މުޑްރިކަށް އާސެނަލުން 100 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ!

Dec 29, 2022, 7:25 AM
މުޑްރިކަށް އާސެނަލުން 100 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ!

ލަންޑަން (ޑިސެމްބަރު 29) - އާސެނަލުން ހޯދަން މަސައްކަތް ކުރަމުން އަންނަ ޔޫކްރެއިންގެ ޝަކްޓާ ޑޮނެސްކަށް މިޑްފިލްޑަރު މިކައިލޯ މުޑްރިކް ވިއްކާލާނީ 100 މިލިއަން ޑޮލަރުގެ ބިޑެއް ލިބިގެން ކަމަށް ޝަކްޓާ އިން ބުނެފި އެވެ.

މުޑްރިކަކީ ޖެނުއަރީ ޓްރާންސްފާގައި އާސެނަލުން ހޯދަން އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކުޅުންތެރިޔާ އެވެ. ފީފާ ވޯލްޑް ކަޕަށް ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލުމުގެ ކުރިން ވެސް އާސެނަލުން އައީ މުޑްރިކާ ގުޅޭ މަޝްވަރާތަށް ކުރަމުންނެވެ.

މުޑްރިކް ހޯދުމަށް އާސެނަލުން މި ހަފްތާގައި ވަނީ 60 މިލިއަން ޔޫރޯ (60 މިލިއަން ޑޮލަރު)ގެ ބިޑެއް ކޮށްފަ އެވެ. ނަމަވެސް ޝަކްޓާ އިން ވަނީ އެ ބިޑަށް ނޫނެކޭ ބުނެފަ އެވެ.

އެކުލަބުގެ އެސިސްޓަންޓް ސްޕޯޓިން ޑިރެކްޓަރު ކާލޯ ނިކޮލީނީ ވަނީ މުޑްރިކް ގަތުމަށް މަދުވެގެން 100 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށް ބުނެފަ އެވެ. ނިކޮލީނީ ބުނީ މުޑްރިކަކީ ޖެކް ގްރީލިޝް އާއި އެންޓޮނީ ކަހަލަ މޮޅު ކުޅުންތެރިއެއް ކަމަށާއި މުޑްރިކް ވިއްކާލެވޭނީ އެ ވަރުގެ ބިޑެއް ލިބިގެން ކަމަށެވެ.

"60 މިލިއަން ޔޫރޯ އަކީ އެއްވެސް އެއްޗެއް ނޫން. މަދުވެގެން 100 މިލިއަން ޔޫރޯ ލިބެންޖެހޭ. އަހަރެން ގަބޫލުކުރާ ގޮތުގައި މުޑްރިކަކީ ގްރީލިޝް އާއި އޮންޓޮނީ ފެންވަރުގެ ކުޅުންތެރިއެއް. 100 މިލިއަނާ ގާތް އަގެއް ނުލިބެނީސް އަހަރުމެން އެއްވެސް ވަރަކަށް ކުޅުންތެރިޔާ ވިސްނުމާ ގުޅޭ މަޝްވަރާ ވެސް ނުކުރާނަން." ޔޫކްރެއިންގެ ޗެމްޕިއަން، ޝަކްޓާގެ އޮފިޝަލް ބުންޏެވެ.

ބެލެވޭ ގޮތުގައި މި ހަފްތާ ބަންދުގެ ކުރިން އާސެނަލުން އާ ބިޑެއް މުޑްރިކް ހޯދުމަށް ހުށަހަޅާނެ އެވެ. ނަމަވެސް އެ ބިޑަކީ ވެސް 100 މިލިއަން ޑޮލަރާ ގާތްކުރާ ވަރުގެ ބިޑަކަށް ވާނެކަމަށް ނުބެލެވެ އެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބޭނުންވަނީ އެ ކުލަބުން ބޭނުންވާ ކުޅުންތެރިން ވީހާ ވެސް އަވަހަށް ޓީމާ ގުޅުމަށެވެ. ޓްރާންސްފާގެ ފަހު ދުވަސްތަކުގައި ކުޅުންތެރިން ގަތުމާ ގުޅޭގޮތުން މަޝްވަރާކުރަން އާޓެޓާ ބޭނުން ނުވެ އެވެ.

މުޑްރިކް، 21، އަމިއްލަ އަށް ހުރީ އާސެނަލް އަށް ބަދަލުވާން ބޭނުންވެފަ އެވެ. އޭނާގެ ސޯޝަލް މީޑީއާގައި އާސެނަލްގެ ޕޯސްޓުތައް ޝެއާ ކުރަމުން އަންނައިރު، އާސެނަލުން އެންމެ ފަހުން ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑު އަތުން މޮޅުވި މެޗުގެ ބައެއް ވީޑިއޯތައް ވެސް އޭނާ ވަނީ އިންސްޓަގްރާމް ސްޓޯރީ އަށް ލައިފަ އެވެ.

މުޑްރިކްގެ އިތުރުން އާސެނަލުން ޓްރާންސްފާގައި އާ ފޯވާޑެއް ގަތުން ގާތެވެ. ސަބަބަކީ ވޯލްޑް ކަޕްގައި ކުޅެނިކޮށް އާސެނަލްގެ ބްރެޒިލް ފޯވާޑް ގެބްރިއެލް ޖީސޫސް އަށް އަނިޔާވުމެވެ. ޖީސޫސް އަށް ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ކަކުލުގެ ސާޖަރީއެއް ހަދަން ޖެހުނުއިރު ފޯވާޑަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވެނޭކަމަށް ބެލެވެނީ ފެބްރުއަރީ ފަހުކޮޅުގަ އެވެ.

އާސެނަލް މި ވަގުތު އޮތީ އިނގިރޭސި ލީގު ތާވަލްގެ އެއް ވަނައިގަ އެވެ. ހަތަރު ޕޮއިންޓް ފަހަތުން ދެ ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox