މިދިޔަ އަހަރަށް ވުރެ ދިވެހި އެތުލީޓުންގެ ނަތީޖާތަށް މި ފަހަރު ރަނގަޅުވާނެ: ސައްތާރު

Feb 3, 2023, 4:49 AM
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެމްއޯސީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ފާއިތުވި އަހަރުގައި ރާއްޖޭގެ ކުޅިވަރު އެތުލީޓުން ބައިނަލްއަގުވާމީ މައިދާނުގައި ނެރުނު ނަތީޖާތަކަށް ވުރެ، މި ފަހަރުގެ ނަތީޖާތައް ރަނގަޅުވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.

ރާއްޖޭން މި އަހަރު ބައިނަލްއަގުވާމީ ފަސް ގޭމްސްއެއްގައި ވާދަކުރާނެ އެވެ. އޭގެ ތެރެއިން އެއް ގޭމްސް އަކީ ސެޕްޓެމްބަރު 23 އިން އޮކްޓޫބަރު 8 އަށް ޗައިނާގެ ހަންގްޒޫގައި ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސް އެވެ. މިއީ މިދިޔަ އަހަރު، ބާއްވަން ނިންމި، ގޭމްސް އެއް ނަމަވެސް ޗައިނާގައި ކޮވިޑް-19ގެ ހާލަތު އޮތްގޮތުން މި އަހަރަށް ފަސްކުރީ އެވެ.

މި އަހަރުގެ އޭޝިއަން ގޭމްސް ޕްރޮމޯޓްކުރަން ބާއްވާ "ފަން ރަން"އާ ގުޅޭ ކަންތައްތައް ހިއްސާ ކުރަން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައްތާރު ވިދާޅުވީ ރާއްޖޭން މި އަންނަނީ ހަންގްޒޫގައި މި އަހަރު ސެޕްޓެމްބަރު މަހު ބާއްވާ އޭޝިއަން ގޭމްސް އަށް ތައްޔާރުވަމުން ކަމަށެވެ. އަދި އުންމީދު ކުރަނީ ރާއްޖޭން މިހާތަނަށް ގޭމްސް އެއްގައި ވާދަކުރާ ދެ ވަނަ އަށް އެންމެ ބޮޑު ކޮންޓިންޖެންޓަކާ އެކު މި ފަހަރުގެ އޭޝިއަން ގޭމްސް އަށް ދިއުން ކަމަށް ސައްތާރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

"މި ވަގުތަށް ލިބިފައިވާ މައުލޫމާތަށް ބަލާނަމަ ރާއްޖޭން މި ބަލަނީ 11 ކުޅިވަރަކުން ހަންގްޒޫ ގޭމްސްގައި ވާދަކުރަން. އުންމީދު މިކުރަނީ އެކި ކުޅިވަރުތަކުން 200 އަށް ވުރެ، ގިނަ އެތުލީޓުން މި ފަހަރު ފެންނާނެ ކަމަށް،" ސްވިމިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން އަންނަ ސައްތާރު ވިދާޅުވި އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސައްތާރު ވާހަކަ ދައްކަަވަނީ.--- ފޮޓޯ:މުހައްމަދު ޝާބިން/ އަދަދު

"ރަނގަޅު ތައްޔާރީތަކާ އެކު މި ފަހަރުގެ ގޭމްސްގައި ރާއްޖެ އަށް ކުރިއެރުން ލިބޭނެ ކަމުގެ އުންމީދު އެބައޮތް. ޔަގީނުން ވެސް ކުރިއަށް ވުރެ ރަނގަޅަށް ތައްޔާރީގެ ކަންކަން އެބަދޭ. މިހާރު އަހަރެމެންގެ ފެސިލިޓީތައް ވެސް ރަނގަޅުވަމުން މި އަންނަނީ އަމިއްލަ ގައުމުގައި ވެސް މި ހުރި ކަންކަމަށް ބަލާއިރު، ނަތީޖާތަކުން ކުރިއެރުން ފެންނާނެ ކަމުގެ އުންމީދު މި އަހަރު ވެސް އެބައޮތް،"

އޭޝިއަން ގޭމްސްގެ އިތުރުން ދެން ރާއްޖޭން ވާދަކުރާ ގޮތަށް ހަމަޖެހިފައިވަނީ ކޮމަންވެލްތު ޔޫތު ގޭމްސް، އެނޮކް ވޯލްޑް ބީޗް ގޭމްސް، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަދި އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސް އެވެ.

ސައްތާރު ވިދާޅުވީ، ހަންގްޒޫ އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރަން ގިނަ އިވެންޓްތަކެއް ރޭވިގެންދާއިރު، މާދަމާ ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި ބޭއްވޭ "ފަން ރަން" އަކީ މީގެ ތެރެއިން ހާއްސަ އިވެންޓެއް ކަމަށެވެ.

މިއީ އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާ (އޯސީއޭ)ގެ ބައިވެރިވުމާ އެކު ބޭއްވޭ ރަސްމީ އިވެންޓަކަށް ވުމާ އެކު މި "ފަން ރަން"ގެ މުހިންމުކަން ވެސް ބޮޑު ކަމަށާއި ގިނަ ބައެއްގެ ބައިވެރިވުން މުހިންމު ކަމަށް ސައްތާރު ފާހަގަކުރެއްވި އެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކުގައި މާދަމާ ހެނދުނު ފަށާ މި ފަން ރަންގައި ޗައިނާގެ ސަފީރު ވަންގް ލިޝިންގް އާއި ޗައިނާ އެމްބަސީގެ އެކި މެމްބަރުންނާ އެކު، ރާއްޖޭގެ ގައުމީ ކުޅިވަރު އެސޯސިއޭޝަނުން ވެސް އެކި ފަރާތްތައް ބައިވެރިވާނެ އެެވެ. އަދި އޭގެ އިތުރުން ސްކޫލް ކުދިންނާއި ލޯކަލް ޗައިނާ ކުންފުނިތަކުގެ މީހުންނާއި އާންމުން ވެސް ބައިވެރިވާނެ އެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން މައުލޫމާތު ދޭ ގޮތުގައި ޖުމްލަ ތިން ކިލޯމީޓަރުގެ މި ދުވުމުގައި 700 އެއްހާ މީހުން ބައިވެރިވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox