ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މައުމޫން އެޑްމިޓްކޮށްފައިވަނީ ލޭގެ ޕްރެޝަރު ދަށްވެގެންނެވެ.
އެކަމާ ގުޅިގެން އެމަނިކުފާނު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ހޮސްޕިޓަލުގައި ޓެސްޓުތައް ހަދަމުންދާ ކަމަށާއި، މިހާރު ހާލު ރަނގަޅު ކަމަށެވެ.
އުމުރުން 85 އަހަރުގެ މައުމޫން މީގެ ކުރިންވެސް ވަނީ ބަލި ހާލު ދެރަވެގެން އެކި ފަހަރުމަތިން ހޮސްޕިޓަލުގައި އެޑްމިޓުކޮޮށްގެން ފަރުވާދީފަ އެވެ.
އެގޮތުން ކޮވިޑަށް ޕޮސިޓިވް ވެގެންވެސް އެމަނިކުފާނަށް ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ.













