ޕްރައިމަރީއާ މެދު ނަޝީދުގެ ބަސް؛ 'ހޮވުނު ކެންޑިޑޭޓާ އެކު 2023 ކާމިޔާބެއް ނުވާނެ'

ރައީސް ނަޝީދު؛ ޕްރައިމަރީގައި އާންމު މެމްބަރުން ނިންމި ނިންމުން ގޯސް ކަމަށް ވިދާޅުވި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައީސް ނަޝީދު؛ ޕްރައިމަރީގައި އާންމު މެމްބަރުން ނިންމި ނިންމުން ގޯސް ކަމަށް ވިދާޅުވި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީން ހޮވާފައި ވަނީ އެ ޕާޓީއަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކެންޑިޑޭޓެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީން ނާކާމިޔާބުވެ ވަޑައިގެންނެވުމަށްފަހު ފުރަތަމަ ފަހަރަށް މީޑިއާގެ ކުރިމައްޗަށް ނިކުމެވަޑައިގެން ނަޝީދު ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ޕްރައިމަރީން ނިންމާފައިވާ ނިންމުމަކީ އެމްޑީޕީއަށް މޮޅުވެވޭ ގޮތަކަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި އެމްޑީޕީއަށް މޮޅުވެ ވޭގޮތަކަށް ނިންމާފައި އޮތް ރިޔާސީ ޕްރައިމަރީއެއް ނޫން، މިވަގުތު އަޅުގަނޑުމެން އަތުގައި ނަތީޖާ މިއޮތީ،" އަމާޒަކީ ޕާޓީއަށް ރަނގަޅު ގޮތް ވުންކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވާނީ ޕާޓީ މޮޅުވާނެ ގޮތަށް ކަމަށާއި، މި އަހަރުގެ ރިޔާސީ އިންތިހާބު އެއީ އެމްޑީޕީއަށް ގެއްލޭ އެއްޗަކަށް ހެދޭކަށް ނެތް ކަމަށެވެ. އަދި، ގެއްލިދިއުމަށްވުރެ މިއަހަރުގެ އިންތިހާބަކީ މާ މުހިންމު އިންތިހާބެއް ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދު މެންދުރު ފަހު ކެމްޕެއިނު ޓީމުތަކާ ބައްދަލުކުރައްވައި ނަޝީދު ދެއްކެވި ވާހަކަފުޅުގައި ނަޝީދު ވިދާޅުވީ އެމްޑީޕީއިން އެމަނިކުފާނު ވަކިނުވާނެ ކަމަށާއި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން ކަމަށެވެ.

"އަޅުގަނޑު ދަންނަ ސިޔާސީ މަސައްކަތް ހިނގަނީ އިންތިޒާމް ވެގެން، އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީ، އެމްޑީޕީ އެކަނި އަޅުގަނޑު ދަންނަނީ އަދި އަޅުގަނޑު ދެކޭ ގޮތުގައި އެއީ ރޫޅޭނެ ޕާޓީއެއް ވެސް ނޫން، އަދި ބަލިވާނެ ޕާޓީއެއް ވެސް ނޫން، އެއީ ގަދަ ޕާޓީއެއް،" ނަޝީދު ވިދާޅުވި އެވެ.

ވަކިން ގޮތްޕެއް ހެދުމަށް ޕާޓީގެ ގަވާއިދު ޖާގަ ނުދޭ ކަމަށް ފައްޔާޒް ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ "ފިކުރެއްގެ ދިރުން" ގޮފިތަކުގެ މަސައްކަތް ހުއްޓަވާނުލައްވާނެ ކަމަށާއި އެކަން ވާނެ ކަމަށެވެ.

"އެމްޑީޕީ ހަދާފައި އޮތީ ވެސް މީހަކު ޖާގަ ދީގެން ނޫން، އެއީ ހަމަ އަޅުގަނޑުމެން ހަމަ ހެދި ޕާޓީއެއް އެއީ، އަޅުގަނޑުމެންގެ ފިކުރެއްގެ ދިރުން އެމްޑީޕީގެ ތެރޭގައި ހުއްޓުވޭނެ އެއްވެސް ގޮތެއް ނޯންނާނެ، އެއީ އަޅުގަނޑުމެން ހިންގާ އަޅުގަނޑުމެންގެ އަމިއްލަ މަސައްކަތެއް އެއީ،" ނަޝީދު ވިދާޅުވި އެވެ.

އެހެން ނަމަވެސް އެމްޑީޕީގެ އަސާސީ ގަވައިދުގެ 16 ވަނަ މާއްދާގެ ދަށުން ޕާޓީގެ ކެންޑިޑޭޓުންނަށް ތާއިދުކުރުމާއި، ވޯޓު ހޯދައިދޭން މަސައްކަތް ކުރުން އަދި ވޯޓު ދިނުމަކީ މެންބަރެއްގެ ހައިސިއްޔަތުން މަސްއޫލިއްޔަތެކެވެ.

އެކަމާ ގުޅިގެން ނަޝީދު ވިދާޅުވީ، އެއްވެސް ގާނޫނެއްގެ، އެއްވެސް އަސާސީ ގަވައިދެއް، އަދި ގާނޫނުއަސާސީއަށް ވީ ނަމަވެސް ވަކިވަކި މާއްދާތައް އެކަނި ނަގައިގެން ކިޔައިގެން ނުވާނެ ކަމަށެވެ. އަދި ގާނޫނުއަސާސީ ކިޔާއިރުގައި މުޅި ގާނޫނުއަސާސީ ކިޔަން ޖެހޭނެ ކަމަށެވެ.

"އެއީ ގާނޫނީ އާންމު ހަމައެއް. ވަކި މާއްދާއެއް ނަންގަވާފައި ވަކި އެއްޗެއް ބުނާއިރުގައި ވަކި ގޮތަކަށް މާނަ ނެރެވޭނެ" އެމްޑީޕީގެ އަސާސްތަކަކާ ހިލާފު ނުވާނެކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

ހޮނިހިރު ދުވަހުގެ ޕްރައިމަރީ ރައީސް ސޯލިހު ކާމިޔާބުކުރެއްވީ 61 އިންސައްތަ ވޯޓާއެކު އެވެ. ނަޝީދަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އެ އިންތިހާބުގައި 40،000 އަށްވުރެ ގިނަ މެމްބަރުން ވޯޓުލި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox