އައްޑޫއިން ދިން ހޫނު މަރުހަބާއަށްފަހު، ނަޝީދު ވިދާޅުވީ އެ ސިޓީގެ އިގްތިސާދަށް ދިރުން ގެންނަވާނެ ކަމަށް

ސ. ހިތަދޫ ގައި އިއްޔެ ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން: އެތައް ސަތޭކަ ސަޕޯޓަރުންނެއް ޖަމާވި -- އަދަދު ފޮޓޯ އަހުމަދު ސައީދު

ސ. ހިތަދޫ ގައި އިއްޔެ ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދުގެ ސަޕޯޓަރުން: އެތައް ސަތޭކަ ސަޕޯޓަރުންނެއް ޖަމާވި -- އަދަދު ފޮޓޯ އަހުމަދު ސައީދު

ސ. ހިތަދޫ އަށް އިއްޔެ ހަވީރު ވެގެން އައިއިރު، ރީނދޫ ކުލައިގެ ހެދުމާއި ޓީޝާޓުގައި، ނަމްބަރު އެކެއް ޖަހާފައިވާ ބޯޑު ތަކާއި ދިދަ ހިފައިގެން ހިރިޔާ ސްކޫލް ސަރަހައްދަށް އެތައް ސަތޭކަ ބަޔަކު ޖަމާވެފައި ތިބީ ރައީސް މުހައްމަދު ނަޝީދު އަށް އޮތް ސަޕޯޓު ދެއްކުމަށް. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރާ މީހުން ބަނދަރުމައްޗަށް އެއްވެ ތިބީ އޭގެ އިރުކޮޅެއް ކުރިން ބޯކަށް ވެހުނު ވާރެޔާ ތެމިލައިގެނެވެ.

ތިރީސް ހަތް ހާސް މީހުންގެ އާބާދީއެއް އޮތް މި އަތޮޅަކީ ޕްރައިމަރީގެ އިންތިހާބުގައި މާލެ ނަގާފައި ވޯޓުގެ ނަތީޖާ އެންމެ ބޮޑަށް ބަރޯސާ ވާނެ އަތޮޅެވެ. އައްޑޫގެ މުހިންމުކަން އެންމެ ރަނގަޅަށް ވިސްނިވަޑައިގަންނަވާ އެއް ބޭފުޅަކީ ނަޝީދެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އިންތިހާބުގެ ކެމްޕެއިނުގައި ނަޝީދު ދަތުރުކުރައްވާ ފަހު މަންޒިލެއްގެ ގޮތުގައި އައްޑޫ ނެންގެވީ ވެސް އެ ސަބަބައްޓަކައި ކަމަށްވުން ގާތެވެ.

އައްޑޫގައި އިއްޔެ ނަޝީދު ވާހަކަ ދައްކަވަމުން އެ ސިޓީއަށް ބައެއް ކަންކަން ކޮށްދިނުމަށް އެމަނިކުފާނު ވައުދުވި އެވެ.

ރައީސް ނަޝީދުގެ ވައުދުތައް

  • އަންނަ ނޮވެމްބަރު މަހުން ފެށިގެން މަސް ކިލޯ އަކަށް އެންމެ ދަށްވެގެން 25ރ. ކަނޑައެޅުން
  • ގެސްޓް ހައުސް ހަދަން ބޭނުންވާ ފަރާތްތަކަށް ނޮވެމްބަރު މަހު ލުއިލޯނު ދޫކުރުން
  • އައްޑޫ ސަރަހައްދީ ބަނދަރު ސަރަހައްދީ ހަބަކަށް ހެދުން
  • ގަން އިންޓަނެޝަނަލް އެއާޕޯޓުގެ ހިއްސާ އައްޑޫ ސިޓީ ކައުންސިލަށް ބަދަލުކުރުން
  • ލައިޓް އިންޑަސްޓްރިއަލް މަސައްކަތްތަކަށް އައްޑޫ ހުޅުވާލުން
  • ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި ޝަންގްރިއްލާ ވިލިނގިލި ހުޅުވޭނެ ކަމުގެ އުއްމީދު ދެއްވުން

ރައީސް ނަޝީދު ވިދާޅުވީ އައްޑޫގައި ގެސްޓް ހައުސްތައް ހަދަން 84 ބިމެން ދޫކޮށްފައި އޮތް ނަމަވެސް އެ ބިންތައް ނުހެދި އޮތީ ފައިސާ ނެތުމުގެ ސަބަބަބުން ކަމަށާއި އެކަމަށް ބޭނުންވަނީ 15 މިލިއަން ޑޮލަރު ނުވަތަ 250 މިލިއަން ރުފިޔާ ކަމަށެވެ. ނަޝީދު ވިދާޅުވީ މި އަތޮޅުގެ ރައްޔިތުންގެ އާމްދަނީ އިތުރުވާނީ އެތަންތައް ހެދިގެން ޓޫރިސްޓުން ގެނެވިގެން ކަމަށެވެ.

"މުޅި އައްޑޫގެ އިގްތިސާދަށް ދިރުން ގެނައުމަށް އަޅުގަނޑު މި ދަންނަވަނީ ބޭނުންވަނީ 15 މިލިއަން ޑޮލަރޭ. އާދައިގެ ދިވެހި ވިޔަފާރިވެރިއެއްގެ އެކައުންޓުގައި އެބަހުއްޓޭ އެ އަދަދު. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަގީންކަން އަރުވަން އިރާދަ ކުރެެއްވިއްޔާ މި އަހަރުގެ ނޮވެމްބަރު މަހު 85 ގެސްޓްހައުސް ހެދުމަށްޓަކައި ކޮންމެ ގެސްޓްހައުސް އަކަށް ލުއިލޯނު ލިބޭނެ،" ނަޝީދު ވިދާޅުވި އެވެ.

މަސްވެރިކަމާ ބޭހޭ ގޮތުން ވާހަކަ ދައްކަމުން ނަޝީދު ވިދާޅުވީ މަހަށް ރަނގަޅު އަގެއް ނުލިބޭތީ މަސް ދޯނި ފަހަރު ވިއްކަމުން ގެންދާ ކަމަށެވެ. މަހަކު ފަސް ހާސް ރުފިޔާ އާއީ އަށް ހާސް ރުފިޔާ އަށްވުރެ މާ ބޮޑަށް ވެސް ރަނގަޅު އާމްދަނީއެއް މަސްވެރިއަކަށް ލިބެން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް ޔަގީންކަން އަރުވަން އިރާދަކުރެއްވިއްޔާ ނޮވެމްބަރު މަހު މަހުގެ އަގު 25ރ. އަށް ބަހައްޓާނަން،" ނަޝީދު ޔަގީންކަން ދެއްވި އެވެ.

އައްޑޫ އަތޮޅުގެ ވިލިނގިލީ ނުހުޅުވި އޮތުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން، ނަޝީދޫ ވިދާޅުވީ އެ ރިސޯޓް ގަނެފައިވާ ކަމަށް ނަޝީދު އަރިހު ވިޔަފާރިވެރިއަކު ދާދިފަހުން ބުނެފައިވާ ކަމަށެވެ. އަދި އެ ވިޔަފާރިވެރިޔާ މަސައްކަތް ކުރަމުން ގެންދަނީ ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެރަށް ހުޅުވަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އައްޑޫ އަށް ސަރުކާރުން އަޅާ ނުލާކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި އައްޑޫ އަށް އިސްކަން ދެއްވާނެ ކަމަށެވެ. އެމަނިކުފާނުގެ ރަނިންމޭޓަކަށް ހަމަޖައްސަން ނިންމަވާފައިވަނީ ވެސް އައްޑޫ ޒުވާނެކެވެ.

"އެންމެ ސާފުކޮށް އެނގެން އޮތް ހަގީގަތަކީ ރާއްޖޭގެ ތަރައްގީ ހޯދެން އޮތް އިންޖީނަކީ އައްޑޫ ކަން،" ނަޝީދު ވިދާޅުވި އެވެ.

ޖެނުއަރީ 28، ގައި ބާއްވާ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ 57،000 މެމްބަރުންނަށް ވޯޓުލެވޭނެ އެވެ. މިއީ މިފަހުން ޕާޓީގެ އެތެރޭގެ އިންތިހާބެއް މިހާ ވާދަވެރިކޮށް ކުރިއަށްދާ ފުރަތަމަ ފަހަރެވެ. މި ޕްރައިމަރީގައި ނަޝީދާއެކު ވާދަ ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox