އެތުލެޓިކޯގެ ކޮންޓްރެކްޓް އާކޮށް، ފެލިކްސް މި ސީޒަނުގެ ނިޔަަލަށް ޗެލްސީ އަށް

Jan 12, 2023, 3:32 AM
ފެލިކްސް ޗެލްސީ އަށް ބަދަލުވުމަށް ފަހު އެ ޓީމުގެ ޖޯޒީގައި.

ފެލިކްސް ޗެލްސީ އަށް ބަދަލުވުމަށް ފަހު އެ ޓީމުގެ ޖޯޒީގައި.

ލަންޑަން (ޖެނުއަރީ 12) - އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދިޔަ ޕޯޗުގަލްގެ ޕްލޭމޭކަރު، ޔާއޯ ފެލިކްސް، ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށް ޗެލްސީއާ ގުޅިއްޖެއެވެ.

ޗެލްސީ އަށް މި ސީޒަންގެ ނިޔަލަށް ފެލިކްސް ގުޅުނުއިރު، އެތުލެޓިކޯ އިން އޭނާ ދޫކުރީ އިތުުރު އެއް އަހަރަށް އެ ކްލަބުގެ ކޮންޓުރެކްޓް އާކުރުމަށް ފަހު އެވެ. އެ ކްލަބާ އެކު އޭނާ ހަދާފައިވާ ކޮންޓުރެކްޓް މިހާރު ހަމަވާނީ 2027 ވަނަ އަހަރެވެ. ފެލިކްސް ،23، ޗެލްސީ އަށް ލޯނު އެއްބަސްވުމެއްގައި ސޮއިކުރީ 13 މިލިއަން ޑޮލަރުގެ ފީއަކާއެކު އެވެ. އަދި މުޅި މުސާރަ އެއްކޮށް ދައްކާނީ ވެސް ޗެލްސީންނެވެ.

އިންޖަރީގެ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ޗެލްސީ މި ވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ 10 ވަނައިގަ އެވެ. މި ފަހަކަށް އައިސް ނެރުނު ނަތީޖާތައް ދަށްވުމާ އެކު ޗެލްސީގެ ކޯޗު ގްރަހަމް ޕޮޓާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

"ޗެލްސީ އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްލަބު. އަހަރެން އުންމީދުކުރަނީ އެ ކްލަބުގެ އަމާޒުތައް ހާސިލްކުރުމަށް އަހަންނަށް އެހީވެވޭނެ ކަމަށް،" ޗެލްސީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް، އެ ކްލަބަށް ބަދަލުވުމަށް ފަހު ދެކޭ ގޮތް ހިއްސާކުރުމަށް ނެރުނު ބަޔާނެއްގައި ފެލިކްސް ބުނެފައިވެ އެވެ.

ފެލިކްސް ވަނީ ޗެލްސީ ޓީމުގައި ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ބުނެފައި.

ޗެލްސީގެ ކޯޗު، ޕޮޓާ ބުނީ ފެލިކްސް އަކީ ޒުވާން ކުޅުންތެރިޔަކަށް ވިޔަސް، އޭނާގެ ތަޖުރިބާ މަދެއް ނޫން ކަމަށެވެ.

"ފެލިކްސް ޓީމާ ގުޅުމުން އަހަރަމެންގެ ސްކޮޑު ކުރިއަށް ވުރެ ރަނގަޅުވާނެ. އިންޖަރީތަކާ ހެދި ފެލިކްސް ހޯދަން އިތުރު މަސައްކަތްތަކެއް ކްލަބުންކުރީ،" ޕޮޓާ ބުންޏެވެ.

ޕޯޗުގަލްގެ ބެންފީކާ ދޫކޮށް، 2019 ވަނަ އަހަރު، ޔާއޯ ފެލިކްސް، 23، 142 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށް އެތުލެޓިކޯ އަށް ބަދަލުވިއިރު، ފެލިކްސް ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 131 މެޗުން 34 ލަނޑު ޖަހައިފަ އެވެ. އެ ކްލަބާ އެކު އޭނާ ވަނީ 2021 ވަނަ އަހަރު ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ.

ޗެލްސީން ފެލިކްސް ގެނައިއިރު، އެ ޓީމަށް ކުޅޭ އެމެރިކާގެ ފޯވާޑް، ކްރިސްޓިއަން ޕުލިސިޗަށް ލިބިފައިވާ އަނިޔާގެ ސަބަބުން މަހަކަށް ވުރެ ގިނަ ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެންމެ އެކްޓިވް ކްލަބެއްގެ ގޮތުގައި ފެންނަނީ ޗެލްސީ އެވެ. ފެލިކްސް އަކީ މި ފަހަރު ޗެލްސީ އަށް ބަދަލުވި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ.

ފެލިކްސްގެ ކުރިން، ޗެލްސީން ގެނައީ، 13 މިލިއަން ޑޮލަރު ދީފައި، ނޯވޭގެ މޯލްޑާ އިން ، އައިވަރީ ކޯސްޓްގެ ފޯވާޑް، ޑޭވިޑް ޑަޓްރޯ ފޮފާނާ އާއި 42 މިލިއަން ޑޮލަރު ދައްކާފައި މޮނާކޯ އިން ގަތް ފްރާންސްގެ ޑިފެންޑަރު، ބެނޮއިޓް ބާޑިއަޝިލް އަދި ބްރެޒިލްގެ ވަސްކޮޑަ ގަމާ އަށް 14 މިލިއަން ޑޮލަރު ދޭ ގޮތަށް އެއްބަސްވި ޑީލެއްގެ ދަށުން ހޯދި ބްރެޒިލްގެ މިޑްފީލްޑަރު އަންދްރޭ ސަންޓޯސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox