ތުރުކީގެ ކީޕަރު ގުނޮކްގެ ސޭވް: ހަނދާން އާ ކޮށްދިނީ ލެޖެންޑް ގޯލްކީޕަރު ބޭންްކްސް ގެ!

Jul 3, 2024, 12:47 PM
އިނގިރޭސި ލެޖެންޑަރީ ކީޕަރު ބޭންކްސް: 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކުރި ސޭވްގެ ފޮޓޯއެއް ހިފައިގެން،-

އިނގިރޭސި ލެޖެންޑަރީ ކީޕަރު ބޭންކްސް: 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އޭނާ ކުރި ސޭވްގެ ފޮޓޯއެއް ހިފައިގެން،-

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ރޭ ކުޅުނު މެޗުގެ ފަހުސިކުންތު ކޮޅުގެ ތެރޭގައި އޮސްޓްރިއާގެ ބޯމްގާޓްނާ ބޮލުން ޖެހި ބޯޅަ، ތުުރުކީގެ ކީޕަރު، މާޓް ގުނޮކް މަތަކުރިއިރު، އެ ސޭވްއާ އެކު، 1970 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑްގެ ބޭންކްސް ކުރި ސޭވް މަތިން ގިނަ ބަޔަކު ހަނދާން އާ ކޮށްފި އެވެ.

ތުރުކިން 2-1 އިން ކުރީގައި އޮއްވައި، ރޭގެ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓްގެ ތެރެއިން ފަހު ވަގުތު ކޮޅު، އޮސްޓްރިއާގެ ބޯމްގާޓްނާ އޭރިއާތެރެއިން ބޮލުން ޖެހި ބޯޅަ ކީޕަރު ގުނޮކް ވަނީ މަތަކޮށްފަ އެވެ.

ތުރުކީ އަށް މެޗުގައި ޖަހައިދިން ދެ ގޯލު ކާމިޔާބުކުރި ޑިފެންޑަރު މެރިހް ޑެމިރާލް ވަނީ، މެޗުގެ މޮޅު ކުޅުންތެރިއަކީ އޭނާގެ ނަޒަރުގައި ގުނޮކް ކަމަށް ބުނެފަ އެވެ.

އޮސްޓްރިއާގެ ބޯމްގާޓްނާ ބޮލުން ޖެހި ބޯޅަ ކީޕަރު ގުނޮކް ހުއްޓުވަނީ.

ގުނޮކްގެ އެ މޮޅު ސޭވްއާ އެކު، ބްރެޒިލްގެ ލެޖެންޑް، ޕެލޭ ބޮލުން ފޮނުވާލި ބޯޅަ ބޭންކްސް މަތަކުރި ގޮތް ގިނަ ބަޔަކު ހަނދާން އާ ކުރަނީ މިއީ ގާތްގަނޑަކަށް އެއް ލެވަލެއްގެ ދެ ސޭވް ކަމަށް ބުނެ އެވެ.

"އަހަރެމެންނަށް ގޯލު ޖަހައި އެއްވަރުކޮށްލަން ފުރުސަތު ލިބުނު ވަގުތު އޮއްވައި، އެކަމަކު، ކިހިނެއް އެކަން ކުރާނީ ގޯލުގައި ބޭންކްްސް ހުއްޓައި،" ރޭގެ މެޗަށް ފަހު އޮސްޓްރިއާގެ ކޯޗު، ރަލްފް ރަންގްނިކް ބުންޏެވެ.

އިނގިރޭސި ކުރީގެ ޑިފެންޑަރު، މެތިއު އަޕްސަން ބުނީ، މިއީ ހަމަ ގޯޑަން ބޭންކްސްގެ ލެވަލްގެ ކުޅުމެއް ކަމަށެވެ.

އަދި ގުނޮކް އެ ބޯޅަ މަތަކުރި ހާލަތާއި ވަގުތަށް ބަލާއިރު، މި ސޭވްގެ ތަފާތު މޮޅުކަން އިތުރުވާ ކަމަށް ވެސް އަޕްސަން ވަނީ ބުނެފަ އެވެ.

ބޭންކްސް އެ ސޭވްކުރީ، 1970 ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލުން އިންގްލެންޑް 1-0 އިން ބަލިކުރި މެޗުގަ އެވެ.

ކީޕަރު ގުނޮކް: މި ފަހަރުގެ ޔޫރޯގައި މޮޅު ކުޅުމެއް ދެއްކި ތުރުކީގެ ކީޕަރު ގުނޮކް

މަޝްހޫރު ކުޅުންތެރިޔާ، ލީ ޑިކްސަން ބުނީ، މިއީ ބޭންކްސްގެ އެ ސޭވްއާ އެއް ލެވަލެއްގައި ގުނޭނެ ސޭވެއް ކަމަށެވެ.

ބީބީސީގެ ޕަންޑިޓް، ކްރިސް ސަޓަން ބުނީ، ޔޫރޯގެ ތާރީހުގައި ވެސް ގުނޮކްގެ މި ސޭވް ހާއްސަވާނެ ކަމަށާއި މިއީ ގޯލްކީޕަރުންނަށް ނަމޫނާ ކުޅުމެއް ކަމަށެވެ.

ތުރުކީގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ބުނީ، ގުނޮކްގެ ވަޒީފާ އަކީ ގޯލު ސަލާމަތްކުރުން ކަމަށާއި އޭނާ އަދާކުރީ ޓީމާއި ގައުމަށްޓަކައި ކުރަން ޖެހޭ ޒިންމާއެއް ކަމަށެވެ. އަދި ގުނޮކްގެ މި ސޭވްއާ ބެހޭގޮތުން ވާހަަކަ ދައްކާއިރު، މުޅި ޓީމުގެ މަސައްކަތް ފާހަގަކުރުމަކީ އޭނާ ކުރަން ޖެހޭ ކަމެއް ކަމަށް މޮންޓެލާ ވަނީ ބުނެފަ އެވެ.

ތުރުކީން 16 އަހަރަށް ފަހު ޔޫރޯގެ ކުއާާޓާ ފައިނަލެއްގައި ކުޅުމުގެ ފުރުސަތު ހޯދިއިރު، ގަދަ އަށް ޓީމުގެ ކުރިމަތިލުމުގައި ތުރުކީން ނުކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. ތުރުކީން އެންމެ ފަހުން، ޔޫރޯގެ ކުއާޓާ ފައިނަލުގައި ކުޅުނީ 2008 ވަނަ އަހަރު އެވެ. އެ ފަހަރު އެ ޓީމުން ސެމީ ފައިނަލުގައި ވެސް ވާދަކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox