އާސެނަލުން ބޭނުންވި މުޑްރިކް، 108 މިލިއަން ޑޮލަރުގެ ޑީލެއްގައި ޗެލްސީ އަށް ސޮއިކޮށްފި

Jan 15, 2023, 7:28 PM
ޗެލްސީ އަށް ސޮއިކުރުމަށް ފަހު މުޑްރިކް ޔޫކްރެއިންގެ ދިދަ ހިފައިގެން.

ޗެލްސީ އަށް ސޮއިކުރުމަށް ފަހު މުޑްރިކް ޔޫކްރެއިންގެ ދިދަ ހިފައިގެން.

ލަންޑަން (ޖެނުއަރީ 15) - ޔޫކްރެއިންގެ ޝަކްޓާ ޑޮނެސްކަށް ކުޅެމުން އައި ވިންގް، މިކައިލޯ މުޑްރިކް، ގެންދަން މަސައްކަތް ކުރަމުން އައި އާސެނަލްގެ ޑީލް ހައިޖެކްކޮށް، ޗެލްސީން ޖުމްލަ އެކު، 108 މިލިއަން ޑޮލަރު ދައްކަން ޖެހޭ އެއްބަސްވުމެއްގެ ދަށުން މުޑްރިޑްގެ ސޮއި ހޯދައިފި އެވެ.

މުޑްރިކް، 22، ގަންނަން އާސެނަލުން ދެ ބިޑެއް ކުރި ނަމަވެސް، ޝަކްޓާ އިން ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. އެއީ ޝަކްޓާ އިން ބުނާ އަގު އާސެނަލުން ދޭން ބޭނުންނުވާތީ އެވެ. މުޑްރިކް ފުރަތަމަ އާސެނަލަށް ދާން ބޭނުންވި ނަމަވެސް، އާސެނަލާއި ޝަކްޓާ އަށް އެއްބަސްވުމަކާ ގުޅޭގޮތުން އެއްގަލަކަށް އެރޭގޮތެއްނުވި އެވެ.

އެކަމަކު، ޗެލްސީން މުޑްރިކް ގަންނަން މަޝްވަރާތައް ފެށިތާ މާގިނަ ދުވަހެއް ނުވެ، އެ ޑީލް ނިންމީ އެވެ. އެއީ އެންމެ ފުރަތަމަ 70 މިލިއަން ޑޮލަރު ދިނުމަށް ފަހު، ބާކީ 38 މިލިއަން ޑޮލަރު، އެކި ފަހަރު މަތިން ބަހާލައިގެން ދޭ ގޮތަށެވެ.

މުޑްރިކް ވަނީ ޗެލްސީއާ އެކު އަށް އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް އަތުން 1-0 ޗެލްސީ މޮޅުވި މެޗު ބަލަން މުޑްރިކް ވަނީ ދަނޑަށް ގޮސްފަ އެވެ. މި މެޗުގެ ދެ ހާފުގެ ދެމެދުގައި ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައި ޓީމުގެ ސަޕޯޓަރުންނަށް މުޑްރިކް ތައާރަފުކުރުން އޮތެވެ.

"ޗެލްސީ އަށް ސޮއިކުރެވުނީތީ އަހަރެން މި ހުރީ ވަރަށް އުފަލުން. (ޗެލްސީ) މިއީ ވަރަށް ބޮޑު ކްލަބެއް. ޕްރިމިއާ ލީގަކީ ވަރަށް ގަޔާވާ ލީގެއް. މިއީ އަހަރެންގެ ކެރިއަރުގެ މި ހިސާބުގައި އަހަރެން ވަރަށް ގަޔާވާ ޕްރޮޖެކްޓެއް،" މުޑްރިކް ބުންޏެވެ.

މުޑްރިކް ޗެލްސީގެ ދަނޑުގައި އެ ޓީމުގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފްކުރަނީ.

މުޑްރިކް ވަނީ ޝަކްޓާ ފުރަތަމަ ޓީމަށް 44 މެޗުން 12 ގޯލު ޖަހައިދީފަ އެވެ.

ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ ބުނީ މުޑްރިކް އަކީ ކުރިއަށް އޮތް ގިނަ އަހަރުތަކެއްގައި ޗެލްސީ އަށް ބޭނުންކުރެވޭނެ ވަރަށް ކުރިއެރުން ހޯދޭނެ ފެންވަރު ހުރި ކުޅުންތެރިއެއް ކަމަށެވެ.

މުޑްރިކް ހޯދަން މަސައްކަތް ކުރި އާސެނަލަށް އެ ޑީލް ނުނިންމުމާ ބެހޭގޮތުން، އެ ޓީމުގެ ކޯޗު މިކޭލް އާޓެޓާއާ ސުވާލުކުރުމުން ބުނީ، މި ވަގުތު އާސެނަލްގައި ތިބި ކުޅުންތެރިންނާ މެދު ހިތްހަމަޖެހޭ ކަމަށާއި ޓީމު ކުރިއަރުވަން ދެން ގެންނަން ޖެހޭ ކުޅުންތެރިން ހޯދުމުގެ މަސައްކަތް އަބަަދުވެސް ކުރަމުން އަންނަ ކަމަށެވެ. އަދި ވަކި ކުޅުންތެރިއަކު ނުލިބުމަކީ "ހުރިހާ ކަމެއްގެ ނިމުމެއް ނޫން" ކަމަށް އާޓެޓާ ވަނީީ ބުނެފަ އެވެ.

ޖެނުއަރީ ޓްރާންސްފާ މާކެޓްގައި އެންމެ އެކްޓިވްކޮށް ފެންނަނީ ޗެލްސީ އެވެ. އެ ޓީމުން ވަނީ މި ފަހަރުގެ ޓްރާންސްފާގައި އެކަނި ވެސް ފަސް ކުޅުންތެރިއަކު ގެނެސްފަ އެވެ.

މުޑްރިކްގެ ކުރިން ޗެލްސީން ގެނައީ އައިވަރީ ކޯސްޓްގެ ފޯވާޑް، ޑޭވިޑް ޑަޓްރޯ ފޮފާނާ، މޮނާކޯ އިން ގަތް ފްރާންސްގެ ޑިފެންޑަރު، ބެނޮއިޓް ބާޑިއަޝިލް، ބްރެޒިލްގެ ވަސްކޮޑަ ގަމާ އިން ގަތް ބްރެޒިލްގެ މިޑްފީލްޑަރު އަންދްރޭ ސަންޓޯސް އަދި ހަ މަސް ދުވަހުގެ ލޯން އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯ މެޑްރިޑުން ގެނައި، ޔާއޯ ފެލިކްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox