ކެންސަރަށް ފަރުވާ ހޯދުމަށްފަހު އަލެއާ އެނބުރި ކުޅުމުގެ ތެރެއަށް!

Jan 11, 2023, 5:01 AM
ފޯޗޫނާ ޑުސެލްޑޯފާ ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗުގެ ތެރެއިން އަލެއާ.

ފޯޗޫނާ ޑުސެލްޑޯފާ ދެކޮޅަށް ޑޯޓްމަންޑް ކުޅުނު މެޗުގެ ތެރެއިން އަލެއާ.

ޑޯޓްމުންޑް، ޖާމަނީ (ޖެނުއަރީ 11) - މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުންދިޔަ ބޮރޫޝިއާ ޑޯޓްމުންޑްގެ ފޯވާޑް، ސެބަސްޓިއަން އަލެއާ އެނބުރި ކުޅުމުގެ ތެރެއަށް އަތުވެއްޖެ އެވެ.

މިދިޔަ ސީޒަންގައި ޑޯޓްމުންޑަށް ކުޅުނު އާލިން ހާލަންޑް އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވުމުން އޭނާ ނެތްތަން ފޫބައްދަން އެކުލަބުން ގެނައީ އައިވޮރީ ކޮސްޓުގެ އަލެއާ އެވެ. ނަމަވެސް 28 އަހަރުގެ އަލެއާ އެ ކުލަބަށް މެޗެއްވެސް ނުކުޅެވެނީސް ސިއްހީ ހާލަތު ގޯސްވެގެން ކުޅުމާ ދުރަށްދާން ޖެހުނީ އެވެ.

ނެދަލެންޑްސްގެ އަޔެކްސް އިން 31 މިލިއަން ޑޮލަރަށް ޑޯޓްމުންޑާ ގުޅުނު އަލެއާގެ ސިއްހީ ހާލަތު ގޯސްވީ މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހު ކުރިއަށްގެންދިޔަ ތަމްރީންތަކުގަ އެވެ. ޓެސްޓްތަކަށް ފަހު އެނގުނު ގޮތުގައި އަލެއާ އަށް ވަނީ ޓެސްޓިކިއުލާ ކެންސަރު ޖެހިފަ އެވެ.

މި ކަމަށް ފަރުވާ ހޯދުމުގެ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު އޭނާ ވަނީ ސާޖަރީ އެއްވެސް ހަދައިފަ އެވެ. އޭގެ ފަހުން އިތުރު ސާޖަރީ އެއް ހަދައި މިދިޔަ ހަ މަސް ދުވަހު އޭނާ ދިޔައީ ކީމޯތެރަޕީ ވެސް ހަދަމުންނެވެ.

އަލެއާ، ޑޯޓްމަންޑްގެ ފަރިތަކުރުންތަކުގެ ތެރެއިން.

ސާޖަރީ އަށް ފަހު އަލެއާ އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވޭނީ ކިހާ ދުވަހަކުންކަމެއް ޔަގީންކޮށް ބުނަން ނޭނގެ އެވެ. އެހެންނަމަވެސް ފަރުވާ އަށް ފަހު ޖެނުއަރީ މަހުގެ ކުރީކޮޅު އޭނާ ވަނީ ބޮރޫޝިއާ ޑޯޓްމުންޑްގެ ފަރިތަކުރުންތަކަށް ނުކުމެފަ އެވެ.

ކުރިން އިނގިރޭސި ކުލަބު ވެސްޓް ހޭމް ޔުނައިޓެޑަށް ވެސް ކުޅުނު އަލެއާ ވަނީ ޑޯޓްމުންޑުން ދާދި ފަހުން ކުޅުނު އެކުވެރިކަމުގެ މެޗެއްގައިވެސް ކުޅެފަ އެވެ. މި ވަގުތު ސްޕެއިންގައި ކޭމްޕްކޮށްގެން ތަމްރީން ހަދަމުން އަންނަ ޑޯޓްމުންޑުން ފޯޗޫނާ ޑުސެލްޑޯފާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އަލެއާ ކުޅެން އެރީ ދެ ވަނަ ހާފުގެ ފަހުކޮޅުގަ އެވެ.

އަލެއާގެ މިހާރުގެ އުއްމީދަކީ ވޯލްޑް ކަޕްގެ ބްރޭކަށް ފަހު މި މަހުގެ 22 ވަނަ ދުވަހު، ޖަރުމަނު ލީގުގައި އޮއުގްސްބާގާ ދެކޮޅަށް ޑޯޓްމުންޑް ކުޅޭ މެޗުގައި ކުޅުމެވެ. އަލެއާގެ މި ވަގުތުގެ ފިޓްނަސް އަށް ބަލާއިރު ވާދަވެރި މެޗެއްގައި ކުޅޭ ފެންވަރު އެބަހުރި ކަމަށް އެ ކުލަބުން ވެސް ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox