އޯޕެންއޭއައިގެ ޗެޓްޖީޕީޓީއާ ވާދަކުރަން ގޫގުލްގެ ޗެޓްބޮޓް "ބާޑް"

ގޫގުލްގެ އަމާޒަކީ ދުނިޔޭގެ އިލްމާ ގޫގުލް އިން ބޭނުންކުރާ ލެންގުއޭޖް މޮޑެލްތަކުގެ ބާރާއި އުފެއްދުންތެރިކަމާއި ގުޅުވާލުން

ގޫގުލްގެ އަމާޒަކީ ދުނިޔޭގެ އިލްމާ ގޫގުލް އިން ބޭނުންކުރާ ލެންގުއޭޖް މޮޑެލްތަކުގެ ބާރާއި އުފެއްދުންތެރިކަމާއި ގުޅުވާލުން

ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޗެޓްބޮޓް "ބާޑް" ލޯންޗްކުރުމަށް ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ.

ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ ކުރި ބްލޮގް ޕޯސްޓެއްގައި ބާޑްގެ ޓެސްޓު ކުރުންތައް މިހާރު ކުރިޔަށް ދާ ކަމަށް ވަނީ ބުނެފަ އެވެ. އަދި ފާޑު ކިޔުންތައް ބަލާ އިތުރަށް ފުރިހަމަކުރުމަށް ފަހު ކުރިއަށް އޮތް ހަފްތާތަކުގައި އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ލޯންޗްކުރެވޭނެކަމަށް ބުނެފައިވެ އެވެ.

ބާޑްގައި ބޭނުންކުރާނީ މީގެ ދެއަހަރުކުރިން ގޫގުލް އިން ލޯންޗް ކުރި ލެންގުއޭޖް މޮޑެލް، ލެންގުއޭޖް މޮޑެލް ފޯ ޑަޔަލޮގް އެޕްލިކޭޝަންސް (ލަމްޑާ) އެވެ.

ޕިޗާއީ ބުނެފައިވަނީ ގޫގުލްގެ އަމާޒަކީ ދުނިޔޭގެ އިލްމާ ގޫގުލް އިން ބޭނުންކުރާ ލެންގުއޭޖް މޮޑެލްތަކުގެ ބާރާއި އުފެއްދުންތެރިކަމާއި ގުޅުވާލުން ކަމަށެވެ.

އަދި ބާޑްގެ ޖަވާބުތައް ބިނާ ވާނީ އިންޓަނެޓްގައި ހުރި މައުލޫމާތު ތަކުގެ އިތުރުން މީހުން ދޭ ޖަވާބުތަކުގެ މައްޗަށް ކަމަށް ވެސް ޕިޗާއީ ބުނެފައިވެ އެވެ. ނަމަވެސް ނަހަމަގޮތުގައި ބާޑް ބޭނުންކުރުމުގެ ފުރުސަތު ގޫގުލް އިން ވީހާވެސް ހަނިކުރާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

ޕިޗާއި ބުނެފައިވަނީ ގޫގުލްގެ ޗެޓްބޮޓް ޑިޒައިންކުރެވިފައިވަނީ ވީހާވެސް ގިނަބަޔަކަށް އެއްފަހަރާ ބޭނުންކުރެވޭ ގޮތަށް "ލައިޓްވެއިޓް" ކޮށް ކަމަށެވެ.

ގޫގުލް އިން ޗެޓްބޮޓެއް އިއުލާންކޮށްފައިވާ އިރު، މައިކްރޯސޮފްޓް އިން ވަނީ ދާދިފަހުން ދުނިޔޭގައި މަގުބޫލުވި ޗެޓްބޮޓް "ޗެޓްޖީޕީޓީ" 10 ބިލިއަން ޑޮލަރަށް ގަނެފަ އެވެ.

ޗެޓްޖީޕީޓީ އިން ވަނީ ދެ މަސް ތެރޭ 100 މިލިއަން ޔޫޒާސް ހަމަކޮށް އެންމެ އަވަހަށް މި އަދަދު ހަމަކުރި އެޕްގެ މަގާމު ހޯދައިފަ އެވެ.

ޗެޓްބޮޓުތަކަށް މީހުންގެ ސަމާލުކަން ލިބެމުންދާ މިވަގުތުގައި އިތުރު ކުންފުނިތަކުން ވެސް އަންނަނީ އެފަދަ ފީޗާއެއް އެކުންފުނި ތަކުގެ ޕްލެޓްފޯމްއަށް އިންޓަގްރޭޓް ކުރެވޭނެ ގޮތްތައް ހޯދަމުންނެވެ. އެގޮތުން، ފޭސްބުކް ހިންގާ މެޓަ ކުންފުނިން ވެސް ވަނީ ޗެޓްބޮޓަށް ބޭނުންވާ ކޮންޓެންޓް ހޯދުމަށް ބަޒްފީޑް ނިއުސް އާ އެކީ 10 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ.

ހަމައެޔާއެކު ޗެޓްބޮޓްތަކުން ލިބޭ ފައިދާތަކާ މެދު ބައެއް ފަރާތްތަކުން ދަނީ ބަހުސް ވެސް ކުރަމުންނެވެ. އެގޮތުން ބައެއް ތައުލީމީ އިންސްޓިޓިއުޓްތަކުން ދަނީ މިފަދަ ޕްލެޓްފޯމްތަކުގެ ސަބަބުން ދަރިވަރުންނަށް ހަވާލުކުރެވޭ ޕްރޮޖެކްޓްތައް، މަސައްކަތެއް ނުކޮށް ނިންމާލެވޭނެ ކަމަށް ބުނެ އެކަމުގެ ސަބަބުން ދަރިވަރުންގެ ތައުލީމަށް އެޅޭނެ ހުރަސްތަކާއި މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox