ރާއްޖޭގެ އިގްތިސާދީ ހާލަތު ސިއްރުކުރާ ކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި

ރާއްޖޭގެ އިގްތިސާދީ ހާލަތު ސިއްރުކުރާ ކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި

ރާއްޖޭގެ އިގްތިސާދީ ހާލަތު ސަރުކާރުން ސިއްރުކުރާ ކަމަށް ތުހުމަތު ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.

އިންޓަނޭޝަނަލް މަނިތަރީ ފަންޑް (އައިއެމްއެފް)ގެ ވަފުދެެއް ރާއްޖެ އައިސް އެކުލަވާލި ރިޕޯޓު، ސަރުކާރުން އެއްބަސް ނުވުމުގެ ސަބަބުން އާންމު ނުކުރާ ކަމަށް މި މަހު 28 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ތެރެއިން ރޭ މާފަންނު ބޮނޑިބަތް ޕާކުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

"އާންމު ކޮށްފައިވަނީ އެ ރިޕޯޓުގެ ހުލާސާ މިންވަރު، ސީދާ ޖުމްލަ ފުރިހަމަ ރިޕޯޓް އާންމެއް ނުކުރޭ،" ނަޝީދު ވިދާޅުވި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރުކަން ކުރިން ކުރައްވާފައިވާ ބޭފުޅަކު ނޫހުގައި ނަން ނުޖެހުމަށް އެދި ވިދާޅުވީ، ސަރުކާރުން ބޭނުން ނުވާ މައުލޫމާތެއް އައިއެމްއެފް އިން ހާމަ ނުކުރާނެ ކަމަށެވެ.

"އުސޫލެއްގެ ގޮތުން ރިޕޯޓް އެކުލަވާލާނީ ވެސް ސަރުކާރުން ބޭނުންވާ ގޮތަށް، އާންމު ނުކުރާ އެއްޗެއް ލިޔެފައި ބޭއްވުމުގެ ބޭނުމެއް ނޯންނާނެ،" އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވީ އައިއެމްއެފްގެ ގާނޫނާއި ގަވާއިދުތައް ވެސް އޮންނަނީ ސަރުކާރަކުން ބޭނުން ނުވާ މައުލޫމާތު ހަމާ ނުކުރާ ގޮތަށް ކަމަށާއި އެ މައުލޫމާތެއް ހިއްސާ ކުރާނީ ހަމައެކަނި ސަރުކާރާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނު ރައީސް ކަމުގައި ހުންނެވި 2009، 2010 އަދި 2011 އަހަރު އައިއެމްއެފް ގެ ފުރިހަމަ ރިޕޯޓް އާންމު ކޮށްފައި ވާނެ ކަމަށެވެ.

"މައުލޫމާތު ސިއްރުކުރުން އެއީ ލިބޭނެ ފައިދާއެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. "ކަން އޮތްގޮތް އަޅުގަނޑުމެންނަށް ސާފުކޮށް އެނގުން އެއީ އެންމެ ބުއްދިވެރި ގޮތް، އެންމެނަށް ވެސް މިކަމުގައި ހެޔޮ ލަފައެއްދެވި، ދެން ވާންވީ ގޮތް ވެސް އެނގި، ރަނގަޅު މަގަކަށް އަޅުގަނޑުމެންނަށް ދެވޭނީ،"

ރާއްޖޭގެ ހުރިހާ ކަމެއް ރަނގަޅު ކަމަށް ބުނެ، އަމިއްލަ ނަފްސަށް ދޮގު ހެދުމަކީ ތަރައްގީ އަށް އެޅިދާނެ ވަރަށް ބޮޑު ހުރަހެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ ވަށައިގެންވާ ގައުމުތަކުގެ ތަޖުރިބާ އަށް ބަލަން ޖެހޭނެ ކަމަށާއި އެ ގައުމުތައް އިގްތިސާދީ މާލީ ދަތީގެ ތެރެއަށް ދާން ޖެހުނީ ކީއްވެގެންކަން ވިސްނަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox