ޕްރައިމަރީގައި ނާކާމިޔާބު ވާތަން އެއްވެސް ވަރަކަށް ނުފެނޭ: ނަޝީދު

ރިޔާސީ ޕްރައިމަރީ ކެމްޕެއިން ލޯންޗު ކުރުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ޝާބިން / އަދަދު

ރިޔާސީ ޕްރައިމަރީ ކެމްޕެއިން ލޯންޗު ކުރުމަށް ސަލްޓަން ޕާކުގައި ބޭއްވި ޖަލްސާގައި އެމްޑީޕީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ޝާބިން / އަދަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ، އިބްރާހިމް މުހައްމަދު ސޯލިހާއި ވާދަ ކުރައްވައިގެން ނާކާމިޔާބެއް ނުވާނެ ކަމަށާއި ނަމަނަމައަކުން ރިހައެއް ނުކެއްކޭނެ ކަމަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބޮޑުފެންވަޅު ގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕްރައިމަރީގައި ނާކާމިޔާބުވެއްޖެ ނަމަ ރައީސް ސޯލިހުގެ ފަހަތުގައި މަސައްކަތް ކުރައްވާނެތޯ "އަދަދު" ނޫހުން ސުވާލު ކުރުމުން ޖަވާބުގައި އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީގައި ނާކާމިޔާބު ވާތަން އެއްވެސް ވަރަކަށް ފެނިވަޑައިނުގަންނަވާ ކަމަށާއި ނަމަނަމައަކުން ރިހައެއް ނުކެއްކޭނެ ކަމަށެވެ.

"ނާކާމިޔާބެއް ނުވާނެ، ނާކާމިޔާބެއް ނުވާނެ، އަޅުގަނޑު މި ދަންނަވަނީ އިރާދަކުރެއްވިއްޔާ ނާކާމިޔާބެއް ނުވާނެޔޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement

ދަފްތަރާ މެދު އޮތް ހިތްހަމަނުޖެހުން މިރޭވެސް ތަކުރާރު ކުރައްވައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން އުނި ކުރި 39،000 މީހުންނަކީ ގާތްގަނޑަކަށް ރިޔާސީ އިންތިހާބުގައި 70 ވަރަކަށް ހާސް ވޯޓު ކަމަށާއި އެ ވޯޓުތައް ދެން ރައީސް ސޯލިހުއަށް ނުލިބޭނެ ކަމަށެވެ.

އޭގެއިތުރުން ޕާޓީން ވަކިކުރި މީހުންގެ ތެރޭގައި އެމްޑީޕީ އުފެދުމުގައި ވެސް ތިއްބެވި އެތައް ބަޔަކު ހިމެނޭ ކަމަށާއި އެމީހުން ގާތުގައި އަލުން އަނބުރާ ޕާޓީއަށް ވަންނާށޭ ބުނާނެ ގޮތެއް ވެސް ނޭނގޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިސާލަކަށް ވަކިކޮށްފައި ތިބި މީހުންގެ ތެރެއިން ޑެއިޒީމާގެ އަހުމަދު އައްބާސް، ހާމިދު އަބްދުލް ޤަފޫރު، އަޅުގަނޑުމެން ގޭ ޑޮކްޓަރު ނާޝިދު، ޔާގޫތުގޭ ލައިލާ، އަޅުގަނޑަކަށް ނޭނގޭ މިމީސްމީހުން ކައިރީގައި ދެން، ނޫނެކޭ އަންނަންވީނުހެއްޔޭ [ބުނާނެ ގޮތެއް]،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މި އިންތިހާބު އެމަނިކުފާނު ކާމިޔާބު ކުރެއްވުން ނޫން އިތުރު އެއްވެސް ގޮތެއް ނެތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސަލަފުގެ އިސްވެރިން އިލްމުވެރިންގެ ގުޅުމުން ވަކިވެއްޖެ

އިލްމުވެރިންގެ ގުޅުމުން ބުނެފައިވަނީ މި މަޝްރޫއު މިހާރު އޮތް ގޮތަށް ކުރިއަށް ގެންދިއުމަކީ އިސްލާމީ ހަމަތަކާ ޚިލާފު ކަމެއް ކަމަށާއި، އެހެންކަމުން ސަރުކާރުން މި މަޝްރޫއު އަލުން މުރާޖައާ ކުރަންޖެހޭ ކަމަށެވެ.

ދިދައިގެ ކުލަތައް ވަކިވާނަމަ ރަސްމާލެ ދޫކޮށްނުލާނެ: އިމްރާން

މި މަޝްރޫއާ ދެކޮޅަށް އުފެއްދި ގައުމީ ހަރަކާތުގައި ސިޔާސީ އިސް ބޭފުޅުންނާއި އިލްމުވެރިން ބައިވެރިވާކަން ފާހަގަކުރައްވައި، ގައުމީ ކަންކަމުގައި އިލްމުވެރިން މިއަށްވުރެ ބޮޑަށް އިސްނެންގެވުމަށް އޭނާ ގޮވާލެއްވިއެވެ.

ގާނޫނުތައް ވެސް ހަދަނީ އީގަލް ހިލްސްއިން އަންގާ ގޮތަށް: ޒިޔާދު

ރަސްމާލޭގައި އީގަލް ހިލްސްގެ މަޝްރޫއު ފެށުމުން ރާއްޖޭގެ ގާނޫނުތައް ހަދަން ޖެހޭނީ އެ ކުންފުނިން ބޭނުންވާ ގޮތަށް ކަމަށް ވިދާޅުވެ މެންބަރު ޒިޔާދު ސަރުކާރަށް ފާޑުވިދާޅުވެއްޖެ. މި މަޝްރޫއުގެ ސަބަބުން ބޭރުގެ މުއްސަނދިން ރާއްޖޭގައި ވަޒަންވެރިވެ، ދިވެހިންގެ ދީނީ އަދި އިޖުތިމާއީ އުސޫލުތަކަށް ނުފޫޒު ފޯރުވާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި.

މީކާއީލްގެ މި ވާހަކަތައް ޕީއެންސީއަށް ހަޖަމެއް ނުވި!

މަޖިލިސް މެންބަރުންގެ އިނާޔަތްތައް ކަނޑާލުމަށް ހުށަހެޅި ޕެޓިޝަނުގެ ބަހުސްގައި، މިހާރުގެ މަޖިލީހަކީ ރައީސް އޮފީހުގެ ގޮފިގަނޑެއްގެ ގޮތުގައި ސިފަކުރައްވައި މެންބަރު މީކާއިލް ސަރުކާރު ހިންގާ ޕާޓީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މީކާއިލް ފާހަގަކުރެއްވި ގޮތުގައި މަޖިލީހުގެ މަސައްކަތްތައް ދަށްވުމުގެ ސަބަބުން މެންބަރުންނަށް ދޭ މުސާރައާއި އިނާޔަތްތަކާމެދު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ.

ދިރުވާލައިގެން ޑްރަގު އެތެރެކުރި ނޭޕާލްގެ 2 މީހަކު އަތުލައިގަނެފި

ދިރުވާލައިގެން ރާއްޖެއަށް އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ނޭޕާލްގެ ދެ މީހަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. މި މީހުންގެ ހަށިގަނޑުން މަސްތުވާތަކެތި އެކުލެވޭ 142 ބުލެޓް ފެނިފައިވާއިރު، އޭގެ ތެރޭގައި ހެރޮއިން، ކޮކެއިން އަދި މޯފިން ހިމެނެއެވެ.

ވ. ތިނަދޫ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރަނީ ޝުޖާއު

ވ. ތިނަދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނީ އެ މަގާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ. އޭނާގެ ގޮނޑި ގެއްލުނީ އިންތިހާބުވި ޕާޓީ ބަދަލުކުރުމާ ގުޅިގެން ކަމަށްވާއިރު، މިފަހަރުގެ ޓިކެޓް އޭނާއަށް ކަށަވަރުވީ އިތުރު މީހަކު ކުރިމަތިނުލުމުން.

ޕީއެންސީ މެންބަރުންނަކީ "ބޮޓުން" ކަމަށް ވިދާޅުވުމުން ހުއްޓުވައިފި

މީކާއިލް ވިދާޅުވީ މެންބަރުންގެ އިނާޔަތްތަކުގެ ވާހަކަ ރައްޔިތުން ދައްކަނީ މެންބަރުންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި، ނަމަވެސް ރިޔާސަތުން ވަނީ މެންބަރުންނަށް އިހާނެތިވާނެހެން ވާހަކަ ނުދެއްކޭނެ ކަމަށް އަންގަވާފަ.

Newsletter

Get the latest news delivered straight to your inbox