ޕަބްލިކް ސާވިސް މީޑިއާގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމަށް އެ މަގާމުގައި މީގެ ކުރިން ވެސް ހުންނެވި އަލީ ހާލިދު އަނެއްކާ ވެސް މިއަދު އައްޔަންކޮށްފި އެވެ.
އަލީ ހާލިދު ޕީއެސްއެމްގެ ވެރިޔަކަށް މިއަދު އައްޔަންކުރިއިރު އޭނާގެ މަގާމުގެ މުއްދަތު ހަމަވެގެން ޑިސެމްބަރު 24، ގައި އޭނާ މަގާމުން ވަކިވެފައިވާ ކަމަށް މީގެ ކުރިން އޮތީ އަންގައިފަ އެވެ. އޭގެ ފަހުން މިއަދަށް މަަސް ދުވަސް ވާން ކައިރިވެފައި އޮއްވާ އަނެއްކާ ވެސް އެ މަގާމަށް އަލީ ހާލިދު އައްޔަން ކުރި ވަކި ސަބަބެއް ޕްރައިވެޓައިޒޭޝަން ބޯޑުން ނުބުނެ އެވެ.
އަލީ ހާލިދު މަގާމަށް އައްޔަން ކުރުމަށްފަހު ޕީއެސްއެމްގެ އޮޑިޓުތަކާއި ރިވިއުތަކުން ފާހަގަވެފައިވާ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރުމަށް އޭނާއަށް ވަނީ އިރުޝާދު ދީފަ އެވެ. އަދި އެ މައްސަލަތައް ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން އަލީ ހާލިދު ދެއްވި ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން ބުނެ އެވެ.
އަލީ ހާލިދު ޕީއެސްއެމްގެ ވެރިއަކަށް އަލުން އައްޔަންކޮށްފައިވާއިރު އެތަނުގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަމީމްގެ ދައުރު ހަމަވުމުން އޭނާ ބަދަލުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ.









