ބޯޅަ އީދުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފި

ބޯޅަ އީދު ފޮޓޯ މުބާރާތުގެ އެއްވަނައަށް ހޮވުނު ފަރާތަށް ޔުނިކެމްސް އިން ހުށަހެޅި ސައިކަލު ހަވާލު ކުރަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ބޯޅަ އީދު ފޮޓޯ މުބާރާތުގެ އެއްވަނައަށް ހޮވުނު ފަރާތަށް ޔުނިކެމްސް އިން ހުށަހެޅި ސައިކަލު ހަވާލު ކުރަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ގަތަރުގައި ކުރިއަށް ދިޔަ ފުޓުބޯޅަ ވޯލްޑުކަޕާ ދިމާކޮށް "އަދަދު" ނޫހުން ކުރިއަށް ގެންދިޔަ "ބޯޅަ އީދު" ކަވަރޭޖުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލު ކޮށްފި އެވެ.

ގާތްގަނޑަކަށް ދެލައްކަ ފަންސާސްހާސް ރުފިޔާގެ އިނާމު ހުށަހަޅާފައިވާ އެ މުބާރާތްތަކުގެ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ހަވާލު ކުރީ އެކަމަށް ހާއްސަކޮށް މެންހެޓަން ބިޒްނަސް ހޮޓެލުގައި އިއްޔެ ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.

އެ ހަފްލާގައި ބޯޅަ އީދުގެ ޕާޓުނަރުންނާއި ސްޕޮންސަރުން ވެސް ބައިވެރިވި އެވެ.

އިއްޔެގެ ހަފުލާގައި އަދަދު ނޫހުގެ ސީއީއޯ، ހުސައިން ފިޔާޒު މޫސާ ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
އިއްޔެގެ ހަފުލާގައި އަދަދު ނޫހުގެ ސީއީއޯ، ހުސައިން ފިޔާޒު މޫސާ ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިއްޔެގެ ހަފުލާގައި އަދަދު ނޫހުގެ ސީއީއޯ، ހުސައިން ފިޔާޒު މޫސާ ވާހަކަދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެ ހަފުލާގައި ވާހަކަދައްކަވަމުން "އަދަދު" ނޫހުގެ ސީއީއޯ، ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ބޯޅަ އީދުގެ ހަރަކާތްތައް އެހައި ފުރިހަމަކޮށް ގެންދެވުނީ ޕާޓުނަރުންގެ އެހީތެރިކަމާ އެކުގައި ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އަދަދު ނޫހުން ކުރިއަށް ގެންދާ ތަފާތުއެކި ހަރަކާތްތަކުގައި ވެސް އެފަރަތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ ބޯޅަ އީދު ކަވަރޭޖުގެ ތެރެއިން ޖުމްލަ ފަސް މުބާރާތެއް އަދަދުން ކުރިއަށް ގެންދިޔަ އެވެ.

ބޯޅަ އީދު ކުއިޒް

ވެލިގާ ހާޑުވެއާ އާއި "އަދަދު" ނޫސް ގުޅިގެން ކުރިއަށް ގެންދިޔަ ބޯޅަ އީދު ކުއިޒުގައި ހިމެނުނު 25 ސުވާލަށް އެންމެ 15 ސިކުންތު ތެރޭގައި ޖަވާބު ދީގެން އެއްވަނައަށް ހޮވުނީ އާއިޝަތު ސަނާ އެވެ. ސަތާރަ ސިކުންތު ތެރޭގައި އެ ސުވާލުތަކަށް ޖަވާބުދީގެން ހަސަން އުސާމު އަހުމަދު ދެވަނަ ހޯދިއިރު، ތިންވަނައަށް ހޮވުނީ 25 ސުވާލަށް 18 ސިކުންތު ތެރޭގައި ޖަވާބު ދިން ހަސަން ވަހީދެވެ.

އެ މުބާރާތުގެ ވަނަވަނައަށް އައި ފަރާތްތަކަށް އިނާމުތައް ހުށަހަޅާފައި ވަނީ ޔުނިމެކްސް މޯލްޑިވްސްއާއި އީވޯ އަދި ހަސަން މެރިންގެ ފަރާތުންނެވެ. އެގޮތުން އެއްވަނައަށް ދިޔަ ފަރާތަށް ޔުނިމެކްސް އިން ހުށަހެޅީ ސުޒުކީ ޖީއެން ސައިކަލެކެވެ. ދެވަނައަށް އީވޯއިން ހުށަހެޅީ ބޮޝް މަރުކާގެ އައިސްއަލަމާރި އެކެވެ. އަދި ތިންވަނައަށް ދިޔަ ފަރާތަށް ހަސަން މެރިންގެ ފަރާތުން ހުށަހެޅީ ސްޓޭންޑަޕް ޕެޑަލްއެކެވެ.

ސްކޯ ޕްރެޑިކްޝަން

ގޯލްއާރު އާ ގުޅިގެން "އަދަދު" ނޫހުން ކުރިއަށް ގެންދިޔަ ސްކޯ ޕުރެޑިކްޝަން މުބާރާތުގެ އެއްވަނައަށް ހޮވުނީ އަބްދުއްރަހީމް އެވެ. ދެވަނައަށް ހޮވުނީ މުސާ ގާލިބް އެވެ. އަދި ތިންވަނައަށް ހޮވުނީ އިބްރާހިމް ޝަހީމް އެވެ.

އެ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމުތައް ހުށަހަޅާފައި ވަނީ ލިޓަސް ކަނެކްޓާއި ރެޑްވޭވްގެ ފަރާތުންނެވެ. އެގޮތުން އެއްވަނައަށް ހޮވުނު ފަރާތަށް ރެޑްވޭވްގެ ފަރާތުން 65 އިންޗީގެ ހައިސެންސް ޓީވީއެއް ހުށަހެޅި އިރު، ދެވަނައަށް ހޮވުނު ފަރާތަށް ލިޓަސް ކަނެކްޓުން ހުށަހެޅީ ވަން ޕުލަސް އެއިޓު ޕްރޯ ފޯނެކެވެ. ތިންވަނައަށް ހޮވުނު ފަރާތަށް ލިޓަސް ކަނެކްޓުން ހުށަހެޅީ ވަން ޕްލަސް ބަޑް ޕްރޯ އެކެވެ.

އިއްޔެގެ ހަފުލާގައި ބައިވެރިވެލެއްވި ބޯޅަ އީދުގެ ޕާޓުނަރުން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
އިއްޔެގެ ހަފުލާގައި ބައިވެރިވެލެއްވި ބޯޅަ އީދުގެ ޕާޓުނަރުން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އިއްޔެގެ ހަފުލާގައި ބައިވެރިވެލެއްވި ބޯޅަ އީދުގެ ޕާޓުނަރުން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ބޯޅަ އީދު ފޮޓޯ ކޮމްޕެޓިޝަން

އުރީދޫއާ ގުޅިގެން ކުރިއަށް ގެންދިޔަ ބޯޅަ އީދު ފޮޓޯ މުބާރާތުގެ އެއްވަނައަށް ހޮވުނީ މުހައްމަދު ނައުޝާދު އެވެ. ދެވަނައަށް ނައުޝާމް ހޮވުނު އިރު ތިންވަނައަށް ހޮވުނީ އައިޝަތު ނިޒާމާ އެވެ.

އެ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމުތައް ހުށަހެޅީ ލިޓަސް ކަނެކްޓާއި ޔުނިމެކްސް އަދި މްކެސްކޮމްގެ ފަރާތުންނެވެ. އެގޮތުން އެއްވަނައަށް ހޮވުނު ފަރާތަށް ޔުނިމެކްސް އިން ހުށަހެޅީ ޒެނިން ސައިކަލެކެވެ. ދެވަނައަށް ހޮވުނު ފަރާތަށް މެކްސްކޮމްގެ ފަރާތުން ވާވޭ ނޯވާ 9 އެސްއީ ފޯނެއް ހުށަހެޅި އިރު، ތިންވަނައަށް ހޮވުނު ފަރާތަށް ލިޓަސް ކަނެކްޓުން ހުށަހެޅީ ވަން ޕްލަސް ގަޑި އެކެވެ.

އުރީދޫ ވީކްލީ ކުއިޒް

އުރީދޫއާ ގުޅިގެން "އަދަދު" އިން ކުރިއަށް ގެންދިޔަ ހަފްތާ ކުއިޒްގެ ފުރަތަމަ ހަފްތާގެ ކުއިޒް ކާމިޔާބު ކުރީ އާދީ އާދިލް އެވެ. ދެވަނަ ހަފްތާގެ ކުއިޒް ކާމިޔާބު ކުރީ ހުސައިން ސިނާން އެވެ. އަހުމަދު މުޖުތަބާ ތިންވަނަ ހަފުތާ ކާމިޔާބު ކުރިއިރު ހަތަރުވަނަ ހަފްތާގެ ކުއިޒް ކާމިޔާބު ކުރީ އަދުހަމް އެވެ.

