ސަމާލުވޭ! ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ ގޮތުން މައުލޫމާތު ހޯދަން ހައުސިން މިނިސްޓަރީން ނުގުޅާނެ

ހައުސިން މިނިސްޓަރު، މުހައްމަދު އަސްލަމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ހައުސިން މިނިސްޓަރު، މުހައްމަދު އަސްލަމް ޖަލްސާއެއްގައި ވާހަކަދައްކަވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު

ގެދޮރުވެރިޔާ ސްކީމްއާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ކުރުމަށް ފޯނުން ނުގުޅާނެ ކަމަށާއި މިނިސްޓަރީން ކަމަށް ބުނެ އެކި މައުލޫމާތު ހޯދަން ގުޅާ މީހުންނަށް ސަމާލުވުމަށް ހައުސިން މިނިސްޓަރީން އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓަރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެ މިނިސްޓަރީން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން ކަމަށް ބުނެ، ބައެއް ފަރާތްތަކަށް ގުޅައި ފޯމާއެކު ހުށަހަޅަންޖެހޭ ބައެއް ލިޔެކިޔުންތައް ހުށަނާޅައި ހުރިކަމަށް ވިސްނައިދީގެން މީހުންގެ ޒާތީ މައުލޫމާތު ހޯދަމުންދާ މައްސަލައެއް އެ މިނިސްޓަރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

މިނިސްޓަރީގެ ނަމުގައި ގުޅަމުން ދަނީ 9349119 ނަންބަރުން ކަމަށް އެ އިއުލާނުގައި ވެއެވެ. އަދި އެ ފަރާތަކުން ގުޅާފައި ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅިއިރު، މަދުވާ ކަމަށް ބުނާ ލިޔުންތައް އަލުން ހުށަހެޅުމަށް ބުނާ ކަމަށް އެ މިނިސްޓަރީން ބުންޏެވެ.

Advertisement

އޭގެއިތުރުން ހައުސިން މިނިސްޓަރީގެ ނަމުގައި މީހުންނަށް ގުޅަމުންދާ ނަންބަރަށް ގުޅުމުން ހައުސިން މިނިސްޓަރީގެ ރިސެޕްޝަނަށް ފޯނު ޑައިވާޓު ވާގޮތް ހަދާފައިވާ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އެހެން ނަމަވެސް އެ ސްކީމާ ގުޅޭ ގޮތުން މިހާތަނަށް އެއްވެސް މުއާމަލާތެއް ހައުސިން މިނިސްޓަރީގެ ފަރާތުން އެއްވެސް މީހަކާ ކޮށްފައި ނުވާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ވެސް އެ ސްކީމާ ގުޅިގެން ކުރަންޖެހޭ އެއްވެސް މުއާމަލާތެއް ފޯނު މެދުވެރިކޮށް އެ މިނިސްޓަރީން ނުކުރާނެ ކަމަށް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ސަރުކާރުގެ އެކި ވުޒާރާތަކާއި ބޭންކުތަކުގެ ނަމުގައި މީހުންނަށް ގުޅައި ޒާތީ މައުލޫމާތު އެއްކޮށްގެން ފޭރުމާއި ވައްކަން ކުރުމުގެ ކުށްތައް ވަނީ މިފަހަކަށް އައިސް ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މިފަދަ މައްސަލަތަކަށް އެދެވޭ ވަރުގެ ހައްލެއް މިއަދާ ހަމައަށް ވެސް ހޯދިފައި ނުވާއިރު، އެންމެ ރައްކާތެރި ގޮތަކީ އާންމު ރައްޔިތުން މިފަދަ ފޯނު ކޯލުތަކަށް ސަމާލުވެ ތިބުން ކަމަށް ކަމާބެހޭ މާހިރުން ނަސޭހަތްތެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox