ވިނަރެސް ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި

ވިނަރެސް ފްލެޓް؛ ފްލެޓް ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މުރާޖައާ ކުރުމަށްފަހު މިއަދު ވަނީ އަލުން އާންމުކޮށްފައި -- ފޮޓޯ: އަދަދު

ވިނަރެސް ފްލެޓް؛ ފްލެޓް ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މުރާޖައާ ކުރުމަށްފަހު މިއަދު ވަނީ އަލުން އާންމުކޮށްފައި -- ފޮޓޯ: އަދަދު

ވިނަރެސް ފްލެޓްތައް ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މުރާޖައާ ކުރުމަށްފަހު ދާއިމީ ލިސްޓު އާންމުކޮށްފި އެވެ.

އެ ފްލެޓްތައް ގަތުމަށް ޝަރުތު ހަމަވާ މީހުންގެ ވަގުތީ ލިސްޓު އެންމެ ފުރަތަމަ އާންމުކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. އެ ލިސްޓަށް ހުށަހެޅި ޝަކުވާތައް ހައުސިން މިނިސްޓްރީން ބެލުމަށްފަހު، ލިސްޓު މުރާޖައާކޮށް އާންމުކުރީ މިއަދެވެ.

މުރާޖައާކުރި ލިސްޓާއެކު އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ، މިހާރު ޝާއިއުކޮށްފައިވާ ލިސްޓުގައި ސީލައިފް، ހިޔާ، އަދި ގުޅީފަޅު ކެޓަގަރީގެ އެއްވެސް ފަރާތެއް ނުހިމެނޭނެ ކަމަށެވެ. އަދި މައި-އެޕްލިކަންޓް އަދި ކޯ-އެޕްލިކަންޓްގެ ގޮތުގައި އެއް ފޯމަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ކުރިއަށް ދެވޭނީ ކޮންމެވެސް އެއް ފޯމަކާ އެކު ކަމަށެވެ.

އެޗްޑީސީން ބުނީ ދެމަފިރިން ވަކިން ފޯމު ހުށަހަޅާފައިވީ ނަމަވެސް އެފަދަ ފަރާތްތަކަށް ވެސް ދެވޭނީ އެންމެ ފްލެޓެއް ގަތުމުގެ ފުރުސަތު ކަމަށެވެ. އެހެންކަމުން އެކަން ހައްލު ކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީން ބުނީ ވިނަރެސް މަޝްރޫއިން އެޕާޓްމަންޓް ގަތުމުގެ ދެން ކުރިއަށް އޮތް މަރުހަލާއަކީ އަލަށް ޝަރުތު ހަމަވެފައިވާ މީހުންގެ މާލީ ގާބިލިއްޔަތުކަން ކަށަވަރު ކުރުމަށް ބޭނުންވާ ލިޔެކިއުން ހަމަކުރުމުގެ މަރުހަލާ ކަމަށެވެ.

އަދި، އެ މަރުހަލާ ނިމުމުން ބުކިން ފީ ނެގުމާއި އެޕާޓްމަންޓް އިހްތިޔާރު ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.

އެޗްޑީސީން ބުނީ، ލީސް-ޓު-އޯނަ އަދި ފުލް ޕޭމަންޓް މޮޑެލް ހިޔާރުކުރި މީހުންގެ މާލީ ގާބިލިއްޔަތުކަން ހުރި މިންވަރު ކަށަވަރު ކުރުމަށް ތިން ވަނަ ފަރާތެއް މެދުވެރިކޮށް އިވެލުއޭޝަން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ މީހުންނަށް އެޕާޓްމަންޓް ކަށަވަރުވާނީ ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބެލުމަށްފަހު، އުސޫލުތަކާ އެއްގޮތަށް މާލީ ގާބިލުކަން ފުރިހަމަވާ ކަމަށް ތިން ވަނަ ފަރާތުގެ އިވެލުއޭޝަނުން ނިންމުމުން ކަމަށެވެ.

އޭގެ އިތުރުން އެޗްޑީސީން ބުނީ ޔޫޒާ މޮޑެލް ހިޔާރު ކުރި މީހުންގެ ބުކިން ދީ ދައްކާ، އެޕާޓްމަންޓް އިހްތިޔާރު ކުރުމުގެ މަރުހަލާ ނިމުމުން މާލީ އިދާރާތަކަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހިއްސާކުރާނެ ކަމަށެވެ.

އަދި، މި މޮޑެލް ހިޔާރު ކުރި މީހުންނަށް އެޕާޓްމަންޓް ކަށަވަރު ވާނީ މާލީ އިދާރާއަކުން ލޯނު ހަމަޖެހުނު ކަމުގެ އެޗްޑީސީއަށް ހުށަހެޅުމުން ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox