އެމްޑީޕީގެ ލޯގޯއާއެކު ތިއްބަސް ރައީސްގެ ފެކްޝަން ކޮންޓްރޯލް ކުރަނީ ޑީއާރުޕީ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު؛ ރައީސްގެ ފެކްޝަންގައި ތިބީ ޑީއާރުޕީ ބަޔެއް ގޮތުގައި ސިފަކުރެއްވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް މުހައްމަދު ނަޝީދު؛ ރައީސްގެ ފެކްޝަންގައި ތިބީ ޑީއާރުޕީ ބަޔެއް ގޮތުގައި ސިފަކުރެއްވި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

އެއީ އެހެން ޕާޓީތަކުން އެމްޑީޕީގެ ތެރެއަށް ވަދެގަނެ އެމްޑީޕީގެ ލޯގޯ ބޭނުންކޮށްގެން އުޅޭ ބަޔެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަން، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ބޮޑުތިލަދުންމަތީގެ ރަށްރަށަށް ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ހދ. ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން އެތައް މެންބަރަކު ވަކިކޮށް، ރައީސް މަސައްކަތް ކުރައްވަނީ މުޅީން އެހެން ބަޔަކާއެކު ކަމަށެވެ.

"އަޅުގަނޑަށް ފެންނަމުން ދިޔައީ ރައީސް ސޯލިހާއި ޓީމު، މަސައްކަތް ކުރަމުން އައީ، އެމްޑީޕީގެ ދިދަ، އެމްޑީޕީގެ ކުލަ، އެމްޑީޕީގެ ލޯގޯ، އެމްޑީޕީގެ ލަވަ، އެމްޑީޕީގެ ވަސް، އެމްޑީޕީގެ ރަހަ، އެހެން ނަމަވެސް އެހެން ބަޔެއް އެ ކަން ކުރާ ގޮތަށް،" އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސްކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.

އެހެން ޕާޓީތަކުގެ މެންބަރުން އެމްޑީޕީއާ ގުޅެ އެމްޑީޕީ ބޮޑުވެގެން ދިޔުމަކީ އޭގެ ޒާތުގައި ރަނގަޅު ކަމަކަށް ވިޔަސް، އެ ކަން ކުރަންވާނީ ޕާޓީގެ ދުވަސްވީ ހިދުމަތްތެރި ސަޕޯޓަރުން އެއްކައިރި ކުރުމަށް ފަހު ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ޕާޓީން ކަނޑާލީ މި ޕާޓީ އުފެއްދުމުގެ ރަމްޒު، އެ މީހުން ވަކިކޮށްފައި [އެހެން ޕާޓީތަކުން އައި މީހުން] ޕާޓީ (އެމްޑީޕީ) ހޯދީ، އެ މީހުންގެ ބަދަލުގައި މިހާރު ފުރަތަމަ ބަރިން އަޅުގަނޑަށް ފެންނަނީ ޑީއާރުޕީ،" މަޖިލީހުގެ ރައީސްގެ މަގާމުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިޝާރާތް ކުރެއްވީ ޑީއާރުޕީގައި އުޅުމަށް ފަހު އެމްޑީޕީއާ ގުޅިވަޑައިގެންނެވި އަހުމަދު ތަސްމީން އަލީ ދުވަސްތަކަށް ފަހު ސިޔާސީ ޕޯޑިއަމެއްގައި ރޭ ވާހަކަ ދެއްކެވުމުންނެވެ. ތަސްމީން ވާހަކަ ދެއްކެވީ ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއްގަ އެވެ.

ތަސްމީންގެ އިތުރުން، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒަކީ ވެސް ކުރިން ޑީއާރުޕީގައި އުޅުއްވި ބޭފުޅުންނެވެ. އަދި ނަޝީދުގެ ފެކްޝަންގައި މަސައްކަތް ކުރައްވާ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަކީ ވެސް ކުރިން ޑީއާރުޕީގައި އުޅުއްވި ބޭފުޅެކެވެ.

ރައީސް ސޯލިހުގެ ބައެއް ސިޔާސަތުތަކަށް ނަޝީދު މިރޭ ވެސް ފާޑުވިދާޅުވި އެވެ. އޭގެ ތެރެއިން ހައުސިން ޔުނިޓްތަކުގެ ކުލި ކައުންސިލަށް ލިބުމުގެ ބަދަލުގައި އެޗްޑީސީއަށް ލިބޭ އެ ސިޔާސަތަށް ނަޝީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އޭގެ އިތުރަށް ކޮންމެ ރަށެއް ވެސް ތަފާތު ނުކުރުމުގެ ވިސްނުމުގައި ހުރެގެން ސަރުކާރުން ހަރަދުކުރަމުން ދާތީ، ބޮޑު އާބާދީގެ ރަށްރަށަށް ދެވޭ އަހަންމިއްޔަތުކަމާއި އިގުތިސޯދީ ބޮޑެތި ހަރަކާތްތަކަށް އިންވެސްޓް ނުކުރެވޭތީ އެ ސިޔާސަތަށް ނަޝީދު މިރޭ ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޑީލަކީ ހިޔާނާތެއް: އާޒިމް

ރަސްމާލެއިން 500 ހެކްޓަރުގެ ބިން ބޭރުގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ގައުމަށް ވެވޭ ބޮޑު ހިޔާނާތެއް ކަމަށް ވިދާޅުވެ، އެ އެއްބަސްވުން ބާތިލުކުރުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ. އާޒިމް ވިދާޅުވީ މިއީ ދިވެހިންގެ މުސްތަގުބަލު ގެއްލޭ ގޮތަށް، ރައްޔިތުންނަށް އެ ބިން އަނބުރާ ނުލިބޭނެ ފަދަ ގޮތަކަށް ކޮށްފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ.

ރަސްމާލެ ދިނަސް ބޯހިޔާވަހިކަމަށް ހުރަސް ނޭޅޭނެ: މުއިއްޒު

ރަސްމާލެއިން ބޮޑު ބިމެއް އީގަލް ހިލްސް ކުންފުންޏަށް ދޫކުރި ނަމަވެސް، ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އެއްވެސް ހުރަހެއް ނޭޅޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ދެއްވައިފިއެވެ. ނަމަވެސް، ބިދޭސީންނަށް ޚާއްސަކޮށްގެން ހިންގާ މި މަޝްރޫއަށް ބޮޑު ބިމެއް ދިނުމުން، ސަރުކާރުން ވައުދުވި ގޯއްޗާއި ފްލެޓްތައް އެޅުމަށް ބޭނުންވާ ޖާގައާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރިޒާވު ދަށް، އެކަމަކު ހަ މަސް ތެރޭގައި ރަނގަޅު ވާނެ: މުއިއްޒު

ހަ މަސްދުވަހުގެ ތެރޭގައި ރިޒާވް ރަނގަޅުވާނެ ކަމުގެ ޔަގީންކަންމުއިއްޒު ދެއްވިއިރު، ރިޒާވް އިތުރުކުރުމަށްޓަކައި ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި މެލޭޝިއާއިން ކަރަންސީ ސްވޮޕް ފެސިލިޓީ ހޯދުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުން. ސަރުކާރުން ބުނަނީ ރިޒާވު ދަށް ވަނީ ދަރަނި ދައްކަން ޖެހޭތީ އާއި ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދު ބޮޑުވީމަ ކަމަށް.

އީގަލް ހިލްސްއަށް ރަސްމާލެ ދިނުމާ ދެކޮޅު ހަދަންޖެހޭ: ފަޒްލޫން

ރަސްމާލެ މަޝްރޫއު ހިންގަން އީގަލް ހިލްސް ކުންފުންޏަށް ބިން ދިނުމަކީ ރާއްޖޭގައި ޒަޔަނިސްޓުން ވަޒަންވެރިކުރުވައި، ގައުމުގެ އިސްތިގުލާލަށް ނުރައްކާވެދާނެ ކަމެއް ކަމަށް ޝެއިހް ފަޒްލޫން ވިދާޅުވި. އޭނާ ފާހަގަކުރެއްވި ގޮތުގައި މި މަޝްރޫއުގެ ދަށުން ދޫކުރާ ތަންތަން 99 އަހަރުގެ މުއްދަތަށް، ނިމުމެއް ނެތް ސިލްސިލާއެއްގެ ގޮތުގައި ދެވޭނެ.

ރ. މަޑުއްވަރީގައި ބިދޭސީއެއް އަތުން ފޭރުނު މައްސަލައެއް ބަލަނީ

ރ. މަޑުއްވަރީގައި ބިދޭސީ އަންހެނެއް އަތުން ފޭރި މާރާމާރީ ހިންގި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، މި އަމަލު ހިންގާފައިވަނީ ބަންގްލަދޭޝް ފިރިހެނެއްކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން އެނގޭ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނޭ.

ސަލާމަތީ މަޖިލީހުން ސިޑްސްއަށް ދާއިމީ ގޮނޑިއެއް ދޭން ގޮވާލައިފި

އދ. ގެ އާންމު މަޖިލީހުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވަނީ ވީޓޯގެ ބާރު އުވާލުމަށާއި، 2033-2034 ވަނަ އަހަރަށް ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ކުރާ މަސައްކަތަށް ތާއީދުކޮށްދިނުމަށް އެދިވަޑައިގެންފަ

ކޮވިޑުގެ ސަބަބުން ރާއްޖެ 15 އަހަރު ފަހަތަށް ސޮއްސާލި: އިރުތިޝާމް

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތިންބައިކުޅަ އެއްބައި ގެއްލި، ތަރައްގީގައި 15 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވި. ވެކްސިނާއި ބޭހާއި ބަލި ދެނެގަންނަ ވަސީލަތްތައް ފޯރުކޮށްދެވޭނެ ވަރުގަދަ ނިޒާމުތަކެއް ބޭނުންވާކަން އިރުތިޝާމް ފާހަގަކުރެއްވި.

Newsletter

Get the latest news delivered straight to your inbox