އޮސްޓްރޭލިއަން އޯޕަން އަށް ތައްޔާރުވާން ޖޮކޮވިޗަށް ފުރިހަމަ ވޯމްއަޕެއް

Jan 9, 2023, 5:40 AM
އޮސްޓްރޭލިއަން އޯޕަން އަށް ތައްޔާރުވާން ޖޮކޮވިޗަށް ފުރިހަމަ ވޯމްއަޕެއް

އަޑެލެއިޑް، އޮސްޓްރޭލިއާ (ޖެނުއަރީ 9) - މި މަހު 16 ވަނަ ދުވަހު ފަށާ އޮސްޓްރޭލިއަން އޯޕަންގައި ވާދަކުރަން ތައްޔާރުވުމުގެ ގޮތުން އަޑެލެއިޑް އިންޓަނޭޝަނަލް މުބާރާތުގައި ކުޅެ، މަޝްހޫރު ޓެނިސް ކުޅުންތެރިޔާ، ނޮވަކް ޖޮކޮވިޗް، މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ މިދިޔަ އަހަރު ކޮވިޑް-19 ވެކްސިންގެ މައުލޫމާތު މައްސަލައިގައި، އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލި ފަހުން، އަލުން އެނބުރި އައިސް ޖޮކޮވިޗް އޮސްޓްރޭލިއާގައި ކުޅުނު ފުރަތަމަ މުބާރާތެވެ. އަޑެލެއިޑް އިންޓަނޭޝަނަލްގެ ފައިނަލުގައި ޖޮކޮވިޗް ވަނީ އެމެރިކާގެ ސެބަސްޓިއަން ކޯޑާ އަތުން 6-7، 7-6، 6-4 އިން މޮޅުވެފަ އެވެ.

މި ވަގުތު ރޭންކިންގެ ފަސް ވަނައިގައި އޮތް ޖޮކޮވިޗް ވަނީ ކެރިއަރުގައި އޭޓީޕީ މާސްޓާސްގެ 92 ސިންގަލްސް ތަށި ހޯދައިފަ އެވެ. ޖޮކޮވިޗަށް ވުރެ، އޭޓީޕީ މާސްޓާސް ސިންގަލްސް ތަށި ގިނައީ، ރޮޖާ ފެޑެރާ، ޖިމީ ކޮނާސް އަދި އިވާން ލެންޑްލް އެވެ. ޖޮކޮވިޗާއި ރަފައެލް ނަޑާލް ވަނީ އެއްވަރަކަށް އޭޓީޕީ މާސްޓާސް ސިންގަލްސް ތަށި ހޯދައިފަ އެވެ.

ޖޮކޮވިޗް ބުނީ އޮސްޓްރޭލިއާ އަށް އެނބުރި އައިސް މި ވޭތުވެދިޔަ 10 ވަރަކަށް ދުވަސް ދިޔައީ ވަރަށް ފުރިހަމަކޮށް ކަމަށެވެ.

"މިދިޔަ 10 ވަރަކަށް ދުވަހުގައި އަހަންނަށް އޮސްޓްރޭލިއާ އިން ލިބެމުންދިޔަ ފަދަ ސަޕޯޓެއް، އަަހަރެންގެ ހަޔާތުގައި ވެސް ތަޖުރިބާ ކުރެވިފައިވަނީ މަދު ފަހަރަކު. އަހަންނަށް ސަޕޯޓް ދޭން ކޮންމެ މެޗަކަށް ވެސް ގިނަ ބަޔަކު އައިސްފައިވޭ، އެ އެންމެނަށް ޝުކުރު އަދާކުރަން ބޭނުން،" ޖޮކޮވިޗް ބުންޏެވެ.

އަންނަ ހަފްތާގައި ފަށާ އޮސްޓްރޭލިއަން އޯޕަން އަށް ޖޮކޮވިޗްގެ ހާއްސަ އަމާޒެއް އެބައޮތެވެ. އެއީ 10 ވަނަ ފަހަރަށް އޮސްޓްރޭލިއަން އޯޕަންގެ ތަށި ހޯދުމުގެ އިތުރުން އެންމެ ގިނަ ގްރޭންޑް ސްލޭމް ތަށި ހޯދައިގެން ނަޑާލް ހަދާފައިވާ ރެކޯޑާ ހަމަކުރުމެވެ. ނަޑާލް 22 ގްރޭންޑް ސްލޭމް ތަށި އުފުލާލާފައިވާއިރު، އެ ރެކޯޑާ އެއްވަރުކުރަން ޖޮކޮވިޗަށް މަދުވަަނީ އެއް ތަށްޓެވެ.

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox