ކިއޭވް، ޔޫކްރެއިން (ޖެނުއަރީ 17) - ޔޫކްރެއިންގެ ޝަކްޓާ ޑޮނެސްކަށް ކުޅެމުން އައި ވިންގް، މިކައިލޯ މުޑްރިކް، ޗެލްސީ އަށް ބަދަލުވި ޑީލްގެ ތެރެއިން، 27 މިލިއަން ޑޮލަރު، ރަޝިއާ އިން ޔޫކްރެއިން އަށް އަރަައި ކުރަމުންދާ ހަނގުރާމައިގައި ހާލުގައި ޖެހުނު ޔޫކްރެއިންގެ ފަރާތްތަކަށް އެހީވުމަށް އުފައްދާފައިވާ ޗެރިޓީ ހަދިޔާ ކުރަން ޝަކްޓާ އިން ނިންމައިފި އެވެ.
މުޑްރިކް، 22، އަށް އަހަރުގެ ޑީލެއްގެ ދަށުން ޗެލްސީއާ ގުޅުނީ ޔޫކްރެއިންގެ ރެކޯޑް ޑީލެއްގަ އެވެ. އެއީބ ޗެލްސީން ފުރަތަމަ 70 މިލިއަން ޑޮލަރު ދިނުމަށް ފަހު، ބާކީ 38 މިލިއަން ޑޮލަރު، އެކި ފަހަރު މަތިން ބަހާލައިގެން ޝަކްޓާ އަށް ދޭ ގޮތަށެވެ.
ޝަކްޓާގެ ރައީސް، ރިނާތު އަހްމަތޯވް ވިދާޅުވީ މުޑްރިކްގެ ފީގެ ތެރެއިން ބައެއް، ޔޫކްރެއިން ހަނގުރާމައިގައި އުޅޭ ސިފައިންނާއި އާއިލާތަކާއި އެހެނިހެން ކަންކަމަށް ހޭދަކުރަން ނިންމީ ކްލަބްގެ ބޯޑުގެ މަޝްވަރާގެ މަތިން ކަމަށެވެ.
"އަހަރެމެން މި ދޭ 27 މިލިއަން ޑޮލަރު ހަރަދުކުރާނީ ސިފައިންނާއި އާއިލާތަކާއި ޖުމްލަކޮށް، ހަނގުރާމައިގެ ސަބަބުން މީގެ ބޭނުން ޖެހިފައިވާ އެންމެންގެ ބޭނުންތަކަށް،" އަހްމަތޯވް ވިދާޅުވި އެވެ.
"އަހަރެމެން މި ކަންތައްތައް ކުރަނީ އިންސާފުވެރި ގޮތެއްގައިތޯ ކަނޑައެޅުމަށްޓަކައި، އަހަރެމެން ވާނީ ހަނގުރާމައިގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ޖަމައާތްތަކުގެ އެހީތެރިކަން ހޯދަން ނިންމާފައި،"
މުޑްރިކްގެ ޑީލްގެ ތެރެއިން، ޗެލްސީ އާއި ޝަކްޓާގެ އެކުވެރިކަމުގެ މެޗެއް ޑޮނެސްކްގެ ޑޮމްބަސް އެރީނާގައި ކުޅޭ ގޮތަށް ވެސް ވަނީ އެއްބަަސްވެފަ އެވެ. އެ މެޗު ކުޅެގެން ލިބޭ ފައިސާ ވެސް ޗެރިޓީ އަށް ދިނުމަށް މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށް ޔޫކްރެއިންގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.