އެ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހުށަހެޅީ މެކްސްކޮމް ޓެކްނޮލޮޖީސް އިންނެވެ. އެގޮތުން ފުރަތަމަ ދެހަފްތާ ކާމިޔާބު ކުރި ދެ ބޭފުޅުންނަށް ސެމްސަން ބަޑް ޕްރޯއެއް ހުށަހެޅި އިރު، ތިންވަނަ ހަފްތާއާއި ހަތަރުވަނަ ހަފްތާ ކާމިޔާބު ކުރި ދެބޭޅުންނަށް ހުށަހެޅީ ވާވޭ ވޮޗް ފިޓެކެވެ.

ވޯލްޑުކަޕުގެ ތިންވަނަ ހޮވި މެޗުގެ ސްކޯ ޕްރެޑިކްޝަން

ވޯލްޑުކަޕުގެ ތިންވަަން ހޮވި މެޗުގެ ސްކޯ ދިމާ ކުރި ބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވުނީ މުހައްމަދު އަހުމަދު އެވެ. އެ ބޭފުޅާއަށް އެލްބިއަން ސްޓޯރުގެ ފަރާތުން ހުށަހެޅީ 2000ރ. ގެ އަގުހުރި ވައުޗަރެކެވެ.

ބޯޅް އީދުގެ އެކި ވަނަވަނައަށް ހޮވުނު ބައިވެރިން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
ބޯޅް އީދުގެ އެކި ވަނަވަނައަށް ހޮވުނު ބައިވެރިން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ބޯޅް އީދުގެ އެކި ވަނަވަނައަށް ހޮވުނު ބައިވެރިން -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މީގެ އިތުރުން އިއްޔެގެ ހަފުލާގައި "އަދަދު" ނޫހުން ވަނީ ބޯޅަ އީދުގެ ޕާޓުނަރުންގެ ގޮތުގައި ބައިވެރިވި ކުންފުނިތަކަށް އެވޯޑުވެސް ދީފަ އެވެ.

އެގޮތުން އަދަދު ނޫހުން އެވޯޑު ދީފައި ވަނީ:

  • އެސްޓީއޯ
  • އެރީދޫ މޯލްޑިވްސް
  • ދިރާގު
  • ވެލިގާ ހާޑުވެއާ
  • ފެނަކަ ކޯޕަރޭޝަން
  • ވިލާ ހަކަތަ
  • ލިޓަސް ކަނެކްޓު
  • މެކްސްކޮމް ޓެކްނޮލޮޖީ
  • އެލިއާ އިންވެސްޓުމަންޓު
  • ހަސަން މެރިން
  • އީވޯ
  • މެރިން ޕަވާ
  • ޔުނިމެކްސް
  • އެލްބިއަން
  • ސެވަން އޯޝަން
  • އިލާ މޯލްޑިވްސް

"އަދަދު" ނޫހުން ކުރިއަށް ގެންދިޔަ ބޯޅަ އީދު ކަވަރޭޖަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ މުބާރާތް ކަމަށްވާ ވޯލްޑުކަޕުގެ ފޯރީގައި އެންމެންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ކަވަރޭޖެކެވެ.

އެ ކަވަރޭޖުގެ ތެރެއިން، އަދަދުގެ ވެބްސައިޓްގައި ވޯލްޑް ކަޕަށް ހާއްސަ އެޑިޝަނެއް ވެސް ތައްޔާރުކުރި އެވެ. އެ އެޑިޝަން މެދުވެރިކޮށް، ވޯލްޑު ކަޕުގެ އެންމެ ފަހުގެ ހަބަރާއި މައުލޫމާތު ކިޔުންތެރިންނާ ހަމައަށް ގެނެސްދީފައިވެ އެވެ.

އޭގެ އިތުރުން، ކިޔުންތެރިން ޝައުގުވެރިވާނެ ފަދަ ތަފާތު ސެގްމަންޓްތައް ވެސް "ބޯޅައީދު"ގެ ވެބް އެޑިޝަންގައި ކިޔުންތެރިންނާ ހަމައަށް އަދަދު ނޫހުގެ ފަރާތުން ގެނެސްދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox