ރައްޔިތުން ދިން ވަރާ ގާތަށް ވެސް ފުވައްމުލަކަށް ސަރުކާރުން އަޅާނުލާ: ނަޝީދު

ޕްރައިމަރީގެ ކެންޑިޑޭޓު ނަމްބަރު އެކެއް، މުހައްމަދު ނަޝީދު ފުވައްމުލަކުގައި: ވިދާޅުވީ ފުވައްމުލަކަށް ސަރުކާރުން އަޅާނުލާ ކަމަށް -- ފޮޓޯ: ނަޝީދު ކެމްޕޭން

ޕްރައިމަރީގެ ކެންޑިޑޭޓު ނަމްބަރު އެކެއް، މުހައްމަދު ނަޝީދު ފުވައްމުލަކުގައި: ވިދާޅުވީ ފުވައްމުލަކަށް ސަރުކާރުން އަޅާނުލާ ކަމަށް -- ފޮޓޯ: ނަޝީދު ކެމްޕޭން

މި ސަރުކާރަށް ފުވައްމުލަކުގެ ރައްޔިތުން ތާއީދުކޮށް ގޮނޑިތައް ހޯދައިދިން މިންވަރާ ގާތަށް ވެސް ސަރުކާރުން އެ ސިޓީއަށް އަޅާނުލާ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގެން އެ ސިޓީގެ ދޫޑިގަން ޖަގަހައިގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މި ސަރުކާރު ހޮވުމަށްފަހު ބޭއްވި ހުރިހާ އިންތިހާބެއްގައި ވެސް ފުވައްމުލަކުން ސަރުކާރަށް ފުރިހަމަ ތާއިދު ދެއްކި ކަމަށެވެ.

އެގޮތުން, 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އަދި ކައުންސިލް އިންތިހާބުގައި ފުވައްމުލަކު ހުރިހާ ގޮނޑިއެއް ސަރުކާރަށް ދީފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ކަންބޮޑުވުން އަންނަނީ، ތިބޭފުޅުން އެ ދިން މިންވަރާ ގާތަށްވެސް ސަރުކާރުން، މި ފުވައްމުލަކަށް ދީފައިނުވާތީ" ނަޝީދު ވިދާޅުވި އެވެ.

އަދި ފުވައްމުލަކުގެ ރައްޔިތުން މި ސަރުކާރަށް ކުރި އުންމީދު ހާސިލްވެފައިވޭތޯ ވަނީ ސުވާލުކުރައްވާފަ އެވެ.

ނަޝީދު އިތުރަށް ފާހަގަކުރެއްވީ ސަރުކާރުން ފުވައްމުލަކުގައިވެސް ކަންކަން ކޮށްފައިވީ ނަމަވެސް ފުވައްމުލަކުން ރައްޔިތުން އެންމެ ބޭނުންވާ ޓުއަރިސްޓު އެނދު އިތުރުކުރުމުގެ ހުވަފެނާއި، އެކަމަށް ސަރުކާރުން ވީ ވައުދު ފުއްދިފައިނުވާ ކަމެވެ.

ފުވައްމުލަކުގައި މިހާރު 200 ޓޫރިސްޓު އެނދު ހުރިއިރު، އެމަނިކުފާނުގެ އަމާޒަކީ އެ އަދަދު 1000 އަށް އިތުރުކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުންނަށް ޑޮލަރު ލިބޭނޭ ގޮތް ހަދައިދިނުމަކީ އެމްޑީޕީގެ އަމާޒެއް،" ނަޝީދު ވިދާޅުވި އެވެ.

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާއި ދެކޮޅަށް ނަޝީދު ނުކުންނަވާފައިވާއިރު، އެމަނިކުފާނު އަންނަނީ ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox