ގިނީ-ބިސާއުގެ ސްޓޭޑިއަމަކަށް ޕެލޭގެ ނަން ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފި

Jan 7, 2023, 10:12 AM
2012 ވަނަ އަހަރު އެފްރިކަން ކަޕްގެ މެޗެއްގެ ތެރެއިން ޕެލޭ: ޕެލޭ އަކީ އެފްރިކާ ފުޓްބޯޅަ ޕްރޮމޯޓްކުރަން ގިނަ މަސައްކަތްތަކެއް ކުރި ފަރާތެއް.

2012 ވަނަ އަހަރު އެފްރިކަން ކަޕްގެ މެޗެއްގެ ތެރެއިން ޕެލޭ: ޕެލޭ އަކީ އެފްރިކާ ފުޓްބޯޅަ ޕްރޮމޯޓްކުރަން ގިނަ މަސައްކަތްތަކެއް ކުރި ފަރާތެއް.

ބިސާއޫ (ޖެނުއަރީ 7) - ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ގިނީ-ބިސާއުގެ ސްޓޭޑިއަމަކަށް ވެސް ދާދި ފަހުން މަރުވި ބްރެޒިލްގެ ލެޖެންޑް ޕެލޭގެ ނަން ދިނުމަށް ނިންމާފައިވާކަން އެ ގައުމުގެ ސަރުކާރުން ހުކުރު ދުވަހު އިއުލާންކޮށްފި އެވެ.

ގިނީ-ބިސާއުގެ ސަރުކާރުން، އެ ގައުމުގެ ސިޓީއެއް ކަމަށްވާ ބަފާޓާގެ ސްޓޭޑިއަމަށް ޕެލޭގެ ނަން ދިނުމަށް ކަނޑައެޅީ އިއްޔެ އޮތް ކެބިނެޓް ބައްދަލުވުމެއްގަ އެވެ. މި ކެބިނެޓް ބައްދަލުވުން ފެށުމުގެ ކުރިން، މިދިޔަ މަހުގެ 29 ވަނަ ދުވަހު އުމުރުން 82 އަހަރުގައި މަރުވި ޕެލޭގެ ހަނދާނުގައި ސުކޫތެއް ވެސް ވަނީ ގެނެސްފަ އެވެ.

ބަފާޓާގެ ސްޓޭޑިއަމްގެ ނަން "ޕެލޭ ސްޓޭޑިއަމް" އަށް ބަދަލުކުރިއިރު، މިއީ 15،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމްއެކެވެ.

ފީފާ ހުރިހަ މެމްބަރު ގައުމަކުން ވެސް، އެ ގައުމެއްގެ ސްޓޭޑިއަމްއަކަށް ޕެލޭގެ ނަން ދިނުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ގޮވާލައްވައިފަ އެވެ.

އެފްރިކާގެ ގައުމެއް ކަމަށްވާ ކޭޕް ވާޑާގެ ވެރިރަށް ޕްރައިއާގެ ސްޓޭޑިއަމްގެ ނަން "ޕެލޭ ސްޓޭޑިއަމް" އަށް ބަދަލުކުރަން ނިންމާފައިވާކަން އެ ގައުމުގެ ބޮޑު ވަޒީރު ވަނީ ބުދަ ދުވަހު އިއުލާންކުރައްވައިފަ އެވެ.

މީގެ އިތުރުން، ކޮލަމްބިއާގެ ސްޓޭޑިއަމަކަށް ވެސް ޕެލޭގެ ނަން ދިނުމަށް ވަނީ ނިންމައިފަ އެވެ.

ބްރެޒިލްގެ ރިއޯ ޑި ޖަނެއިރޯ ސިޓީގެ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގެ ނަން ޕެލޭ އަށް ހާއްސަކުރުމަށް 2021 ވަނަ އަހަރުގެ މާޗް މަހު ނިންމި އެވެ. އެއީ ރެއި ޕެލޭ ސްޓޭޑިއަމް ގޮތަށް ކިއުމަށެވެ. އެކަމަކު، އެ ސްޓޭޓްގެ ގަވަރުނަރު ނިންމީ އެ ދަނޑުގެ ނަން ކުރިން ވެސް އޮތް ގޮތަށް މަރަކާނާ ސްޓޭޑިއަމްގެ ނަމުގައި ބޭއްވުމަށެވެ. ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި ތިން ފަަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ ޕެލޭގެ ހަނދާނުގައި ގިނަ ކަންތައްތަކެއް ކުރުމަށް އެކި ގައުމުތަކުގެ ފުޓްބޯޅައިގެ ރަސްމީ އިދާރާތަކުން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox