ލޭގެ ޕްރެޝަރު ދަށްވެގެން މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދިނުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ދޫކޮށްލައިފި އެވެ.
މައުމޫން އެޑްމިޓުކުރީ މިއަދުގެ ވަގުތެއްގަ އެވެ. މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑޮކްޓަރުންގެ ލަފަޔާއެކު މިރޭ އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެޑްމިޓު ކުރި ހަބަރާއެކު ލިބުނު ހަމްދަރުދީގެ މެސެޖުތަކަށް ޝުކުރު އަދާކުރެއްވި އެވެ.
"ދަރުމަވަންތަ ހޮސްޕިޓަލުގެ ހުރިހާ ޑޮކްޓަރުންނާ ނަރުހުން ދެއްވި ފަރުވާއަށް ޝުކުރުއަދާކުރަން،" މައުމޫން ވިދާޅުވި އެވެ.
އުމުރުން 85 އަހަރުގެ މައުމޫން މީގެ ކުރިންވެސް ވަނީ ބަލި ހާލު ދެރަވެގެން އެކި ފަހަރުމަތިން ހޮސްޕިޓަލުގައި އެޑްމިޓުކޮޮށްގެން ފަރުވާދީފަ އެވެ.
އެގޮތުން ކޮވިޑަށް ޕޮސިޓިވް ވެގެންވެސް އެމަނިކުފާނަށް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ














