ގައުމީ ޓޭބަލް ޓެނިސް މުބާރާތް: އަންހެން ފައިނަލުގައި ރަފާ އާއި ދީމާ

Dec 30, 2022, 8:55 AM
މިދިޔަ އޮގަސްޓް މަހު ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޑަބަލްސް މެޗެއްގެ ތެރެއިން ރަފާ (ކ) އާއި ދިމާ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

މިދިޔަ އޮގަސްޓް މަހު ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޑަބަލްސް މެޗެއްގެ ތެރެއިން ރަފާ (ކ) އާއި ދިމާ.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ/ އިސްމާއިލް ތޯރިގު

މިހާރު ކުރިއަށްދާ 60 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުން ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމް ޖާގަ ހޯދައިފި އެވެ.

މާލޭ ޓޭބަލް ޓެނިސް ހޯލުގައި ކުރިއަށްދާ މުބާރާތުގައި ބާކީ އޮތީ ޓީމު އިވެންޓްގެ ދެ ފައިނަލާއި، ފުރަތަމަ ޑިވިޝަންގެ ސިންގަލްސް ދެ ފައިނަލެވެ. ޓީމު އިވެންޓް ފައިނަލްތައް މިއަދު ހަވީރު ކުޅޭއިރު، ސިންގަލްސް ދެ ފައިނަލާއި މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ އެވެ.

އަންހެން ސިންގަލްސް ފައިނަލުން ދީމާ ޖާގަ ހޯދީ ފާތިމަތު ޖުމާނާ ނިމާލް އަތުން ސީދާ ހަތަރު ސެޓުން މޮޅުވެގެންނެވެ. ރަފާ ފައިނަލުން ޖާގަ ހޯދީ ޝިއުރާ އަތުން ހަތަރު ސެޓުން މޮޅުވެގެންނެވެ.

ގައުމީ މުބާރާތުގެ މިދިޔަ ދެ އަހަރުގެ ފައިނަލްގައި ވެސް ވާދަކުރީ ރަފާ އާއި ދީމާ އެވެ. ދެ ފަހަރު ވެސް ރަފާ ބަލިކޮށް ދީމާ ވަނީ ގައުމީ ތަށި ހޯދައިފަ އެވެ. ރަފާ ވެސް ވަނީ ގައުމީ ތަށި ދެ ފަހަރު ހޯދައިފަ އެވެ. މިއީ ދެ ކުޅުންތެރިން ވެސް ގައުމީ ތަށި ތިން ވަނަ ފަހަރަށް ހޯދަން ލިބޭ ފުރުސަތެކެވެ.

މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ވާދަކުރާނީ މޫސާ މުންސިފް އަހުމަދާއި ޝައްފާން އިސްމާއިލް އެވެ. މި ދެ ކުޅުންތެރިންގެ ތެރެއިން ޝައްފާން ގައުމީ ފައިނަލުގައި މީގެ ކުރިން ދެ ފަހަރު ވާދަކޮށްފައިވީ ނަމަވެސް ތަށި ލިބޭ ގޮތެއް ނުވެ އެވެ. ދެ ފަހަރުވެސް ބަލިވީ މުންސިފް އަތުންނެވެ. މުންސިފް ވަނީ ގައުމީ ތަށި ރެކޯޑު އަދަދެއް ކަމަށްވާ 11 ފަހަރު ހޯދައިފަ އެވެ. އޭނާ އަކީ ރާއްޖޭގެ އެންމެ ކާމިޔާބު ފިރިހެން ޓީޓީ ކުޅުންތެރިޔާ އެވެ.

ގައުމީ މުބާރާތުގެ ޓީމް އިވެންޓުގެ އަންހެން ބައިގެ ފައިނަލުގައި ވާދަކުރާނީ އިހާ ޓޭބަލް ޓެނިސް އެކަޑެމީ އާއި ކަސްޓަމްސް ރެކްރިއޭޝަން ކުލަބެވެ. އިހާ ޓީމްގައި ހިމެނެނީ ރަފާ އާއި މިޝްކާ މުހައްމަދު އިބްރާހިމް އަދި މިންހާ މަހުޖޫބު ސުޖާއު އެވެ. ކަސްޓަމް ޓީމުގައި ހިމެނެނީ ދީމާ އާއި ޒާރާ ހަސަން ލަތީފް އަދި ތައިލެންޑުގެ ކުޅުންތެރިއެއް ކަމަށްވާ ވަރިކާން އެވެ.

ފިރިހެން ޓީމު އިވެންޓުގެ ފައިނަލުގައި ވާދަކުރާނީ އިހާ އެކަޑެމީ އާއި ކީންސް ސްޕޯޓްސް ކުލަބެވެ. އިހާގެ ފިރިހެން ޓީމްގައި ހިމެނެނީ ޝައްފާން، މިފްޒާލް އަހުމަދު، ޒީކް ހަސަން ލަތީފް އަދި އިބްރާހިމް ލަތީފް އެވެ. ކީންސް ޓީމްގައި ހިމެނެނީ އަޙްޔަރު އަހުމަދު ހާލިދު، މުހައްމަދު ތާބިން ސުޖާއު، އިންޑިއާ ކުޅުންތެރިއެއްކަމަށްވާ އަބޫ ރިޒްވާން އަދި އިބްރާހިމް އައުޒަމް އަޒީމް އެވެ.

ގައުމީ މުބާރާތުގައި މިއަހަރު 13 އަހަރުން ދަށް، 17 އަހަރުން ދަށް އަދި ފުރަތަމަ ޑިވިޝަންގެ މެޗުތައް ކުރިއަށްދާއިރު، ޖުމްލަ 65 ކުޅުންތެރިއަކު އަންނަނީ ވާދަކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox