މެސީ އާއި ރޮނާލްޑޯ ކުޅޭ މެޗުގެ ހާއްސަ ޓިކެޓުގެ އަގު 2.6 މިލިއަން ޑޮލަރަށް އަރައިފި

Jan 15, 2023, 7:55 AM
މެސީ އާއި ރޮނާލްޑޯ ކުޅޭ މެޗުގެ ހާއްސަ ޓިކެޓުގެ އަގު 2.6 މިލިއަން ޑޮލަރަށް އަރައިފި

ރިޔާދް، ސައުދީ އަރަބިއްޔާ (ޖެނުއަރީ 15) - ލިއޮނެލް މެސީ ކުޅޭ ފްރާންސްގެ ޕީއެސްޖީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ދާދި ފަހުން ގުޅުނު ސައުދީ އަރަބިއްޔާ އަލް ނަސްރާއި އެ ގައުމުގެ އަލް ހިލާލުން ހޮވާލެވޭ ޓީމަކުން މި މަހުގެ 19 ވަނަ ދުވަހު ކުޅޭ އެކުވެރިކަމުގެ މެޗުގެ ހާއްސަ ޓިކެޓެއް ނީލަމުގައި ވިއްކަން ނެރުމާ އެކު އެ ޓިކެޓުގެ އަގު 2.66 މިލިއަން ޑޮލަރަށް އަރައިފި އެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި އުފެދުނު އެންމެ ވާދަވެރި ދެ ކުޅުންތެރިންގެ ކެރިއަރު ނިމުމަކާ ގާތް ވެފައިވާއިރު މި ދެ ކުޅުންތެރިންގެ ދެކޮޅަށް ކުޅޭނެ ފަހު މެޗެއް ބަލާލަން ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެވެ. މި ދެ ކުޅުންތެރިން އެންމެ ފަހުން ކުޅުނު މެޗަކީ ރޮނާލްޑޯ ޔުވެންޓަސްގައި ހުރިއިރު ބާސެލޯނާ އާ ދެކޮޅަށް ކުޅުނު މެޗެވެ. އެއީ، 2020ގެ ޑިސެމްބަރު މަހު ޔުއެފާ ޗެމްޕިއަންސް ލީގުގަައި ކުޅުނު މި މެޗުން ޔުވެންޓަސް މޮޅުވީ 3-0 އިންނެވެ. މެސީ އޭރު ކުޅުނު ބާސެލޯނާ ކޮޅަށް ރޮނާލްޑޯ މި މެޗުގައި ދެ ގޯލު ޖެހި އެވެ.

ކިންގް ފަހްދު އިންޓަނޭޝަނަލް ސްޓޭޑިއަމް ގައި ކުޅެން ސައުދީގެ ވާދަވެރި ދެ ކުލަބް ކަމަށްވާ އަލް ނަސްރު އާއި އަލް ހިލާލް އިން ހޮވާލެވޭ ޓީމަކާ ދެކޮޅަށް ޕީއެސްޖީ ކުޅެން ހަމަޖެހިފައިވާ މެޗަކީ އަހަރުގެ ކުރީކޮޅު ރިޔާދުގައި އޮންނަ ރިޔާދު ފެސްޓިވަލްގެ ތެރެއިން ކުޅޭ ހާއްސަ މެޗެކެވެ.

ޖެނުއަރީ 19 ވަނަ ދުވަހުގެ ރޭ ކުޅޭ މި މެޗަކީ ރިޔާދު ސީޒަން ކަޕްގެ ނަމުން ނަން ދެވިފައިވާ މި މެޗެވެ. ޖުމްލަ އެކު، 68،000 ސަޕޯޓަރުންގެ ޖާގައިގެ ސްޓޭޑިއަމްގައި ކުޅޭ މެޗުގެ ހުރިހާ ޓިކެޓެއް ވިކި ހުސްވެފައިވާއިރު މިލަނަކަށްވުރެ ގިނަ މީހުން ޓިކެޓް ހޯދަން މަސައްކަތްކުރި ކަމަށް ބެލެވެ އެވެ.

މި މެޗު އިންތިޒާމް ކުރާ ފަރާތުން ވަނީ ނީލަމުގައިވެސް ޓިކެޓެއް ވިއްކަން ނެރެފަ އެވެ. ހާއްސަ ހުއްދަތަކެއް ލިބޭ މި ޓިކެޓުގެ އަގު މިހާރު އުޅެނީ 2.66 މިލިއަން ޑޮލަރުގަ އެވެ. މި އަގު ހުށަހަޅާފައިވަނީ ސައުދީގެ ރިއަލް އެސްޓޭޓް ވިޔަފާރި ކުރާ އަކުއާވަން ކުންފުނީގެ ޖެނެރަލް މެނޭޖަރު މުޝްރަފް އަލް ގަމްދީ އެވެ.

"ބިޔޯންޑް އިމޭޖިނޭޝަން"ގެ ނަމުން ނަން ދެވިފައިވާ މި ޓިކެޓަށް އަގު ހުށަހެޅޭ އެންމެ ފަހު ތާރީހަކީ ޖެނުއަރީ 17 އެވެ.

މި ޓިކެޓް ލިބޭ ފަރާތަކަށް މެޗުގެ މެޑަލް ސެރެމޮނީގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ. މީގެ އިތުރުން ދެ ޓީމްގެ ޗޭންޖިން ރޫމަށް ވަނުމުގެ ފުރުސަތާއި، ކުޅުންތެރިންނާ ބައްދަލުކުރަންވެސް ފުރުސަތު ލިބޭނެ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޕޯޗުގަލްގެ ރޮނާލްޑޯ ސައުދީގެ އަލް ނަސްރަށް ސޮއިކުރުމާ އެކު އެގައުމުގައި ފުޓްބޯޅައިގެ ފޯރިވަނީ އިތުރަށް ގަދަވެފަ އެވެ. މިގޮތުން އަލް ނަސްރުގެ ސަޕޯޓަރުންގެ އަދަދު އިތުރުވެ ކުލަބު އާމްދަނީ ވެސް ބޮޑުތަނުން އިތުރުވެއްޖެ އެވެ. އަދި ކުލަބުގެ މެޗުތަކަށް ސްޓޭޑިއަމްތައް ފުރެންވެސް ފަށައިފި އެވެ.

ކެރިއަރުގެ ފަހުކޮޅު ރޮނާލްޑޯ ސައުދީ އަށް ބަދަލުވުމަކީ ފުޓްބޯޅައަށް އޭނާ ކޮށްދިން ރަނގަޅު ކަމެއްގެ ގޮތުގައި ސިފަކޮށް ގިނަ ބަޔަކު އަންނަނީ ރޮނާލްޑޯއަށް ތައުރީފް ކުރަމުންނެވެ. ދުނިޔޭގެ އެންމެ ބޮޑު ބައްރުގެ ފުޓްބޯޅައިގެ ހާލަތު ބަދަލުކުރުމަށް ރޮނާލްޑޯއަށް އެހީވެވޭނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox