ދަފްތަރާމެދު ކުރާ ޝަކުވާއަށް މާރިޔާގެ ސުވާލެއް؛ "ތާއީދު ނެތި ޓިކެޓު ހޯދަން ނުކުތީ ކީއްކުރަން؟"

"އެމްޑީޕީ ކުރިއަށް"ގެ ނަމުގައި ކެމްޕޭނު ލޯންޗުކުރަން ރޭ އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވާހަކަ ދައްކަވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

"އެމްޑީޕީ ކުރިއަށް"ގެ ނަމުގައި ކެމްޕޭނު ލޯންޗުކުރަން ރޭ އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވާހަކަ ދައްކަވަނީ. -ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މި މަހު ފަހު ކޮޅު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ އެތައް ހާސް މެމްބަރުން ޕާޓީގެ ރަޖިސްޓްރީން ވަކިކޮށްފައިވާ ކަމަށް އެމަނިކުފާނު ކުރައްވާ ތުހުމަތުތަކަށް، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ރައްދު ދެއްވައިފި އެވެ.

އެހެން ޕާޓީގެ ދަފުތަރުގައި އޮތް ކަމަށް ނުވަތަ ފިންގަޕްރިންޓް އޮތް ފޯމެއް ނެތް ކަމަށް ބުނެ މިދިޔަ އަހަރުގެ މެއި މަހު އެމްޑީޕީއިން 39،000 މެމްބަރުންނަކީ ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ކަމަށް އެމަނިކުފާނުގެ ކެމްޕޭނު ޓީމުން ދަނީ ބުނަމުންނެވެ.

ޕާޓީގެ ރަޖިސްޓްރީ ގަޑުބަޑުކުރީ، އެމްޑީޕީ ޕްރައިމަރީގައި ނަޝީދާ ދެކޮޅަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓު ކާމިޔާބުކޮށް ދިނުމަށް ކަމަށް ވެސް ދަނީ ތުހުމަތު ކުރަމުންނެވެ.

"އެމްޑީޕީ ކުރިއަށް" ނަމުގައި ރައީސް ސޯލިހުގެ ކެމްޕޭނު ލޯންޗުކުރަން ރޭ އެ ޕާޓީގެ މައި ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ އެމްޑީޕީގެ ރަޖިސްޓްރީގައި މިހާރު ތިބި މެމްބަރުންނަކީ ނަޝީދަށް ތާއީދުނުކުރާ މީހުން ކަމަށް ބުނާ ބުނުން ގަބޫލުކުރަން ދަތި ކަމަށެވެ.

އެއާ ވިދިގެން، ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި މީގެ ކުރިން ހިމެނިވަޑައިގެންނެވި މާރިޔާ ވަނީ އެމަނިކުފާނާ ވަރަށް ވަރުގަދަ ސުވާލެއް ކުރައްވައިފަ އެވެ.

"މި ފަހަރު ވޯޓުލާ އެންމެންނަކީ އެމަނިކުފާނަށް ތާއީދުނުކުރާ މީހުން ކަމަށްވަންޏާ، ދެން ކީވއްބާއޭ ނުކުމެވަޑައިގެން އެ ހުންނެވީ މި ޕްރައިމަރީގަ ބައިވެރިވެވަޑައިގަންނަވަން؟ އެއީ އަޅުގަނޑަށް އުފެދޭ ސުވާލެއް،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން، ސަރުކާރަށާއި ރައީސް ސޯލިހަށް ނަޝީދު އަމާޒުކުރައްވަމުން ގެންދަވާ ފާޑުކިޔުންތަކަށް ވެސް ރޭ މާރިޔާ ރައްދު ދެއްވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެމްޑީޕީއާއެކު ރައްޔިތުން ތަހައްމަލުކުރަންޖެހުނު ހިތްދަތިކަމާއި ބިރުވެރިކަން ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ.

އެތައް ބައެއްގެ ބުރަ މަސައްކަތާއި ހިތްވަރުން އެ ވެރިކަން ނިމުމަކަށް ގެނެސް، އެމްޑީޕީ އިސްވެ އޮތް ސަރުކާރެއް މިހާރު ގާއިމުކުރެވިފައިވާއިރު، އެމްޑީޕީގެ ތެރެއިން ސަރުކާރަށް އެކިއެކި އުނދަގޫތައް ކުރިމަތި ކުރުވުމަކީ ހިތާމަކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުމުގެ ހުރިހާ ފައިދާއެއް ލިބެނީ، މާރިޔާ ވިދާޅުވި ގޮތުގައި މިހާރުގެ އިދިކޮޅު ފަރާތްތަކަށެވެ. އަދި އެކަމުގެ ސަބަބުން އެމްޑީޕީގެ އަތުން ސަރުކާރު ގެއްލިގެން ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހަމަ ދިވެހިން ބުނާހެން، މަރިޔަނބު ގެއްލި، ކަތިވަޅި ގެއްލި އަދި ކޮށި ދަނޑު ވެސް ގެއްލިގެން ދާނެ،" މާރިޔާ ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ ގިނަ ވަޒީރުންނާއި، މަޖިލީހުގެ ގިނަ މެމްބަރުންނާއި ޕާޓީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެމްޑީޕީގެ ދަފުތަރުން 39،000 މެންބަރުން ވަކިކުރަން މިދިޔަ އަހަރުގެ މެއި މަހު އެ ޕާޓީގެ ގައުމީ މަޖިލީހުން ނިންމީ ޕާޓީގެ ދަފުތަރު އިސްލާހުކުރުމަށްޓަކާ އެހެން ޕާޓީތަކުގައި ތިބި އަދި ގާނޫނީ ގޮތުން ފިންގަޕްރިންޓް ޖެހި ފޯމެއް ހުށަހަޅާފައިވާނުވާ މެންބަރުން ވަކިކުރުމަށް ކަމަށް ބުނެ އެވެ. އަދި ވަކިކުރި މެންބަރުން އަލުން އެ ޕާޓީއަށް ވަނުމަށް ތިން މަހުގެ މުހުލަތެއް ވެސް އޭރު ޕާޓީއިން ދިނެވެ.

ރިޔާސީ ޕްރައިމަރީ އިއުލާނުކުރުމާއެކު ނަޝީދު ވަނީ ޕާޓީގެ ދަފުތަރު ގަޑުބަޑު ވެފައިވާ ކަމަށް ބުނެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ. ނަމަވެސް އެމްޑީޕީއިން ވަނީ ނަޝީދުގެ ތުހުމަތުތައް ދޮގުކޮށް ޕާޓީގެ ދަފުތަރަކީ އެ ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް އިސްލާހު ކުރެވިފައިވާ ދަފުތަރެއް ކަމަށް ބުނެފަ އެވެ.

އެމްޑީޕީން އާންމުކުރި ލިސްޓުގައިވާ ގޮތުން މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ދަފްތަރުގައި އޮތް 57،255 މީހަކަށް ވޯޓު ލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox