ޑރ. މުނައްވަރު ނަޝީދުގެ ކެމްޕޭނާ ގުޅިވަޑައިގެން އައްޑޫއަށް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (ކ)، ޑރ. މުނައްވަރު، އަދި ދިޔާނާ ސައީދު (ވ) އައްޑޫ ގަން އެއާޕޯޓުގައި - ފޮޓޯ: ނަޝީދު ކެމްޕޭން ޓީމް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު (ކ)، ޑރ. މުނައްވަރު، އަދި ދިޔާނާ ސައީދު (ވ) އައްޑޫ ގަން އެއާޕޯޓުގައި - ފޮޓޯ: ނަޝީދު ކެމްޕޭން ޓީމް

އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުނައްވަރު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދުއަށް ތާއިދުކުރައްވައި އެމަނިކުފާނުގެ ކެމްޕޭނާ މިއަދު ގުޅިވަޑައިގެންފި އެވެ.

މީގެ ކުރިން ރާއްޖޭގެ ބަންޑާރަ ނައިބުގެ މަގާމުވެސް ފުރުއްވި ޑރ. މުނައްވަރު ނަޝީދުގެ ކެމްޕޭނާ ގުޅިވަޑައިގެންނެވި އިރު، އެބޭފުޅާއަކީ އެމްޑީޕީގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގައި ނަޝީދުއާ ދެކޮޅަށް ވާދަކުރެއްވި ކެންޑިޑޭޓެކެވެ. އެފަހަރުގެ ޕްރައިމަރީ 68.4 އިންސައްތަ ވޯޓާ އެކު ކާމިޔާބުކުރެއްވީ ނަޝީދެވެ.

ގިނަ ދުވަސްތަކަކަށް ސިޔާސީ މައިދާނުން ނުފެނި ހުންނެވުމަށްފަހު ޑރ. މުނައްވަރު ވަނީ މިދިޔަ އަހަރުގެ ތެރޭގައި ހިނގާދިޔަ ރާއްޖެ އަދި ފޯޅަވަހީގެ ކަނޑުގެ ބޯޑަރު މައްސަލައިގައި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފަ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި ނަޝީދުވެސް ވަނީ އެ މައްސަލައިގައި ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކަށް ފާޑުވިދާޅުވެފަ އެވެ.

ނަޝީދު މިއަދު އައްޑޫއަށް ވަޑައިގެންފާވާއިރު ޑރ. މުނައްވަރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ވެސް ވަނީ ނަޝީދުގެ ކެމްޕޭން ޓީމުގައި ހިމެނެ އެެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މި މަހު 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އައްޑޫއަކީ ނަޝީދުގެ ކެމްޕޭނުގައި ދަތުރުކުރާ ފަހު މަންޒިލެވެ. އެމަނިކުފާނު މިހާރު ވަނީ މި ކެމްޕޭނުގައި ރާއްޖޭގެ ހުރިހާ އަތޮޅަކަށް ދަތުރުކޮށް 70 އަށްވުރެ ގިނަ ރަށަށް ޒިޔާރާތް ކުރައްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox