އަލިފާނުގެ ހާދިސާއާ ހެދި އައްޑޫ މަގު ހެދުމުގެ މަޝްރޫއަށް އަސަރެއް ނުކުރާނެ

އައްޑޫ ހުޅުދޫގައި ހުރި ތާރު ކޮންޓެއިނަރުތަކެއްގައި ރޯވެ އަނދަނީ؛ މިކަމުގެ ސަބަބުން މަގު ހެދުމަށް އަސަރެއް ނުކުރާނެ

އައްޑޫ ހުޅުދޫގައި ހުރި ތާރު ކޮންޓެއިނަރުތަކެއްގައި ރޯވެ އަނދަނީ؛ މިކަމުގެ ސަބަބުން މަގު ހެދުމަށް އަސަރެއް ނުކުރާނެ

އައްޑޫ ސިޓީ ހުޅުދޫގައި މިދިޔަ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އައްޑޫ މަގު ހެދުމުގެ މަޝްރޫއަށް އަސަރު ނުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި ތާރު ކޮންޓެއިނަރުތަކެއްގައި ރޯވެ، ބައެއް ކޮންޓެއިނަރުތައް ވަރަށް ބޮޑަށް ހަލަކުވެފައި ވެއެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާއިރު، އަލިފާން ނިއްވާލެވުނީ ދޮޅު ގަޑިއިރެއްހާއިރު ފަހުންނެވެ.

މިކަމާ ގުޅިގެން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "އަދަދު"އަށް މިއަދު ވިދާޅުވީ ރޯވި ތާރު ކޮންޓެއިނަރުތަކަކީ މިހާރު އައްޑޫގައި ކުރިއަށްދާ މަގު ހެދުމުގެ މަޝްރޫއާ ގުޅުންހުރި ތަކެތި ނޫން ކަމަށާއި، އެހެންކަމުން އެ ހާދިސާގެ ސަބަބުން މަގު ހެދުމުގެ މަޝްރޫއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

Advertisement

"އެއީ މިހާރު ކުރިއަށްދާ ޕްރޮޖެކްޓާ ގުޅުން ހުރި އެއްޗެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އަކްރަމް އިތުރަށް ވިދާޅުވީ އެ ތާރު ކޮންޓެއިނަރުތަކަކީ މީގެ އެތައް އަހަރެއް ކުރިން އެމްއާރްޑީސީން އައްޑުއަށް ގެންދިޔަ ތަކެތި ކަމަށާއި، އެއީ ބޭނުންނުކޮށް އުކާލާފައި ހުރި ތަކެތި ކަމަށެވެ. އަދި އަލިފާން ރޯވީ ވެމްކޯއާ ހަވާލުކޮށްގެން އެ ތަކެތި ނެގުމަށް ނިންމާފައި ވަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން ކުރަމުން އަންނަ މަސައްކަތެކެެވެ. ފެންހިންދާ ނިޒާމާއެކު 107 ކިލޯމީޓަރުގެ މަގު ހަދާ، ސީސީޓީވީ އަދި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރަމުންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ހަމަޖައްސައިދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ސްކީމުގެ ދަށުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox