ބެކަމްގެ ދަރިފުޅު ރޮމެއޯ ބްރެންޓްފޯޑަށް

Jan 7, 2023, 5:04 AM
އިންޓަ މިއާމީގެ މެޗެއްގެ ތެރެއިން ރޮމެއޯ: ހަ މަސް ދުވަހުގެ ލޯނެއްގެ ދަށުން ރޮމެއޯ ދެން ފެންނާނީ ބްރައިޓަންގެ ބީ ޓީމުން.

އިންޓަ މިއާމީގެ މެޗެއްގެ ތެރެއިން ރޮމެއޯ: ހަ މަސް ދުވަހުގެ ލޯނެއްގެ ދަށުން ރޮމެއޯ ދެން ފެންނާނީ ބްރައިޓަންގެ ބީ ޓީމުން.

ލަންޑަން (ޖެނުއަރީ 7) - އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، ޑޭވިޑް ބެކަމްގެ ދަރިފުޅު، ރޮމެއޯ ބެކަމް، ލޯން އެއްބަސްވުމެއްގެ ދަށުން އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް، ބްރެންޓްފޯޑަށް ބަދަލުވެއްޖެ އެވެ.

އުމުރުން 20 އަހަރުގެ ރޮމެއޯ، ކުޅެމުން އައީ އޭނާގެ ބައްޕަ، ޑޭވިޑް ބެކަމް، އެމެރިކާ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްސް) ގައި ހިންގަމުން އަންނަ ކްލަބް، އިންޓަ މިއާމީ އަށެވެ. އެކަމަކު، މިއީ އެމްއެލްްއެސްގެ އޮފް ސީޒަން ދުވަސްތައް ކަމަށްވާތީ، ރޮމެއޯ އައީ ބްރެންޓްފޯޑް ޓީމާ އެކު ފަރިތަކުރަމުންނެވެ.

ރޮމެއޯގެ ކުޅުން ކަމުދިއުމުން، ބްރެންޓްފޯޑް ބީ ޓީމުން ވަނީ ހަ މަސް ދުވަހުގެ ލޯން ކޮންޓްރެކްޓެއްގައި އޭނާ އެ ޓީމަށް ސޮއިކޮށްފަ އެވެ.

ބްރެންޓްފޯޑްގެ ބީ ޓީމަށް ރޮމެއޯ ކުޅުނު ނަމަވެސް، ބްރެންޓްފޯޑްގެ ފުރަތަމަ ޓީމުގެ ކޯޗު، ތޯމަސް ފްރޭންކް ބޭނުންނަމަ، ރޮމެއޯ އަށް އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުތަކުން ފުރުސަތު ދެވޭނެ އެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ބެކަމް (ކ) އާއި ރޮމެއޯ.

ބްރެންޓްފޯޑުން ލިބުނު ފުރުސަތާ އެކު، ރޮމެއޯގެ ވިސްނުމަކީ ވީހާވެސް ގިނަ މެޗުތަކެއްގައި ކުޅުމެވެ. އަދި ފުރުސަތު ލިބިއްޖެނަަމަ ބްރެންޓްފޯޑްގައި އިތުރަށް މަޑުކޮށް، އިނގިރޭސި ފުޓްބޯޅައިގެ ތެރެއިން ޑިވެލޮޕްވުމުގެ ވިސްނުން ހުރިކަމަށް ރޮމެއޯ ވަނީ ބުނެފަ އެވެ.

ރޮމެއޯ، ފުޓްބޯޅަ ކެރިއަރު ފެށީ އާސެނަލް ޔޫތު ޓީމުންނެވެ. ޔޫތު ލެވަލްގައި އާސެނަލްގައި އެކަށީގެންވާ ވަރަށް ކުރިއެރުން ނުފެންނާތީ، ރޮމެއޯގެ އުމުރުން 13 އަހަރުގައި، އާސެނަލުން ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އެ ހިސާބުން، ރޮމެއޯ ވަނީ ޕްރޮފެޝަނަލް ފުޓްބޯޅައިން ފަސް ވަރަކަށް އަހަރުގެ ބްރޭކެއް ނަގައިފަ އެވެ. އަލުން އެނބުރި އައިސް، ފުޓްބޯޅައިގެ ޓްރެއިނިންތަކެއް ހަދައި، އޭނާ ގުޅުނީ އިންޓަ މިއާމީއާ އެވެ.

މީގެ ދެ އަހަރު ކުރިން، 2021 ވަނަ އަހަރު އެމެރިކާ ލީގުގައި ކުޅެން ފެށި ރޮމެއޯ، ވަނީ މިދިޔަ ސީޒަނުގައި، އެމެރިކާގެ، އީސްޓާން ކޮންފަރެންސް ލީގުގައި ކުޅުނު 20 މެޗުގައި 10 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމުގެ އިތުރުން ދެ ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox