އާ އަހަރު ޕްރިމިއާ ލީގުގެ ފުރަތަމަ ހަތަރު މެޗު ވެސް އެއްވަރު

Jan 2, 2026, 1:31 AM
އާ އަހަރު ޕްރިމިއާ ލީގުގެ ފުރަތަމަ ހަތަރު މެޗު ވެސް އެއްވަރު

ލަންޑަން (ޖެނުއަރީ 2) - އިނގިރޭސި ޕްރިމިއާ ލީގުގައި މި އަހަރު ކުޅުނު ފުރަތަމަ ހަތަރު މެޗު ވެސް އެއްވަރުވެގެން ނިމިިއްޖެ އެވެ.

އެ ގޮތުން، ލިވަޕޫލުން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާއި 0-0 އިން އެއްވަރުވިއިރު، މެންޗެސްޓާ ސިޓީން ރަށުންބޭރުގައި ސަންޑަލެންޑާއި ކުޅުނު މެޗާއި ބްރެންޓްފޯޑް ދަނޑުގައި ޓޮޓެންހަމް އިން ކުޅުނު މެޗު ވެސް ނިމުނީ އެ ނަތީޖާ އިންނެވެ. ކްރިސްޓަލް ޕެލަސް އިން އަމިއްލަ ދަނޑުގައި ލީޑުނެގި ނަމަވެސް ފުލަމް އިން ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ.

ރޭގެ މެޗުތަކަށް ފަހު، ލީގުގެ ކޮންމެ ޓީމެއް 19 މެޗު ކުޅެފައިވާއިރު، އާސެނަލުން އެއް ވަނައިގައި އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 45 ޕޮއިންޓް ލިބިފައިވާއިރު، ސިޓީ އަށް ވަނީ 41 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އެސްޓަން ވިލާ އަށް 39 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި ލިވަޕޫލް އޮތީ 33 ޕޮއިންޓް ހޯދައިގެންނެވެ.

ލިވަޕޫލް ދަނޑުގައި އެ ޓީމަށް ލަނޑެއް ޖަހައިދޭން ހޫގޯ އެކިޓީކޭ، ފްލޯރިއަން ވާޓްޒް އަދި ވާޖިލް ވެން ޑައިކަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. ބެންޗުން އަރައި ލީޑްސްގެ ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، އެންމެ ފަހުން ހަ މެޗުގަައި ވެސް ލަނޑު ޖެހި ކަލްވެޓް-ލެވިން ޖެހި ލަނޑު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ސިޓީން ސަންޑަލެންޑް ދަނޑުގައި ފުރަތަމަ ހާފުގައި ލަނޑެއް ޖެހި އެވެ. އެކަމަކު، ބެނާޑޯ ސިލްވާ ޖެހި އެ ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު ވަނީ އޮފްސައިޑްވެފަ އެވެ. މި މެޗުގައި، ސިޓީގެ ކީޕަރު ޖިއަންލުއީޖީ ޑޮނަރުންމާ އާއި ސަންޑަލެންޑްގެ ކީޕަރު، ރޮބިން ރޮއެފްސް ވަނީ ގިނަ ހަަމަލާތަކެއް ހުއްޓުވައިފަ އެވެ.

ޕެލަސް އިން ޖިއަން-ފިލީޕް މަޓޭޓާގެ ލަނޑުން ލީޑުނެގި ނަމަވެސް، ޓޮމް ކެއާނީ ވަނީ ގޯލު ޖަހައި ފުލަމް އަށް އެއްވަރުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox