ނޯޔާ ނެތުމުގެ މައްސަލަ އަށް ބަޔާނުން ހޯދި ހައްލަކީ ސޮމާ

Jan 19, 2023, 3:35 AM
ފީފާ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ސޮމާ: ކްލަބް ލެވަލްގައި ދެން ސޮމާ ފެންނާނީ ބަޔާންގެ ގޯލުން

ފީފާ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން ސޮމާ: ކްލަބް ލެވަލްގައި ދެން ސޮމާ ފެންނާނީ ބަޔާންގެ ގޯލުން

މިއުނިކް (ޖެނުއަރީ 19) - އަނިޔާގެ ސަބަބުން ބަޔާން މިއުނިކްގެ ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ އަށް ސީޒަން ނިމިފައިވާއިރު، އޭނާ ނެތުމުން ޓީމަށް ދިމާވެފައިވާ ފެންވަރު ރަނގަޅު ގޯލްކީޕަރު މަދުވުމުގެ މައްސަލަ އަށް ހައްލެއް ހޯދަން ބަޔާނުން ސްވިޒަލެންޑްގެ ކީޕަރު ޔެން ސޮމާ ގެންނަން އެއްބަސްވެއްޖެ އެވެ.

ސްކީ ކުރުމުގެ ޓުއާއެއްގައި އުޅެނިކޮށް، ނޯޔާ، 36، ފައި ބިންދައިގެން ގޮސް، އޭނާ ވަނީ އޮޕަރޭޝަނެއް ކޮށްފަ އެވެ. މި ސީޒަނުގައި ނޯޔާ އަލުން ދަނޑަށް އެނބުރި ނާންނާނެކަން ވަނީ ޔަގީންވެފަ އެވެ. އެހެންވެ، ސީޒަނުގެ ބާކީ އޮތް މުހިންމު ބަޔަށް ފެންވަރު ރަނގަޅު ކީޕަރެއް ހޯދަން ބަޔާނުން އައީ މަސައްކަތް ކުރަމުންނެވެ.

ނޯޔާގެ އަނިޔާއާ އެކު، ބަޔާނުން ފެންވަރު ރަނގަޅު އާ ކީޕަރެއް ހޯދަން ބޭނުންވީ، އެ ޓީމުގެ ދެ ވަނަ ކީޕަރަކަށް ހުރި ސްވެން އުލްރިއޭއާ މެދު ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން އަށް އިތުބާރު ނެތުމުންނެވެ.

ސެވިއްޔާ އަށް ކުޅޭ މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ އާއި އެސްޓަން ވިލާގައި ހުރި އާޖެންޓީނާގެ ގޯލްކީޕަރު، އެމިލިއާނޯ މާޓީނޭޒަށް ވެސް ބަޔާނުން ކޮންމެ ވެސް ވަރަަކަށް ފާރަލި ނަމަވެސް އެންމެ ފަހުން ބަޔާނުން ނިންމީ ޖަރުމަނުގެ ބޮރޫޝިއާ މުންޗެންގްލަޑްބެކަށް ކުޅޭ ސްވިޒަލެންޑް ގައުމީ ޓީމުގެ ސޮމާ ގަންނާށެވެ. އެ ގޮތުން، ސޮމާ، 34، ގެ ސޮއި ހޯދަން ބަޔާނުން 10 މިލިއަން ޑޮލަރުގެ ފީއެއް ދައްކާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ސްވިޒަލެންޑްގެ ބާސެލް ދޫކޮށް، 2014 ވަނަ އަހަރު މުންޗެންގްލަޑްބެކަށް ބަދަލުވި، ސޮމާ ހޯދަން ބަޔާނުން ފުރަތަމަ ކުރި ތިން ބިޑެއް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެކަމަކު، ސޮމާ ވެސް ކެރިއަރުގައި އާ ޗެލެންޖެއް ނަގަން ބޭނުންވާތީ، މުންޗެންގްލަޑްބެކް އިން ނިންމީ ގޮތްދޫކޮށް، އެ ކްލަބަށް ގިނަ މެޗުތަކެއްގައި މޮޅު ކުޅުމެއް ދައްކައި، ކާމިޔާބު ހޯދަން އެހީތެރިވި ސޮމާ އެދޭ ގޮތަށް ކަންތައްތައް ކޮށްދޭށެވެ.

މި ސީޒަނުގައި ބަޔާނާއި މުންޗެންގްލަޑްބެކުން އޮގަސްޓް މަހު ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، އެ މެޗުގެ ތަރި އަކީ ސޮމާ އެވެ. ސޮމާ ވަނީ އެ މެޗުގައި ބަޔާނުން ފޮނުވާލި 19 ހަމަލާއެއް ހުއްޓުވައި، ޖަރުމަނު ލީގުގެ އެއް މެޗެއްގައި އެންމެ ގިނަ ބޯޅަ ހުއްޓުވި ކީޕަރުގެ ރެކޯޑް ހަދައިފަ އެވެ.

ޖަރުމަނުގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ފީފާ ވޯލްޑް ކަޕްގެ ބްރޭކަށް ފަހު، މާދަމާރޭ ޖަރުމަނުގެ ލީގުގެ ކުޅުން އަލުން ފަށާއިރު، ބަޔާނުން ލައިޕްޒިިގާ ކުޅޭ މެޗުގައި ވެސް ސޮމާ ފެނުމުގެ ފުރުސަތު އެބައޮތެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox