ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ކެމްޕޭންކުރާއިރު އެމްޑީޕީގެ ދެ ފަޅިއިންވެސް ވިސްނަންވީ ކޮންމެ ގޮތަކަށް ނަތީޖާ ނިމުނު ނަމަވެސް, ފަހުން ގުޅިގެން މަސައްކަތް ކުރަން ޖެހޭނެކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާާޅުވެއްޖެ އެވެ.
ރ. އަލިފުއްޓަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަަދު އަލިފުށީ އެމްޑީޕީ މެންބަރުންނާ އެކު ބޭއްވި ޖަަގަހަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ، ޕްރައިމެރީގެ ކެމްޕޭނުގެ ހަރަކާތްތައް ކުރިއަަށް ގެންދާއިރު އެންމެ ބޮޑަށް ވިސްނަން ޖެހޭނެ ކަމަކީ ޕްރައިމަރީއަކީ ޕާޓީ ތެރޭގެ އިންތިހާބެއްކަން ކަމަށެވެ. އަދި އެމްޑީޕީއަކީ ފިކުރު ތަފާތުވީ ނަމަވެސް އެއް ބައެއް ކަމެވެ.
"ދެ ކެންޑިޑޭޓަކު ކުރިމަތިލައިގެން އުޅޭއިރުގައި ހުންނާނެ ހިޔާލު ތަފާތުވުންތައް. ބައެެއް މެންބަރުން ތިބެދާނެ އަޅުގަނޑަށް ތާއީދު ނުކުރާ. އަަދި ބައެއް ބޭފުޅުން ތިއްބަވާނެ އަނެއް ކެނޮޑިޑޭޓަށް [ރައީސް ނަޝީދަށް] ތާއިދު ނުކުރާވެސް. އެހެން ނަމަަވެސް ޕްރައިމަރީ ނިމުމާ އެކީގާ މިއީ މިއީ އަޅުގަނޑުމެން އެކީގައި އެއް މިސްރާބަކަށް ކުރިއަށް އޮތް ތަނުގަައި ދާން ޖެހޭ ބައެއްކަން ގަބޫލުކޮށްގެން އަަޅުގަނޑުމެން މި ޕްރައިމަރީގެ ހަރަކާތްތައް ކުރިއަށް ގެންދަން ވާނީ," ރައީސް ސޯލިހް ވިދާާޅުވި އެވެ.
ރައީސް ސޯލިހް ވިދާާޅުވީ އެމްޑީޕީގެ ތެރޭގައި ޕްރައިމަރީއެއް ބޭއްވުމަަކީ "ދެކެން ބޭނުންވި ތަނެއް ނޫން" ކަމަށެވެ. އުންމީދުކުރެއްވީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި އޮވެ ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކަމަށެވެ. ވާދަވެރި ޕްރައިމަރީއަކަަށް ތައްޔާރުވަމުން އަންނަކަމުން ދައްކުވައިދެނީ އެމްޑީޕީއަކީ ތަފާތު ފިކުރުތަކަށް ވެސް ޖާގަދޭ މިނިވަން ޕާޓީއެއްގެ ގޮތުގާ އެމަނިކުފާނު ސިފަކުރެއްވި އެވެ.
"މި ޕްރައިމަރީއިން ކާމިޔާބުވާނެ ކަމުގެ ސަތޭކަ ޕަސެންޓު ޔަގީންކަން އެބަ އޮތް," ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި ބާއްވާ ޕްރައިމަރީ އިންތިހާބުގައި ވާދަކުރުމަށް ރައީސް މުހައްމަަދު ނަޝީދާއި ރައީސް ސޯލިހް ނުކުންނަވާފައިވާާއިރު، އެ ޕާޓީގެ ތެރޭގައި ކެމްޕޭނުގެ ފޯރި ވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ކެމްޕޭނުގެ ގިނަ ހަރަކާތްތަކުގައި އެއްބޭފުޅަކު އަަނެއްބޭފުޅަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ މަންޒަރު ފެނެ އެވެ. ނަމަވެސް ރައީސް ސޯލިހް ވަނީ ޕްރައިމަރީ ނާކާމިޔާބު ވެއްޖެ ނަމަ ނަޝީދުގެ ފަހަތުގައި މަސައްކަތް ކުރައްވާނެފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފަ އެވެ. މިކަމުގައި ނަޝީދުގެ ނިންމުން އަދި ފާޅެއް ނުކުރައްވަ އެވެ.












