ނަލަންދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރައީސް މިލަންދޫގައި; ނަލަންދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވި -- ފޮޓޯ: އެމްޑީޕީ

ރައީސް މިލަންދޫގައި; ނަލަންދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވި -- ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ އުއްމީދުތަކާ އެއްގޮތަށް ށ. ނަލަންދޫ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ށ. މިލަންދު އަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގެ ރައްޔިތުން އެންމެ ބޭނުންވެފައި ތިބި ދެ މަޝްރޫއުއާ ގުޅޭ އުއްމީދީ މައުލޫމާތުތަކެއް ދެއްވައިފަ އެވެ.

އެއީ ހޮސްޕިޓަލާއި ނަލަންދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއެވެ.

މިލަންދޫގެ ހޮސްޕިޓަލް މަޝްރޫއު ބިޑަށް ހުޅުވާލުމަށް ވަނީ ނިންމައިފަ އެވެ. ކުރީގެ ސަރުކާރުން ކުއްޔަށް ދީފައިވާ ނަލަންދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ނުކުރެވި މަސައްކަތް އޮތީ ހުއްޓިފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ސަރުކާރުން ވިސްނުންތެެރިކަމާއި, ރޭވުންތެރިކަމާ ނުލާ ހަމަ ހުރެފައި ރަށްތައް ކުއްޔަށް ދީފައިވާ ކަމަށެވެ. އެގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނާ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކުން އަދިވެސް އަރައި ނުގަނެވިގެން އުޅެން ޖެހިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ނަލަންދޫ އަށް ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގު ކުރެވިފައިވާ ކަމަށާއި, ދެ ފަރާތުން ވާހަކަ ދެކެވި, ލަސްތަކެއް ނުވެ ރަނގަޅު އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ. މި ސަރުކާރުން ކަން ކުރަނީ ހަމަ ހުރެފައި ނޫން ކަމަށާއި, ހަމަ ހުރެފައި ބަދަލެއް ދިނުމަކާ ނުލާ ރަށް އަތުނުލެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެތަނުގައި [ނަލަންދޫގައި] ކޮށްފައި ހުރި މަސައްކަތުގެ އަގުކޮށްފައި ދޭންޖެހޭ ބަދަލު ދީފައި އެ ރަށް ޓޫރިޒަމަށް ބަދަލު ކުރުން އެއީ އަޅުގަނޑުމެން ކަން ކުރާނެ ގޮތަކީ،" ކުރީ ސަރުކާރުން ވިސްނުންތެރިކަމާ ނުލާކޮށްފައި ހުރި ކަންކަމުގެ ސަބަބުން މި ސަރުކާރުން އެކި ފަރާތްތަަކަށް 30-40 މިލިއަން ޑޮލަރުން ބަދަލު ދޭން ޖެހޭކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ނަލަންދުއަށް އިންވެސްޓް ކުރުމަށް އިންވެސްޓަރުން ވެސް ތައްޔާރަށް ތިބި ކަމަށް ރައީސް ސޯލިހު ފާހަގަ ކުރެއްވެވި އެވެ.

މި ވެރިކަމުގެ ފަސް އަހަރު ނިމިގެންދާއިރު މި ރަށް [ނަލަންދޫ] އޮންނާނީ ޓޫރިޒަމަށް ތައްޔާރުވެފައި

ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައިވާތީ ދޭންޖެހޭ ބަދަލެއް ދޭނެ ކަމަށާއި އެއީ އެއްވެސް ރައްޔިތަކު ބާކީކޮށް, އެކަހެރިކޮށްނުލަން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މިލަންދޫ ދާއިރާގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ މި ސަރުކާރުން އެ ދާއިރާއަށް 236 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އެގޮތުން މިލަންދުއަށް 106 މިލިއަން, ނަރުދުއަށް 30 މިލިއަން އަދި ފީވަކަށް 100 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ފީވަކަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ނުނިމި އޮތީ މޫދަށް އެރޭ ސަރަހައްދެއް ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ވެސް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.

ށ. މިލަންދޫ އެމްޑީޕީ ހަރުގެ; ހުރިހާ ވައުދުތަކެއް ފާރުތަކުގައި ހުރި ޕޯސްތަރުންތަކުން ފެންނާނެހެން އިންތިޒާމު ހަމަޖެއްސި -- ފޮޓޯ: އެމްޑީޕީ
ށ. މިލަންދޫ އެމްޑީޕީ ހަރުގެ; ހުރިހާ ވައުދުތަކެއް ފާރުތަކުގައި ހުރި ޕޯސްތަރުންތަކުން ފެންނާނެހެން އިންތިޒާމު ހަމަޖެއްސި -- ފޮޓޯ: އެމްޑީޕީ

ށ. މިލަންދޫ އެމްޑީޕީ ހަރުގެ; ހުރިހާ ވައުދުތަކެއް ފާރުތަކުގައި ހުރި ޕޯސްތަރުންތަކުން ފެންނާނެހެން އިންތިޒާމު ހަމަޖެއްސި -- ފޮޓޯ: އެމްޑީޕީ

ރައީސް މިއަދު މިލަންދުއަށް ވަޑައިގެންނެވިއިރު, އެ ރަށުގެ އެމްޑީޕީ ހަރުގޭގައި ވަނީ އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ޕްރިންޓުކޮށް ޕޯސްޓަރުތައް ހަރުކޮށްފަ އެވެ. އެ ބޯޑުގައި ކޮންމެ މަޝްރޫއެއް ގޮސްފައިވާ ހިސާބު ފާހަގަކޮށްފައިވާއިރު, އެރަށުގެ ރައްޔިތުން އެންމެ ބޮޑަށް އުއްމީދު ކުރާ ނުނިމިހުރި ދެ މަޝްރޫއުގެ ކުރެހުން ބޮޑުކޮށް ޕޯޑިއަމްގެ ދެ ފަރާތުގައި ހަރުކޮށްފައި ހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއޯޔޫތައް އެއްބަސްވުންތަކަށް ބަދަލުކުރަން ބާރުއަޅުއްވައިފި

ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވެފައިވާ އެމްއޯޔޫތައް ރަސްމީ އެއްބަސްވުންތަކަށް ބަދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ސީދާ ދަތުރުތައް ފެށުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ބާރުއެޅުއްވި. މީގެ އިތުރުން، ވިޔަފާރީގެ ގުޅުން ވަރުގަދަކުރުމަށްޓަކައި ޕާކިސްތާނުގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް ފޮނުއްވުމަށް ނިންމަވާފައިވާކަން ވެސް ޝެހްބާޒް ވިދާޅުވި.

ޑްރަގާއެކު ހައްޔަރުކުރި ތިން ފިލްމީ ތަރިން ދޫކޮށްލައިފި

މަސްތުވާތަކެއްޗާއެކު ވިލިމާލެއިން ހައްޔަރުކުރި ތިން ފިލްމީ ތަރިންނާއި އިތުރު މީހަކު، ތަހުގީގު މަރުހަލާ ނިމުމުން ފުލުހުން ދޫކޮށްލާފައި. މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާއިރު، މީގެ ތެރޭގައި ހިމެނޭ ޝާހިލްއަކީ މީގެ ކުރިންވެސް ބޮޑު ޑްރަގް މައްސަލައެއްގައި ދޫކޮށްލާފައި ހުރި މީހެއް.

ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ޖުމާން ހައްޔަރަށް

ސޯޝަލް މީޑިއާ މެދުވެރިކޮށް ރާއްޖޭގެ ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހައި، ވިޔަފާރިތައް ލޫޓުވުމަށް ހިތްވަރުދިން މައްސަލައެއްގައި އަލީ ޖުމާން ވަނީ ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރުކޮށްފައި.

އެމްޑީޕީގެ މަޖިލިސް މެންބަރުންނަށް ނަޝީދުގެ ނުސީދާ އިންޒާރެއް

ނަޝީދު މިހެން ވިދާޅުވީ ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެންބަރުން މަޖިލީހުގައި ސަރުކާރަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގަ. މިކަމާ ގުޅިގެން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް އުފެދި، ބައެއް ބޭފުޅުން ވަނީ ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފަ.

"ކުރައްވަނީ ސެކިއުލާ ވެރިކަމެއް، އެއީ އިސްލާމީ ވެރިއެއް ނޫން"

ރައީސް މުއިއްޒު ކުރައްވަނީ ސެކިއުލާ ވެރިކަމެއް ކަމަށާއި، އެމަނިކުފާނުގެ އަމަލުފުޅުތައް ހުންނަ ގޮތުން އެއީ އިސްލާމީ ވެރިއެކޭ ނުބުނެވޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވި. ދީދީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މުއިއްޒު އުޅުއްވަނީ ރައްޔިތުންގެ ހާލަތު ބެއްލެވުމުގެ ބަދަލުގައި މުއްސަނދި ދިރިއުޅުމެއް ކަމަށް.

ސަރުކާރުގެ ޑިޖިޓަލް ނިޒާމުތަކުގެ ސެކިއުރިޓީ ވަރުގަދަކުރަނީ

ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖްގައި ހުރި ސައިބާ ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން، ސަރުކާރުގެ ޑިޖިޓަލް ނިޒާމުތައް ވަރުގަދަކޮށް ސެކިއުރިޓީ ޕެޗްތައް އެޅުމުގެ މަސައްކަތް އެމްޑީއެސް އާއި އެންސީއެސްއޭ ގުޅިގެން ވަނީ ފަށާފައި. މި މަސައްކަތުގެ ސަބަބުން ބައެއް ހިދުމަތްތަކަށް ބުރޫއެރުން އެކަށީގެންވާ ކަމަށް އެމްޑީއެސް ބުނޭ.

ރަސްމާލެއިން އެއްބައި ދޭން ނިންމީ ގާނޫނުއަސާސީއާ ހިލާފަށް: ދީދީ

ރަސްމާލެއިން ބައެއް އީގަލް ހިލްސްއަށް ދޭން ނިންމީ ބާރުތައް ވަކިވެފައިވާ ނިޒާމާ ޚިލާފަށް، ހަދަންޖެހޭ ގާނޫނުތައް ނަހަދާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި ގާނޫނު ހެދުމުގެ ކުރިން އެއްބަސްވުންތައް ހަދައި، ފަހުން ގާނޫނުތަކަށް ރަޖުއީ އަސަރު ފޯރުވުމަކީ ގާނޫނީ އުސޫލުތަކާ ހިލާފު ކަމެއް.

Newsletter

Get the latest news delivered straight to your inbox