އޭޑީކޭއިން ހައިޕާބެރިކް ޓުރީޓުމަންޓު ދޭން ފަށައިފި

އެޑީކޭގައި ހައިޕާބެރިކްގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ އެއް ސިސްޓަމް ދައްކާލަނީ -- ފޮޓޯ: އިޔާން / އަދަދު

އެޑީކޭގައި ހައިޕާބެރިކްގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ އެއް ސިސްޓަމް ދައްކާލަނީ -- ފޮޓޯ: އިޔާން / އަދަދު

ރާއްޖޭގެ އެންމެ ދުވަސްވީ އެއް ހޮސްޕިޓަލް، އެޑީކޭއިން ހައިޕާބެރިކް ޓުރީޓުމަންޓުގެ ހިދުމަތް އިއްޔެ ދޭން ފަށައިފި އެވެ.

މިއީ މި ހިދުމަތް ރާއްޖޭގެ ހޮސްޕިޓަލަކަށް ތައާރަފު ކުރެވުނު ފުރަތަމަ ފަހަރެވެ. ހައިޕާބެރިކް ޓުރީޓުމަންޓުގެ ހިދުމަތް އެ ހޮސްޕިޓަލުގައި ދެމުންދާނީ ޑީކޮމްޕުރެޝަން ޗެމްބަރުގެ ދެ ސިސްޓަމް ބޭނުން ކޮށްގެންނެވެ.

އެކަމަށް ހާއްސަކޮށް އޭޑީކޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ރަސްމީކޮށް ތައާރަފުކޮށްދެއްވީ ޓުއަރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެވެ. އެ ރަސްމިއްޔާތުގައި ޕަޑީއިން މިސަރަހައްދަށް ކަނޑައަޅާފައި ހުންނަ މެނޭޖަރާއި ޑައިވިން ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ވެސް ބައިވެރިވި އެވެ.

ރަސްމިއްޔާތުގައި ބައިވެރިވެލެއްވި މެހެމާނުންނާއި އޭޑީކޭގެ ބައެއް މުވައްޒަފުން -- ފޮޓޯ: އިޔާން / އަދަދު
ރަސްމިއްޔާތުގައި ބައިވެރިވެލެއްވި މެހެމާނުންނާއި އޭޑީކޭގެ ބައެއް މުވައްޒަފުން -- ފޮޓޯ: އިޔާން / އަދަދު

ރަސްމިއްޔާތުގައި ބައިވެރިވެލެއްވި މެހެމާނުންނާއި އޭޑީކޭގެ ބައެއް މުވައްޒަފުން -- ފޮޓޯ: އިޔާން / އަދަދު

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޭޑީކޭގެ ޗީފް މެޑިކަލް އޮފިސަރު އަދި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަބްދުﷲ ނިޔާފް ވިދާޅުވީ އެ ހިދުމަތް އޭޑިކޭއަށް ތައާރަފު ކުރީ ފީނުމުގެ ތެރޭގައި ޑީކޯވާ މީހުންގެ އަދަދު އިތުރުވެގެން ނޫން ކަމަށާއި މަދުން ނަމަވެސް ދިމާވާ އެފަދަ ހާލަތެއްގައި އެންމެ ފުރިހަމަ ފަރުވާ ބަލި މީހާއަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

އަދި ހޮސްޕިޓަލެއްގައި މި ހިދުމަތް ދެވެން ފެށުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި މިކަމުގެ ސަބަބުން ބަލި މީހުންނަށް ފަރުވާ ދިނުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މީގެ ކުރިން އަޅުގަނޑުމެން ޖެހެނީ އެނދުމަތިކޮށްފައި ތިބޭ ބަލި މީހުން ގޮވައިގެން ޗެމްބަރެއް ހުންނަ ރިސޯޓަކަށް [ކަނޑުދަތުރު ކޮށްފައި] ދާން، ބައެއް ޕޭޝަންޓުންނަކީ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހޭ މީހުން،" ނިޔާފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެގޮތަށް ކުރާ ދަތުރުތަކަކީ ބަލި މީހާއަށް ރައްކާތެރި ދަތުރުތަކެއް ނޫން ކަމަށާއި ރާއްޖޭގައި ޗެމްބަރުތައް ގާއިމުކޮށްފައި ހުރި ރިސޯޓުތަކުގައި ބަލި މީހުންނަށް ފަރުވާދިނުމަށް އެކަށީގެންވާ ވަރުގެ ވަސީލަތްތަކެއް ނުހުންނަ ކަމަށެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ޑރ. އަބްދުﷲ ނިޔާފް ވާހަކަދައްކަވަނީ -- ފޮޓޯ: އިޔާން / އަދަދު
އިއްޔެގެ ރަސްމިއްޔާތުގައި ޑރ. އަބްދުﷲ ނިޔާފް ވާހަކަދައްކަވަނީ -- ފޮޓޯ: އިޔާން / އަދަދު

އިއްޔެގެ ރަސްމިއްޔާތުގައި ޑރ. އަބްދުﷲ ނިޔާފް ވާހަކަދައްކަވަނީ -- ފޮޓޯ: އިޔާން / އަދަދު

ހައިޕާބެރިކް ޓުރީޓުމަންޓަކީ ގިނަ އަދަދަކަށް މެޑިކަލް ކުއަލިޓީގެ ވައި ޗެމްބަރު ތެރެއަށް ދޫކޮށް ޕުރެޝަރައިޒް ކޮށްގެން 100 ޕަސެންޓު އޮކްސިޖަން ދެމުން ދޭ ޓުރީޓުމަންޓެކެވެ. އާންމުކޮށް މި ހިދުމަތް ދެނީ ކަނޑު އަޑިއަށް ފީނަން ގޮސް އުޅޭއިރު ދިމާވާ ޑީކޮމްޕުރެޝަން ސިކްނަސްއަށް ފަރުވާ ދިނުމަށެވެ.

ޑީކޮމްޕުރެޝަން ސިކްނަސްއަކީ ކަނޑު އަޑީގައި ފުޅި ބޭނުންކޮށްގެން ނޭވާލާއިރު، ލޭގެ ތެރެއަށް ގިރޭ އޮކްސިޖަންއާއި ނައިޓުރޮޖެން ނޭވާލާ ނިޒާމުގެ ތެރެއިން ބޭރުވާނެ ފުރުސަތު ނުލިބޭހައި އަވަހަށް މައްޗަށް އެރުމުގެ ސަބަބުން ލޭގެ ތެރޭގައި ހުންނަ ނައިޓުރޮޖެން ނުވަތަ އޮކްސިޖެން ވައިބޮކިތަކަކަށް ބަދަލުވެ ލޭހޮޅި ބެދުން ފަދަ މައްސަލަތައް ކުރިމަތިވުމުން ދިމާވާ ހާލަތެވެ.

ޑީކޮމްޕުރެޝަން ސިކްނަސް ނުވަތަ ޑީކޯ ވުމުގެ މައްސަލައިގެ އިތުރުން ވެސް މި ޓުރީޓުމަންޓު ވަރަށް ގިނަ އެހެން ބަލިތަކަށް ފަރުވާދިނުމަށް ބޭނުން ކުރެވޭ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ.

އެގޮތުން ހަކުރުބަލި ފަދަ ބަލިތަކުގެ ސަބަބުން ފަސޭހަ ނުވެ ހުންނަ ބޮޑެތި ފާރުގަނޑުތަކަށް ފަރުވާ ދިނުމަށާއި ލޮލާ ގުޅިފައި ހުންނަ ލޭހޮޅިއެއް ކުއްލިއަކަށް ބެދިގެން ލޮލުގެ ފެނުން ގެއްލުމާއި ފިހިގެން ހަމުގެ ފުންމިނަށްވާ އަނިޔާތަކަށް ފަރުވާދިނުމަށް ވެސް ހައިޕާބެރިކް ޓުރީޓުމަންޓު ބޭނުންކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެއިތުރުން ޑރ. ނިޔާފް ވިދާޅުވީ ކަށީގައި އަށަގަންނަ ޖަރާސީމެއްގެ ސަބަބުން އިންފެކްޝަން ނައްތާލަން ދަތި ހާލަތްތަކުގައާއި އޮޕަރޭޝަނެއް ކޮށްގެން ވާސިލު ނުވެވޭ ސިކުނޑީގެ ފުން ހިސާބެއްގައި ޖަރާސީމެއްގެ ސަބަބުން އިންފެކްޝަނެއް އުފެދި ދޮސް ލައިފި ނަމަވެސް އެ ޗެމްބަރުތަކުން ފަރުވާ ދެވޭނެ ކަމަށެވެ.

އޭޑީކޭގައި ބެހެއްޓި ހައިޕާބެރިކް ޗެމްބަރާ ބެހޭ މއަުލޫމާތު މިނިސްޓަރު މައުސޫމް އަށް ދެއްވަނީ -- ފޮޓޯ: އިޔާން / އަދަދު
އޭޑީކޭގައި ބެހެއްޓި ހައިޕާބެރިކް ޗެމްބަރާ ބެހޭ މއަުލޫމާތު މިނިސްޓަރު މައުސޫމް އަށް ދެއްވަނީ -- ފޮޓޯ: އިޔާން / އަދަދު

އޭޑީކޭގައި ބެހެއްޓި ހައިޕާބެރިކް ޗެމްބަރާ ބެހޭ މއަުލޫމާތު މިނިސްޓަރު މައުސޫމް އަށް ދެއްވަނީ -- ފޮޓޯ: އިޔާން / އަދަދު

ޑީކޮމްޕުރެޝަން ސިކުނަސް ނުވަތަ ޑީކޯ ވުމުގެ މައްސަލައަކީ ދިވެހިރާއްޖޭގައި ފީނާ މީހުންނަށް ދިމާވާ އެންމެ ބޮޑު މައްސަލަ އެވެ. ތަފާތު ވައްތަރުތަކުގެ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ މީހުންނަށް ވެސް މި މައްސަލަ ކުރިމަތިވެ އެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ޑައިވިން ކޮމިއުނިޓީގެ ފަރާތުން ވަނީ އެޑީކޭގައި މި ހިދުމަތް ދޭން ފެށުމުން އެކަމަށްޓަކައި އެ ހޮސްޕިޓަލުގެ ވެރިންނަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށްފަ އެވެ. އަދި މިފަދަ ހިދުމަތެއް ލިބޭ ހޮސްޕިޓަލެއް ރާއްޖޭގައި ހުރުން އެއީ ބޭރުން ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ވެސް ލިބިގެންދާން އިތުރު ހިތްހަމަޖެހުމެއް ކަމަށް އެ ކޮމިއުނިޓީން ފާހަގަ ކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox