ޕެލޭ، ޔޫރަޕްގެ ކުލަބަކަށް ނުކުޅުނީ ކީއްވެކަން އެނގޭތަ؟

Jan 1, 2023, 6:05 AM
ޕެލޭ، ޔޫރަޕްގެ ކުލަބަކަށް ނުކުޅުނީ ކީއްވެކަން އެނގޭތަ؟

ސައޮ ޕައޮލޯ، ބްރެޒިލް (ޖެނުއަރީ 1) - ބްރެޒިލްގެ ފުޓްބޯޅަ ތަރި ޕެލޭ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމާ މެދު ދެބަސްވާނެ ބަޔަކު މަދުވާނެ އެވެ. އޭނާ މި ޝަރަފް ހޯދީ ވޯލްޑް ކަޕްގައި ހޯދި ކާމިޔާބީތަކާއި ބްރެޒިލްގެ ކުލަބު ސަންޓޯސްގައި ދެއްކި ޖާދުލާ އެކުގަ އެވެ.

ޕެލޭ ހޯދުމަށް އޭރު ޔޫރަޕްގެ ގިނަ ކުލަބުތަކަކުން މަސައްކަތްކުރި ނަމަވެސް އެއްވެސް ކުލަބަކަށް އޭނާގެ ސޮއި ހޯދޭގޮތެއް ނުވި އެވެ.

ޕެލޭ، 82، ޕެލޭ ކެރިއަރުގައި ކުޅެފައިވަނީ އެންމެ ދެ ކުލަބަށެވެ. އެއީ އޭނާގެ އުފަން ގައުމު ބްރެޒިލްގެ ގަދަބާރު ސަންޓޯސް އާއި އެމެރިކާގެ ނިއުޔޯކް ކޮސްމޯސް އެވެ. ޔޫތު ލެވެލް އިން ފެށިގެން 1974 ވަނަ އަހަރާ ހަމަައަށް އޭނާ ކުޅުނީ ސަންޓޯސް އަށެވެ. ކޮސްމޯސް އަށް ކުޅުނީ 1975 އިން ފެށިގެން 1977 އަށެވެ.

ޕެލޭގެ ޑިމާންޑް ޔޫރަޕްގެ ކުލަބުތަކުގެ މެދުގައި އެންމެ ބޮޑުވީ 1958 އާއި 1962 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ދެއްކި ކުޅުމާ އެކުގަ އެވެ. އެ ގޮތުން ސްޕެއިން، އިޓަލީ އަދި އިނގިރޭސިވިލާތުގެ ކުލަބުތަކުންވެސް އޭނާ ހޯދުމަށް މަސައްކަތްކުރި އެވެ.

ޕެލޭ ހޯދުމަށް އިޓަލީގެ އިންޓަ މިލާނުން މަސައްކަތްކޮށްފައިވާކަން ބްރެޒިލްގެ ކުރީގެ ތަރި، ރޮނާލްޑޯ ނަޒާރިއޯ ވަނީ ހާމަކޮށްފަ އެވެ.

"އަހަރެން ގާތު ޕެލޭ ބުނި ސަންޓޯސްއާ އެކު ސެންސީރޯ (އިންޓަގެ ދަނޑު)ގައި މެޗެއް ކުޅުނު ވާހަކަ. އެ މެޗަށްފަހު އިންޓަގެ ވެރިން އޭނާ އެކުލަބަށް ގެންދަން ބައްދަލުކުރި ވާހަކަ" އިންޓަ މިލާނަށް ކުޅުނު ބްރެޒިލްގެ ރޮނާލްޑޯ ބުންޏެވެ.

މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރު ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް އަށް ބަދަލުވިކަން އިއުލާންކުރުމުން ރޮނާލްޑޯ އަށް މަރުހަބާ ކިޔަމުން ޕެލޭ ކުރި ޕޯސްޓެއްގައި އޭނާ ވަނީ ޔުވެންޓަސް އިން ޕެލޭ ގެންދަން އުޅުނު ވާހަކަ ވެސް ދައްކައިފަ އެވެ.

"ގުޑްލަކް، ކްރިސްޓިއާނޯ، ޔުވެންޓަސްއާ އެކު ތިކުރާ ތަޖުރިބާގައި ކާމިޔާބަށް އެދެން. ކުރީގައި ބައެއްކަންކަން ތަފާތުކޮށް ދިޔަ ނަމަ އަހަރެންވެސް ތި ޓީމްގެ ޖާޒީގައި ފެނުނީސް. 1961 ގައި އަހަރެން ތި ކުލަބަށް ކުޅެން ޔުވެންޓަސްގެ ވެރިންނަށް މިލިއަން ޑޮލަރުގެ ހުށަހެޅުމެއް ލިބުނު. އެކަމަކު، އަހަރެންގެ ފޭވަރިޓް ޓީމުގައި އޭރު ހުންނަން ބޭނުންވީ" ސަންޓޯސްގެ ޖާޒީގައި ހުރި ފޯޓޯއެއް ހިއްސާކުރަމުން ޕެލޭ އޭރު ބުންޏެވެ.

ސަންޓޯސް ޖޯޒީގައި ޕެލޭ ފޮޓޯ އަކަށް ހުއްޓިލައިގެން.

ޕެލޭ ވަނީ 2016 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި އޭނާ ހޯދުމަށް އިޓަލީގެ ނަޕޯލީ އިން ވެސް މަސައްކަތްކުރިކަމަށް ބުނެފަ އެވެ. މީގެ އިތުރުން އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑާއި ޔޫރަޕްގެ އެންމެ ގަދަބާރު ރެއާލް މެޑްރިޑުން ވެސް ޕެލޭ ގެންދަން އުޅުނުކަމަށް ޕެލޭ ބުނެފައިވެ އެވެ.

"ޔޫރަޕްގެ ބޮޑެތި ކުލަބުތަކުން އަހަރެން ގަންނަން އުޅުނު. އެއްވެސް ޓީމަކަށް އެކަން ކާމިޔާބެއް ނުވި. އެކަމާ އަހަރެން ހިތާމަ ނުކުރަން. ސަބަބަކީ އޭރު އަހަރެން ކުޅުނީ ސަންޓޯސް އަށް، އޭރުގެ އެންމެ ބޮޑު ޓީމަކީ އެއީ" ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދަނިކޮށް މީގެ އެއް ދުވަސް ކުރިން މަރުވި ޕެލޭ ބުނެފައިވެ އެވެ.

ޔޫރަޕްގެ ކުލަބުތަކަށް ނުކުރެވުނު މަސައްކަތް 1975 ވަނަ އަހަރު ކާމިޔާބުކުރީ އެމެރިކާގެ ނިއުޔޯކް ކޮސްމޯސް އިންނެވެ. އޭރުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ޕެލޭ އެމެރިކާ އަށް ދިޔައީ ތިން އަހަރުގެ ކޮންޓްރެކްޓެއްގައި 2.8 މިލިއަން ޑޮލަރު އަށެވެ.

ޕެލޭގެ ކެރިއަރުގެ އެންމެ ފަހު މެޗަކީ އޭނާގެ ކުރީގެ ކުލަބު ސަންޓޯސްއާ ދެކޮޅަށް ކުޅުނު މެޗެވެ. ކެރިއަރުގައި ކުޅުނު 1363 މެޗުން ޕެލޭ ވަނީ 1279 ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox