަ މައްސަލައިގައި، ކްރިސްޓިއާނޯ ރޮނާލްޑޯ، 30 ދުވަހަށް ސަސްޕެންޑްކޮށް 285 ޑޮލަރުން ޖޫރިމަނާކުރުމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފައި. ނަމަވެސް މި ސަސްޕެންޝަނުގެ ސަބަބުން އަންނަ މަހު އޮންނަ ބައިނަލްއަގުވާމީ މެޗުތަކުގައި އޭނާ ކުޅުމަކަށް ހުރަހެއް ނެތް ކަމަށް ބެލެވޭ

ފިނޮޅު ކައިރިން ވެލާ އިން ތަފާތު ބޮޑުކޮށް ނަތީޖާ އަނބުރާލައިފި

ރިސޯޓް ސުޕަ ލީގުގައި ވެލާ ޕްރައިވެޓް އައިލެންޑުން ފިނޮޅު އަތުން 10-1 ގެ ބޮޑު ތަފާތަކުން މޮޅުވެ، 12-4 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިފި. މީގެ އިތުރުން ސަން ސިޔާމް އޮޅުވެލި ވެސް ވަނީ ބަރޮސް ބަލިކޮށް ކުރިހޯދާފައިވާއިރު، މުބާރާތުގެ ފައިނަލަށް ސީދާ ހޮވޭނީ އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމު

ދިވެހި ޕްރިމިއާ ލީގުގެ ފެންވަރަށް ރަނގަޅު ބަދަލު އާދޭ: ޓްރުޗާ

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ 10 ޓީމުން ވެސް ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާތީ ލީގުގެ ފެންވަރު މަތިވަމުން އަންނަކަން މާޒިޔާގެ ކޯޗު ޓްރުޗާ ފާހަގަކޮށްފި. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންގެ ސަބަބުން ޓީމުތަކުގެ ކުޅުމަށް ކުރިއެރުން ލިބެމުންދާއިރު، ލީގުގެ ފެންވަރު އިތުރަށް ފުރިހަމަވާނީ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ހާޒިރުވެގެން ކަމަށް ބުނި

އިންޑޯ ކޮމްޕްލެކްސްތަކުން ޖާގައިގެ ދަތިތަކަށް ހައްލުލިބޭނެ

ހުޅުމާލެ އާއި ވިލިމާލޭގައި ގާއިމްކުރާ އިންޑޯ ކޮމްޕްލެކްސްތަކުގެ ސަބަބުން ކުޅިވަރު ކުޅޭނެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ. މީގެ އިތުރުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމި، މުބާރާތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވި

ރިވައިވަލް އިން ޔޫރަޕްގެ ތިން މުބާރާތެއްގައި ވާދަކުރަނީ

ބީޑަބްލިއުއެފް އިން ރުހުން ދީފައިވާ ޔޫރަޕްގެ ތިން ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރުމަށް ރިވައިވަލް ސްޕޯޓްސް އާއި ގައުމީ ސްކޮޑުގެ ފަސް ކުޅުންތެރިން ތައްޔާރުވެއްޖެ. މި މަހާއި އަންނަ މަހު ގްރީސް، ހަންގޭރީ އަދި ނޯވޭގައި ބާއްވާ މި މުބާރާތްތަކަކީ ރިވައިވަލް އިން މިއަހަރު ޔޫރަޕްގައި ކުރިއަށްގެންދާ ދެ ވަނަ ޓުއާ

އެމްބާޕޭގެ ދެ ގޯލާ އެކު ރެއާލުން ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭ ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ދެ ގޯލާއެކު 4-1 އިން ސެވިއްޔާ ބަލިކޮށް، ރެއާލް މެޑްރިޑް ތާވަލުގެ ތިން ވަނަ އަށް ޖެހިލައިފި. ރެއާލްގެ އަނެއް ދެ ލަނޑު އާޑާ ގުލާ އާއި ޑިއޮމަންޑޭ ޖަހައިދިންއިރު، މި މޮޅާއެކު އެޓީމަށް ވަނީ ކުޅުނު ނުވަ މެޗުން 21 ޕޮއިންޓް ލިބިފައި.

Newsletter

Get the latest news delivered straight to your inbox