އެމްޑީޕީގެ ސިޔާސަތަކީ ކުލި ދައްކަން ސަރުކާރުން އިނާޔާތެއް ދިނުން: ނަޝީދު

ރައީސް ނަޝީދު ހިޔާ ފްލެޓް ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވަނީ - ފޮޓޯ: އަންނި2023 ޓީމު

ރައީސް ނަޝީދު ހިޔާ ފްލެޓް ސަރަހައްދުގައި ރައްޔިތުންނާ ބައްދަލުކުރައްވަނީ - ފޮޓޯ: އަންނި2023 ޓީމު

އެމްޑީޕީގެ ބޯހިޔާވަހިކަމުގެ އެއް ސިޔާސަތަކީ، ސަރުކާރުންނާއި ވިޔަފާރިތަކުން ވެސް ދޫކުރާ ފްލެޓްތަކުގެ ކުލި ދެއްކުމުގައި ދަށް ފަންތީގެ އާމްދަނީ ލިބޭ މީހުނަށް އިނާޔަތެއް ފޯރުކޮށްދިނުން ކަމަށް، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް، "ހިޔާ" މަޝްރޫއުގެ ފްލެޓްތަކުގެ ސަރަހައްދަށް ވަޑައިގެން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ފްލެޓްތައް ގާއިމްކުރަމުން ދާން ވާނީ ދައުލަތް ނުދަރާނެ ސިޔާސަތެއްގެ ތެރެއިން ކަމަށެވެ. އެ ސިޔާސަތު ރައްޔިތުންނަށް ހުށަހެޅީ އެމްޑީޕީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެއީ ނަޝީދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ބަޖެޓުން ނުވަތަ ސަރުކާރުން ލޯނު ނަގައިގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމުގެ ބަދަލުގައި، ވިޔަފާރި އުސޫލުން ގިނަ އަދަދެއްގެ ފްލެޓްތައް އެއް ފަހަރާ ގާއިމްކުރުމެވެ. އަދި ފްލެޓްތައް ލިބޭ މީހުންގެ ތެރެއިން އާމްދަނީ ދަށް މީހުނަށް އިނާޔަތެއް ދިނުން ކަން ފާހަގަ ކުރެއްވި އެވެ.

ފްލެޓް ކުލި ދައްކަން ދަތިވާ މީހުނަށް އިނާޔަތެއް ދިނުމަކީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ. ނަމަވެސް އެ ފަދަ ކަމެއް ސަރުކާރުން އަދި ހަމަޖައްސާފައި ނެތް އިރު، މާލެ ސަރަހައްދުގައި އަދި މި ސަރުކާރުން ފްލެޓްތަކެއް ގާއިމްކުރެވިފައެއް ނެތެވެ.

"ކުލި ދެއްކުމަށް ޓަކައި، އިތުރު އެހީއެއް ދިނުމަކީ ސަރުކާރަށް ކުރެވެން އޮތް ކަމެއް، އެމްޑީޕީގެ ދެން އަންނަ ސަރުކާރެއްގައި ކޮންމެހެން ކުރަން ޖެހޭ ކަމެއް،" މާލެ ސަރަހައްދުން ބޯހިޔާވަހިކަން ދިނުމަށް ކުރީގެ ސަރުކާރުގައި ހިއްކާފައިވާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިމުގައި ހުންނަވާ ނަޝީދު ވިދާޅުވި އެވެ.

މާލެއާ ކައިރި ފަޅުތައް ހިއްކައިގެން ބޯހިޔާވަހިކަން ދިނުމަށް ވުރެ ފުޅާ ދާއިރާއެއްގައި މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ގޮތުން، މާލެ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި ފްލެޓްތައް އަޅައި، އެ ރަށްރަށުގެ އާބާދީ ބޮޑުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިއީ އެމްޑީޕީގެ ސިޔާސަތުތައް، މި ރާއްޖޭގައި ވެރިކަން ކޮށްދެވޭނީ އަދިވެސް އެމްޑީޕީއަށް، އެމްޑީޕީގެ މި ސިޔާސަތުތަކަކީ އަދިވެސް ދިވެހި ގިނަ ރައްޔިތުން ބަލައިގަންނަ ސިޔާސަތުތަކެއް،" އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ފްލެޓްތަކާއި ބިނާތައް ގާއިމްކުރަން ނެގި ލޯނުގެ ސަބަބުން މި ސަރުކާރުން ޓެކްސް ބޮޑުކުރަން ޖެހުމަކީ އާންމު ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ތަކުލީފެއް ކަމަށް ވިދާޅުވެ ދެ ސަރުކާރަށް ވެސް ނަޝީދު ފާޑުވިދާޅުވި އެވެ.

"ދަރަނި އަލުން އެކުލަވާނުލައި، ޓެކްސް ބޮޑުކުރުމަކީ، އެމްޑީޕީގެ މެންބަރުން ސަރުކާރާ މެދު ހިތްހަމަނުޖެހުނު އެންމެ ބޮޑު ސަބަބު،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮތީ މި މަހުގެ 28 ވަނަ ދުވަހުގަ އެވެ. އެ ޕްރައިމަރީގައި ނަޝީދުގެ އިތުރަށް ދެން ވާދަކުރައްވަނީ ރައީސް ސޯލިހެވެ. ރައީސްގެ ސިޔާސަތުތަކަށާއި ސަރުކާރަށް ނަޝީދު އަންނަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox