ޖެނުއަރީގައި ކުޅުންތެރިން ގަންނަން އަންޗެލޮޓީގެ ޝައުގެއް ނެތް

Dec 30, 2022, 9:09 AM
ޖެނުއަރީގައި ކުޅުންތެރިން ގަންނަން އަންޗެލޮޓީގެ ޝައުގެއް ނެތް

މެޑްރިޑް (ޑިސެމްބަރު 30) - ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޔޫރަޕްގެ ކުލަބުތަކުން ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ރެއާލް މެޑްރިޑުން ސްކޮޑަށް ބަދަލުތައް ގެނައުން ދުރު ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ޖެނުއަރީ ޓްރާންސްފާ އަކީ ސީޒަންގެ މެދުތެރެއިން ކުލަބުތަކަށް ކުޅުންތެރިން ގަތުމަށް އޮންނަ ފުރުސަތެކެވެ. އެ ގޮތުން އަނިޔާގެ ސަބަބުންނާއި ފޯމު ދަށްވުމުގެ ސަބަބުން ޓީމަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް މި ޓްރާންސްފާގައި ކޯޗުންނަށް ފުރުސަތު ލިބެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށްވާ ސްޕެއިންގެ ރެއާލުން ޖެނުއަރީ ޓްރާންސްފާ ފެށީ ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ އެންޑްރިޗްގެ ސޮއި ހޯދައިގެންނެވެ. އެހެންނަމަވެސް، އޭގެ ފަހުން އިތުރު ކުޅުންތެރިއެއް ގެނައުމާ ގުޅޭ އެއްވެސް މަޝްވަރާއެއް އެކުލަބުން ނުކުރެ އެވެ.

ޓްރާންސްފާތަކާ ގުޅޭގޮތުން ސުވާލުކުރުމުން އަންޗެލޯޓީ ބުނީ މިހާރު އެކުލަބުގައި އޮތް ސްކޮޑާ މެދު ހިތްހަމަޖެހޭ ކަމަށާއި، އެ ސްކޮޑަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ނުފެންނަ ކަމަށެވެ. އެންމެ މުހިންމު ކަމަކީ ހުރިހާ ކުޅުންތެރިން ވެސް އަނިޔާއެއް ނުވެ ސީޒަންގެ ބާކީ ބައި ފުރިހަމަކުރުން ކަމަށް އަންޗެލޮޓީގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

ރެއާލަށް ކުރިއަށް އޮތީ ބުރަ ބޮޑު ތިން މަހެވެ. އެ ގޮތުން އެހެން ޓީމުތަކާ ހިލާފަށް އެ ޓީމަށް މެޗުތައް ގިނަ އެވެ. ސްޕެނިޝް ލީގު މެޗުތަކާއި، ޗެމްޕިއަންސް ލީގު މެޗުތަކުގެ އިތުރުން ސްޕެނިޝް ސުޕަ ކަޕާއި، ފީފާ ކުލަބު ވޯލްޑް ކަޕްގެ މެޗުތައް ވެސް ކުރިއަށް އޮތް ތިން މަހު އެ ކުލަބުން ކުޅޭނެ އެވެ. ސުޕަ ކަޕާއި ކުލަބު ވޯލްޑް ކަޕްގެ މެޗުތައް ކުޅުމަށް އެކު ލަބުން ޔޫރަޕުން ބޭރަށް ދަތުރުކުރަން ޖެހެނޭ އެވެ.

އަންޗެލޮޓީ ބުނީ އެ ކުލަބަށް ހުރި މެޗުތަކުގެ އަދަދާއި ޝެޑިއުލްގެ ބުރަ ކުޅުންތެރިންނަށް އިހުސާސް ނުވާނެ ގޮތަށް ޓީމު ރޮޓޭޓްކޮށްގެން ކުރިއަށްދާން މަސައްކަތްކުރާނެ ކަމަށެވެ. ރެއާލް ސްކޮޑުގައި މި ވަގުތު ތިބި ކޮންމެ ކުޅުންތެރިއަކާ މެދު ވެސް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

މިދިޔަ އަހަރު އެ ޓީމުގައި ތިބި މުހިންމު ކުޅުންތެރިންގެ ތެރެއިން ކުލަބު ދޫކޮށްލީ މިޑްފިލްޑަރު ކަސެމީރޯ އެކަންޏެވެ. ކަސެމީރޯގެ ބަދަލުގައި ރެއާލް އިން ވަނީ ފްރާންސްގެ އައުރެލިން ޗުއަމެނީ ގެނެސްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox